ސްރީލަންކާގައި ކައިވެނީގެ ކުރިން ފޮޓޯ ނަގަން ދިޔަ ދެ ލޯބިވެރިން ލައްގަލާގައި އޮންނަ ކޯރަކަށް ވެއްޓި، ފިރިހެން މީހާ ހޯދުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

އެ މީހުން ވެއްޓިފައި ވަނީ ސެރާ އެއްލާ ވޯޓާފޯލް އަށެވެ. އިއްޔެގެ ވަގުތެއްގައި ޕްރި ވެޑިންގ ޝޫޓް ނެގުމަށް ދިޔަ އެ ދެމަފިރިންވެސް އެ ކޯރަށް ވެއްޓުނުއިރު، މިހާތަނަށް ފެނިފައި ވަނީ އަންހެން މީހާ އެކަނި ކަމާށް ވެއެވެ.

ގެއްލިގެން ހޯދަމުން ދަނީ ކުރުނުގެލާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ޒުވާނެކެވެ.

މިދެމަފިރިން ކައިވެނި ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިކަން ދިމާވީ ދެމަފިރިންވެސް ފޮޓޯ ޝޫޓްގައި އުޅެމުން ދަނިކޮށެވެ.

ލަންކާ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ ދަފިރިން އެކުގައި އެ ކޯރަށް ވެއްޓުނުއިރު، އަދި މިހާތަނަށް ހޯދުނީ އަންހެން މީހާ އެކަންޏެވެ. ފިރިހެން މީހާ ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.