އެލެން ޑިޖެނެރެސް އަކީ އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް ތާއީދު ކުރާ އެއް ޓީވީ ޝޯ ހުށަހެޅުންތެރިޔާކަން ޔަޤީނެވެ. އަދި އޭނާ އަކީ އިންސާނީ ހައްގުތައް ހޯދަން މަސައްކަތްކޮށްދޭ، އެކި ކަހަލަ އެހީ ބޭނުންވާ މީހުންނަށް ދީލަތި އެހީތައް ފޯރުކޮށްދޭ މީހެކެވެ. އެހެންނަމަވެސް ފަހުން ހާމަވާން ފެށި ރިޕޯޓްތަކުން އޭނާ އަކީ އެއްޖިންސުން ގުޅުން ހިންގަން ތާއީދު ނުކުރާ މީހުންނަށް ތަފާތު ކުރާ، ބައެއް ދީންތަކުގެ މީހުންނަށް ހަޖޫޖަހާ މީހެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އަދި އޭނާ އަކީ ބައެއް މެހެމާނުންނަށް މަލާމާތް ކުރާ މީހެއް ކަމަށް ބުނެ އެ ޝޯގެ ކްލިޕްތައް މީސްމީޑިއާގައި ވަނީ ދައުރުކޮށްފައެވެ. އެލެންއަކީ ރުންކުރު މީހެއް ކަމަށާ، އޭނާ އާއި އެކު މަސައްކަތް ކުރަން އުނދަނގޫ ކަމަށް ވެސް ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ނޭދެވޭ ވާހަކަތައް ފެތުރެމުން ދަނިކޮށް އެލެން އޭނާގެ ކަރަންޓީން ޝޯގައި އޭނާ ގޭގައި ހުރުމަކީ ޖަލެއްގައި ހުރުން ކަހަލަ ކަމެއް ކަމަށް ސިފަ ކުރުމުން އޭނާ ހޫނު ފެނަށް ވެއްޓުނެވެ. އޭނާ އަށް އެތައް ބައެއްގެ ރުޅިވެރިކަމާއި އެކަމުގެ ސަބަބުން ކުރިމަތިލާންޖެހުނެވެ.

އެއާއި އެކު އެލެން ހޯދާފައިވާ މަގްބޫލްކަން ނުގެއްލެނީސް އެންމެ ރަނގަޅުވާނީ އޭނާ ރިޓަޔަރކުރުން ކަމަށް ބައެއް މީހުން އައީ ބުނަމުންނެވެ. އަދި އެލެން ޝޯ ކެންސަލް ވެދާނެ ކަމަށް ބެލެވިފައި ވަނިކޮށް އެލެންގެ ކުންފުނިން ވަނީ އާ 3 ޝޯ ފަށަން ނިންމާފައެވެ.

އެހެންނަމަވެސް އެލެން ޝޯ ހުއްޓާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކައަށް މާބޮޑު ރައްދެއް އެލެންގެ ޕްރޮޑަކްޝަން ޓީމުން މިހާތަނަށް އައި އިރުވެސް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރިޔާލިޓީ

    މިއީ އަނެއް ޝައިޠާން. އެއް ޖިންސުން ކައިވެނި ކޮއް ލާދިނީ ކަންކަން ޕްރޮމޯޓްކޮއް މުސްލިމުން މަ ގުފުރައްދާ މީހުންނަށް މަލާމާތާއި ފުރައްސާރަ ކުރަމުންދާ މުޑުދާރު އަންހެނެއް މީ......

    24
    2
  2. ޭސޭ ނޯ ޓު އެލެން

    ތިއީ އެއްޖިންސުން ކައިވެނި ކޮށްގެން އުޅޭ މީހެއް. ކޮންމެހެން އިސްލާމީ މުޖުތަމައެއްގަެި ތިކަހަލަ އިންސާނުންގެ ދަރަޖައިން ބޭރުވެފަ ތިބޭ މީހުން ޕްރޮމޯޓް ކުރާނެ ކަމެއް ނެތް?

    27
    2
  3. ޞޮކްޗް

    މަވެސް ކުރިން އެލަންގެ ޝޯތައް ވަރަށްގިނައިން ބަލަން. އެކަމު އޭނާއަކީ އަންހެނަކާއި އިނދެގެން އުޅޭ އަންހެނެއް ކަން އިނގުމުން އެލަން ވީޑިއޯއަކުން ފެނުނަސް ފަކުރުހީވޭ.

    24
    2
  4. ސަބީހް

    މީނާއަކީ އަންހެނަކާއި އިނދެގެން އުޅޭ އެއްޖިންސުން ގުޅުން ހިންގާ އެކަން ޕުރޮމޯޓު ކުރާ ޝައިތާނެއް.

    14
    1
  5. Anonymous

    އެއް ޖިންސުން ގުަޅުން ހިންގާ ކައުޅު....ކައުޅު ތަކައް ށޯ ދީބެ.އަހަ ރުން ނުބަލާނޫ ޗަމީހާ ދޭ ސޯއެއް
    ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    8
    1