ބިލް ގޭޓްސްގެ ދޮށީ ދަރިފުޅު ޖެނިފާ ގޭޓްސް ނުވަތަ ޖެން އުފަންވިއިރު ވެސް އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާގެ ދަރިއެވެ. ޖެން އުފަންވި އަހަރު 1995 ވަނަ އަހަރު ބިލް ގޭޓްސްގެ މިލްކިއްޔާތު 12.9 ބިލިއަން އެމެރިކާ ޑޮލަރަށް އަރައި، އޭރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ އަށް ވިއެވެ.

ޖެން އާއި އަދި ބިލް ގޭޓްސްގެ އެހެން ދަރިންނަކީ ވެސް މީޑިއާއަށް ވަރަށް މަދުން ނޫނީ އިންޓަވިއުދޭ ބައެއް ނޫނެވެ. ނަމަވެސް މިހަފްތާގައި ޖެން ވަނީ އޭނާގެ ބައެއް ވާހަކަތައް "ސައިޑްލައިން މެގަޒިން" އަށް ކިޔައި ދީފައެވެ.

2018 ވަނަ އަހަރުގެ ސްޓެންފޯޑް ޔުނިވަސިޓީން ގްރެޖްއޭޓް ވުމަށްފަހު ފަހު މިހާރު ގެންދަނީ ނިއުޔޯކްގެ އައިކާން ސްކޫލް އޮފް މެޑިސިން އިން ޑޮކްޓަރުކަން ކިޔަވަމުންނެވެ. ނިއުޔޯކްގައި ތައުލީމް ހާސިލް ކުރަމުންދާ ދުވަސްވަރު ޖެން ދިރިއުޅުމަށް ފަސް މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ގެއެއް ބިލް ގޭޓްސް ވަނީ ގަނެފައެވެ.

ޖެން ބުނީ އޭނާގެ މަންމަ އާއި ބައްޕަގެ މަސައްކަތުގެ ނުފޫޒު އޭނާގެ މައްޗަށް ވަރަށް ބޮޑު ކަމަށެވެ. ސިއްހީ ދާއިރާ އިން ކުރިއަށް ދިއުމުގެ ވިސްނުމަކީ މަންމަ އާއި ބައްޕަ ބަލި މީހުންނާއި ހާލުގައި ޖެހިފައި ތިބޭ މީހުންނަށް އެހީވާ މަންޒަރު ފެނިފައި އޭނާ އަށް އައި ވިސްނުމެއް ކަމަށެވެ.

"އަހަރެން ބޮޑުވަމުން އައީ ކާމޭޒު މަތީގައި ޕޯލިއާ އާއި އެޗްއައިވީ/އެއިޑްގެ ވާހަކަތައް އަޑުއަހަމުން. އެއީ މިދާއިރާ އިން ކުރިއަށް ދިއުމަށް ނިންމުނު އެއް ސަބަބު" ޖެން ބުންޏެވެ.

ޖެން ބުނީ އެންމެ މުއްސަނދި މީހާގެ ދަރިފުޅަށް ވުމުން އޭނާ އުފަންވީ ވެސް ވަރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންކަން އިހްސާސް ކުރެވޭ ކަމަށެވެ. މިހާތަނަށް ވެސް ބޭނުން ހުރިހާ ކަމެއް ފުރިހަމަ ވަމުން ދިޔަ ނަމަވެސް އެއްވެސް ދުވަހަކު މަސައްކަތެއް ނުކޮށް ފައިސާ ހޯދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޖެން ބުންޏެވެ.

"އަހަންނަށް ލިބުނު ފުރުސަތުތަކުގެ ސަބަބުން އަހަރެންނަށް ވަރަށް ފަސޭހަ ދުނިޔެއަށް ކުޑަކުޑަ ބަދަލެއް ގެނައުމުގައި ވެސް އަހަރެންގެ ހިއްސާއެއް ބާއްވަން. އަހަރެން ކުރިއަށްދާން ބޭނުންވާ ދާއިރާ އިން ކުރިއަށް ދިއުމަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންދޭ." ޖެން ބުންޏެވެ.

ޖެން ބުނީ އޭނާގެ އެންމެ ބޮޑު އުއްމީދަކީ މަންމަ އާއި ބައްޕަ ފަދައިން ގޭޓްސް ފައުންޑޭޝަން މެދުވެރިކޮށް ހާލުގައި ޖެހިފައި ތިބި ގިނަ ބަޔަކަށް އެހީތެރިވުމުގެ ފުރުސަތު ފަހި ވެގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބިލް އިޒް އަ މޮންސްޓާ

    އަހަރެން މީ ބިލް ގޭޓްސްގެ ދަރިއެއްނަމަ ލަދުން ނުވެސް ކެރޭނެ މީހުންގެ ތެރެއަށް ނިކުންނަން. އާ އެހެއްނު ބަފަޔަކީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ ބޮޑު ޖަރީމާތައް ހިންގާ އެކަކު.

    7
    24
  2. ޝިޔާމް

    ބިލްގޭޓްސްގެ ދަރިއަކަށްވެގެން ސުވަރުގެދެވޭނަމަ ރަގަޅު.

    10
    2
  3. އެމަންޖެ

    އަންނިޔޭ ކަލޭބުނިނަމަ މަގަބޫލުކުރީމުސް.

    1
    3
  4. އަހްމަދު

    ވަކި މޭހެއްގެ ދަރިޔަކަށް ވުމަކީ ދަރިފުޅުގެ ކުށެއް ނޫން. ގައިމުވެސް އަރަބި މުސްލިމު ގައުމުތަކުގެ ވެރިންނާ މަހުޖަނުންގެ ދަރިންނަށްވުރެ ހިތްތިރިވެފަ އަހުލާގު ރަނގަޅު.