ދެކުނު އެފްރިކާގައި ތިން މާމަ ދަރިން ރޭޕް ކުރާ މަންޒަރު ބަލަން އިންނަން ޖެހުނު އުމުރުން 71 އަހަރުގެ މާމައަކު ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

ކްވަޒުލު-ނަތަލް ޕްރޮވިންސްގައި މި ހާދިސާ ހިނގިއިރު، އެ މާމައަށް އޭނާގެ މާމަ ދަރިން ރޭޕް ކުރާ މަންޒަރު ބަލަން އިންނަން ޖެހުނީ ބިރުދައްކައިގެން ކަމަށް ރިޕޯޓްޓްތައް ބުނެއެވެ. އަދި އެ މީހުން ތިބީ މޫނު ފޮރުވަައިގެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރޭޕްކުރި ތިން މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 19 އަހަރުގެ އަންހެނާއި، 22 އަހަރުގެ އަންހެނަކާއި، އަދި 25 އަހަރުގެ އަންހެނެކެވެ. މި ތިން މީހުންވެސް ރޭޕްކޮށްފައި ވަނީ ކޮޓަރިއަށް ލާ ތަޅުލުމަށް ފަހުއެވެ.

އެ ތިން އަންހެނުންނާއި، މާމައަކީ އެއްކޮށް އުޅެމުންދާ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރު އެ ގައުމުގެ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ބެލެވޭގޮތުގައި، މާމައަށް ހާޓްއެޓޭކެއް ޖެހުނީ އެ މަންޒަރު ބަލަން ކެތްނުވެގެންނެވެ.

"އެ ފިރިހެން މީހާ ވަނީ އެ ތިން އަންހެނުން ބޭތިއްބީ މާމަ ކޮޓަރީގައި ތަޅުލާފައި، ދެން ވަކި ވަކިން ކޮންމެ އަންހެނެއް ބޭރަށް ނެރެ ރޭޕް ކޮށްފައި ވަނީ" އާއިލާގެ ސްޕޯކްސް ޕާސަން ބުނެފައި ވެއެވެ.

"އަޅުގަނޑުމެންނަށް ފެނުނީ މާމަ ގޭގައި މަރުވެފައި އޮއްވާ. އަހަރުމެންނަށް ބެލެވެނީ އެ މީހުން ރޭޕް ކުރާ މަންޒަރު ބަލަން އިނީމަ ކަމަށް ހާޓް އެޓޭކެއް ޖެހުނީ".

އެ ތިން އަންހެނުން ބުނީ، މާމަ ގައިގައި އެ ފިރިހެން މީހާ އަތްވެސް ލާފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ، އެ ތިން މީހުން ރޭޕްކޮށްފައި ވަނީ ބަޑިން ބިރުދައްކައިގެން ކަމަށެވެ. އަދި ފުލުހުން ވަނީ އެ މައުލޫމާތު އިނގޭ އެއްވެސް މީހަކު ވާނަމަ އެކަން ހިއްސާ ކުރުމަށް އެދިފައެެވެ.