ދެ ޒުވާނެއްގެ ހިޔާލެކެވެ. ކޮއްކޮ އާއި ބޭބެއެވެ. ކޮވިޑް-19 އާ ގުޅިގެން ގޭގައި ތިބެން ޖެހުމުން ބޭނުންވީ ހަމަ ކޮންމެވެސް ކަމެއް ކޮށްލާށެެވެ. މަސައްކަތުގެ ފުރަތަމަ ބައި ނިމިއްޖެއެވެ. ސްކްރިޕިޓް ލިޔެ ނިންމާލައިފިއެވެ. ޝޫޓިންވެސް މިހާރު ވަނީ ފަށާފައެވެ.

މިއީ ޓިކްޓޮކްގައި މަޝްހޫރު ދެތަރިން ކަމަށްވާ އަބްދުﷲ ޝަރީފް އާއި މުހައްމަދު ޝަރުވާން އަހުމަދު ބެލުންތެރިންނަށް ގެނެސްދޭނެ އެ މީހުންގެ ފުރަތަމަ ސީރީޒްއެވެ. ނަމަކީ "ސިހުން"އެވެ. ބިރުވެރި ސީރީސްއެކެވެ. ގައިން ހީބިހި ނަގާވަރުގެ އެކިއެކި ބިރުވެރި ވާހަކަތަކެއްގެ މައްޗަށް ގެނެސްދޭ ސީރީޒްއެކެވެ.

ސީރީޒްގެ މެއިން ކެރެކްޓަރުން

އަބްދުﷲ ޝަރީފް - ނިހާލް

މުހައްމަދު ޝަރުވާން އަހުމަދު - ލިޝާން

އާމިނަތު ޝަރާ - އީޝާ

ސަލްމާ މުހައްމަދު - ހުސްނާ

މި ސީރީޒްގައި އިތުރު ކެރެކްޓަރުންވެސް ހިމެނޭނެއެވެ. ބައެއް ކެރެކްޓަރުން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މި ސީރީޒްގެ ދެ ސީޒަންއެއް އޮންނާނެއެވެ. ފުރަތަމަ ސީޒަންގެ ފުރަތަމަ އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ފަހުކޮޅުގައެެވެ.

މި ސީރިޒް މިއީ އެއްވެސް އިތުރު ބައެއްގެ އެހީއާއެކު ކުރިއަށްގެންދާ ސީރީޒްއެއް ނޫނެވެ. އަދި އެއްވެސް ބަޖެޓެއް ލިބިގެން ހިންގާ މަސައްކަތެއްވެސް ނޫނެވެ. މި ސީރީޒްގެ ޝޫޓިންގައި ގޭގައި އާއި ހުޅުމާލޭގެ ތަންތަނުގައި ނަގާ ގޮތަށް ވަނީ ނިންމާފައެވެ.

"ދަ ހޯލް އައިޑިއާ އައީ ފުރަަބަންދު ތެރޭގައި ބިރުވެރި އެއްޗެހި ބަލާބަލާގޮސް، ބޭނުންވީ އަމިއްލައަށް އެއްޗެއް ހަދަން، ދެން ކޮއްކޮ އާއި ދެ މީހުންވެގެން ސްޓޯރީއެއް ލިޔުނީ، ސްކްރިޕްޓެއްގެ ގޮތުގައި، ދެން އެ ދުވަހު ވާހަކަދައްކަމުން ބުނި ގޭތެރޭގައި ހިނގާ ކަންތައްތައް ގޮތަށް ހަދާގޮތަށް، މެއިން ކެރެކްޓަރގެ އަތުން އެޅޭ މިސްޓޭކަކުން ގޭތެރޭގައި ދިމާވާ ކަންތައްތައް، އެގެ ހައުންޓެޑް ކުރަން"، މި ސީރީޒް ފަށަން ހިޔާލު އައި ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެމުން ޝަރީފް ބުންޏެވެ.

ޝަރީފް ބުނީ، މި ސީރީޒް ބޮޑަށް ބޭސްކޮށްފައި ހުންނާނީ ހާގީގީ ވާހަކަތަކެއްގެ މައްޗަށް ކަަމަށެވެ. އެހެން ނަމަވެސް އެ ވާހަކަތަކަށް ކުޑަ ބަދަލު ތަކެއް ގެނެސްފައިވާނެ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

"މާނައަކީ އޭގައި ދައްކައިދޭނެ ގިނަ ކަންކަމަކީ ހަގީގަތުގައިވެސް ވެފައި ހުރި ކަންކަމޭ" ޝަރީފް ބުންޏެވެ.

ސީރީޒް ފަށައިގަންނާނި ސިގިރެޓް ބަޓެއް އެއްލާލި ވާހަކައިންނެވެ. ނިމޭއިރު، ތަފާތު އެތައް ސިހުމެއް ސީރީޒްއިން ގެނެސްދޭނެއެވެ.

މި ސީރީޒް ހެދުމަށްޓަކައި ފަންޑިތައް ހަދާގޮތް ވެސް ދިރާސާކޮށްފައިވާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އަދި ބައެއް ބޭރުގެ ސީރީސްތައް ގެނެސް ދީފައިވާ ގޮތް ބަލާފައި ވެއެވެ.

މި ސީރީޒްގެ ޓެރެއިލާ މި މަހު މެދު ތެރޭގައި އާއްމު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަރު

    ޤިޔާމަތުގެ ސިހުމަށް ހޭ އަރާބަ ބީތާ ތަކާ..

    5
    6
  2. ސަމްސާ

    ހީކުރަން ވަރަށް ތަފާތު ވާނެ ކަމަށް ?