އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޗަޓިސްގަރް ގައި އަތެއް ނެތި އުފަންވީ ކުއްޖަކު ފައިން ކުރަހާލި ކުރެހުންތަކުން ގިނަ ބަޔަކު ހައިރާން ކޮށްފިއެވެ.

ގޮކަރަން ޕަޓިލް ނަމަކަށް ކިޔާ މި ކުއްޖާ އަކީ އެންމެ ކުޑައިރުއްސެރި ކުރެހުމަށް ލޯބި ކުރަމުން އަންނަ ކުއްޖެކެވެ. އަތް ނެތުމުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އުއްމީދު ދުއްވާނުލާައި، ހިތްވަރު ލައިގެން ހުރީ އެކަން ހާސިލް ކުރުމަށެވެ. އޭނާއަށް މިއަދު އެކަން ހާސިލް ކުރެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފު ކޮށްފައެވެ.

ޕަޓިލްގެ ވާހަކަ ޓުވިޓާގައި އާންމު ކުރަމުން އެގައުމުގެ އައިއޭއެސް އޮފިސަރ ޕްރިޔަންކާ ޝުކްލާ ހިއްސާ ކުރި ވީޑިއޯގައި އޭނާ ކުރަހާ މަންޒަރު ފެނިގެން ދެއެވެ. އަދި އޭނާ މީގެ ކުރިން ކުރަހާފައިވާ ބައެއް ކަހަލަ ކުރެހުންތަކެއް ވެސް ފެނިގެން ދެއެވެ.

"ޕަޓިލް އަކީ ކުރެހުމަށް ލޯބި ކުރާ، އުފަންވީއިރު އަތެއް ނެތް ކުއްޖެއް. އެހެންނަމަވެސް ހުއްޓާނުލާ އަދިވެސް މަސައްކަތް އެކުރަނީ." ޕްރިޔަންކާ ބުންޏެވެ.

އޭނާ ވަނީ ހަޔާތުގައި އެފަދަ ކަންކަން ކުރުމަށް ހިތުލައިގެން ތިބޭ މީހުން ހިތްވަރު ހޯދުމަށް ޕަޓިލް ނަމޫނާއަކަށް ބަލަން ޖެހޭ ކަމަށް ބުނެފައެވެ.

ކުރެހުމުގެ އިތުރުން ޕަޓިލް އަކީ ކޮމްޕިއުޓަރ އެޕްލިކޭޝަންސް ދަސްކޮށްގެން، ފައިން އާޓްސް އިން މާސްޓާސް ޑިގްރީ ހާސިލް ކޮށްފައިވާ މީހެކެވެ. އޭނާގެ ކުރެހުންތަކަށް މީގެ ކުރިން ވަނީ އިނާމުތައްވެސް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    ހިއްވަރާއި އެކީ މަސައްކަތް ކޮށްފިޔާމުން ކޮންމެވެސް ދުވަހަކުން ކާމިޔާބުލިބޭނެ .