ޗައިނާގެ 59 އެޕް އެއް އިންޑިއާގައި މަނާކޮށްފިއެވެ. މީގެ ތެރޭގައި އެގައުމުގައި އެންމެ މަޝްހޫރު ދެ އެޕް ކަމަށްވާ ޓިކްޓޮކް އާއި ޔޫސީ ބްރައުޒާ ހިމެނެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި "ޗައިނާގެ އެޕްލިކޭޝަންތައް" މަނާ ކުރަން އިންޑިއާ ސަރުކާރުން ނިންމާފައި މިމަހުގެ 15 ވަނަ ދުވަހު އިންޑިއާ އަދި ޗައިނާ ސިފައިންނާއި ދެމެދު ކުރިމަތިލުންތަކާއި ގުޅިގެންނެވެ. އެ ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. އަދި 70 އަށްވުރެ ގިނަ ސިފައިން ވަނީ ޒަހަމްވެފައެވެ.

އިންޑިއާ ސަރުކާރުން ބުނީ އެޕްލިކޭޝަންތައް މަނާ ކުރުމުގެ ފިޔަވަޅު އެޅީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލިޖީ އާއި ބެހޭ ޤާނޫނުން މިނިސްޓްރީ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މިފިޔަވަޅު އެޅީ އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލާއި ގައުމީ ސަލާމަތައްޓަކައި ކަމަށް ވެސް އިންޑިއާ ސަރުކާރުން ބުނެއެވެ.

އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ މަނާ ކުރި ބައެއް އެޕްލިކޭޝަންތައް ބޭނުން ކޮށްގެން އިންޑިއާގެ ބޭރުގެ ބައެއް ގައުމުތަކުން އިންޑިއާ މީހުންގެ ފޯނުގައި ހުންނަ މައުލޫމާތުތައް ވަގަށް ނަގާ ކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުން އަންނަ ކަމަށެވެ.

"މިޑޭޓާތައް ވަގަށް ނެގުމުގެ ސަބަބުން އިންޑިއާގެ ގައުމީ ސަލާމަތަށާއި އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލަށް އެކަމުގެ ގެއްލުން ވަރަށް ބޮދަށް ލިބޭނެ. މިއީ އިންޑިއާ ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އިންޑިއާއިން ގިނަ އެޕްލިކޭޝަންތަކެއް މަނާ ކުރިއިރު ޓިކްޓިކް ފަދަ އެޕްލިކޭޝަންތައް ބޭނުންކޮށް ބޮޑު އާމްދަނީއެއް ހޯދާ އެތައް ބަޔަކު އިންޑިއާގައި އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޚަރުން

  ރާއްޖޭގަ ވެސް ކުރަންވީ މަގު މަތީ ކުނި ހުރިހާ ދިމާލަކުން......... އައްޗި

  19
  2
 2. ޒަމީލް

  ދިވެހި ސަރުކާރައް އެބަފެނޭތަ ބޭރުގައުމުތަކުން އެ ގައުމުގެ އިސްތިގުލާލް ރައްކާތެރި ކުރަން އަޅާ ފިޔަވަޅުތައް.. ކޮބާތޯ ދިވެހިސަތުކާރުން ރާއްޖޭގެ އިސްލާމް ދީނާއި އަދި ގައުމީ އިސްތިގުލާލް ރައްކާތެރިކުރަން މިފަދަ އެއްވެސް ކަމެއް ކޮއްފަ. ދިވެހިންތަކެއް އިސްލާމްދީނައް ފުރައްސާރަކޮއް ރިޕޯޓުހަދާ އަދި ފޭސް ބުކްގައި ލާދީނީ ކަންކަމައް ހިތްވަރުދީ ރާއްޖޭގެ ސިނާޔަތުތައް ބޯއިކޮޓް ކުރަން ގޮވީމަވެސް ކޮބަ ފިޔަވަޅެއް އެޅިފަ. އެއީ ބޭރުގެ މީސްމީހުނާ ގުޅިގެން ބޭރުން ފަންޑުހޯދައިގެން ކުރާކަންކަން ކަން އިނގޭއިރުވެސް. މިހިރަ ފެންނަނީ އެތައް ސަތޭކަ މިލިޔަން ރައްޔިތުން ބޭނުން ކުރަމުން އައި އެޕްތައްވެސް ބޭން ކޮއްލާތަން އިންޑިޔާއިން.

  38
  1
  • މުހައްމަދު

   މި ސަރުކާރަށް ކަލޭ ދެކޮޅިއްޔާ އިންޑިއާ އަށް ތައުރީފު ނުކުރޭ.. އިންޑިޔާގައި ގިނައިން ޓިކްޓޮކް ކުޅެނީ މުސްލިމުން ވީމަ އެކަމާ ދެކޮޅަށް ކުރި ކަމެއް. ލައްކަ ދުވަސް ވެއްޖެ އެކަން ނުކުރެވިގެން އުޅޭތާ.

   5
   2
 3. ގބ

  ތިޔަކަން ކުރިމަ ޗައިނަ އަށްް ގެއްލުން ވަނެބަ؟؟؟ އިންޑިޔަގަ ތިޔަ އެޕްގެ ސަބަބުނ ްްްްްްްް އިންޑިޔަގަ ސުޓަރުން އުފެދުނޯ

  16
  2
  • މުހައްމަދު

   ބުރޯ ދެން ފެންނާނީ އެމީހުން އަމިއްލައަށް ދަންޖެހިގެން މަރުވާތަން

   11
   1
 4. ބޯކިބާ

  ބޯޑަރުން އެއްބައި އަތުލައިގަންނަން އުޅެގަތީމަ އެކަމާ ދެކޮޅުހެދީމަ ނޭޕާލާއިވެސް ވިޔަފާރި ހުއްޓާލައިފި. މިވަރުގެ ބޯޑަރެއް ގެންގުޅޭބަޔަކު ދުނިޔެއަކުނެތް. ވަށައިގެންހުރި ހުރިހާ ގައުމަކާއި ތަޅާފޮޅެނީ.

  29
  2
 5. މުހައްމަދު

  ތިކަން ކޮށްގެން ޗައިނާ އިން ނުސިހޭނެ. ޗައިނާއަކީ ކިހާ ބާރުގަދަ ގައުމެއްކަން އިންޑިއާ އަށް ކުރީ ދުވަހު އެއޮތީ އަންގާލަދީފަ. ތިޔައީ އިންޑިޔާގައި ޓިކްޓޮކް ކުޅޭ ގިނަ މީހުންނަކީ މުސްލިމު މީހުންނަށް ވީމަ އެކަން ހަޖަމު ނުވެގެން ކުރި ކަމެއް.

  13
 6. މޯލްޑިވިޔަން

  ސައުދީގަ ހުއްދަ ކުރީ