އިންޑިއާގެ އެކްޓްރެސް ތަޕްސީ ޕަންނު މި ވަނީ މީސް މީޑިއާގައި ފުރަބަންދުގެ މި ދުވަސްވަރު ކަރަންޓްބިލް ބޮޑުވެގެން މި ވަނީ މައްސަލަ ޖައްސާފައެވެ. އޭނާ ބުނެފައިވާގޮތުން އެ ބިލް ފެނުމުން އޭނާ ހުރީ ހައިރާން ވެފައެވެ.

ތަޕްސީ ވަނީ އެކަން ކަރަންޓް ފޯރުކޮށްދޭ މީހުންނަށް ޓެގްކޮށް އެކަން ހިއްސާކޮށްފައެވެ.

"ތިން މަސް ދުވަސް ފުރަބަންދުގައި، އަހަރެންނަށްކަށް ނޭނގެ އަހަރެންނަށް އަަލަށް ނޫނީ ބަލަށް ވިޔަސް ކޮން ކަހަލަ ކަރަންޓް ސާމާނުތަކެއްކަން ބޭނުންކުރީ މިދިޔަ މަހު މިހާ ވަރަށް ކަރަންޓް ބިލްބޮޑުވާން."، އޭނާގެ ޓްވީޓްގައި ވެއެވެ.

އޭނާ ވަނީ، ކަރަންޓް ބިލަށް އަރާފައިވާވަރު ފެންނަ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުގެ ކަރަންޓް ބިލަށް 36000 ރުޕީސް ޖޫން މަހު އަރާފައިވެއެވެ. އަދި އޭޕްރިލް މަހު 4390 ރުޕީސް އަރާފައިވާއިރު، މެއި މަހު އަރާފައި ވަނީ 3850 ރުޕީސް އެވެ.

އޭނާވަނީ، އެހެން ގޭ ތަކުގެ ބިލަށްވެސް ބޮޑެތި އަދަދުތައް އަރާފައިވާކަން ހިއްސާކޮށްފައެވެ. އެގޮތުން އެއްވެސް މީހަކު ނޫޅޭ ގެއެއްގެ އެޕާޓްމެންޓަށް އަރާފައިވާ ވަރު ފެންނަ ބިލެއްވެސް އޭނާ ހިއްސާކޮށްފައި ވެއެވެ.

"މިއީ މީހުން ނޫޅޭ އެޕާޓްމެންޓެއްގެ ބިލަށް އަރާފައިވާއިރު، އެ މީހުން އެގެއަށް ދަނީ ހަފްތާއަކު އެއް ފަހަރު"

ތަޕްސީގެ މި ޓްވީޓްތަކާއެކު އަލީ ފަޒަލް އާއި ޑައިނޯ މޮރެއާ އާއި ވިރް ދާސްވެސް ވަނީ އެ މީހުން ގޭގެ ކަރަންޓް ބިލް ބޮޑުވެފައިވާކަން ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު