ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު މޮޑެލް ކައިޒީން އިންސްޓަގްރާމްގައި ފެށީ ގިވްއަވޭ އޭގެ ހައްގުވެރިންނަށް ހަދިޔާކޮށް، ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ފުރޮޅުލީ ގޮނޑިއެއް ހަދިޔާ ކޮށްފިއެވެ.

މީގެ ދެ ހަފްތާ ކުރިން އިންސްޓަގްރާމްގައި ކައި ފަށާފައިވާ މި ގިވްއަވޭ އަކީ އޭނާއަށް ފޮލޯ ކުރާ މީހުންގެ އަދަދު އެއްލައްކައަށް އެރުމުންނާއި ކޮވިޑް-19 ގެ ސަބަބުން ދަތިތަކެއް ދިމާވެފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި ފެށި ގިވްއަވޭއެކެވެ. މި ގިވްއަވޭގައި ނަސީބުވެރިންގެ ގޮތުގައި ހޮވޭ ތިން ފަރާތަކަށް ހަދިޔާއެއްގެ ގޮތުން 3000 އެމެރިކާ ޑޮލަރު ދިނުމަށް ކައިވަނީ ނިންމާފައެވެ. އެއީ ކޮންމެ މީހަކަށް 1000 ޑޮލަރެވެ.

މިއަދު ކައި ވަނީ ގިވް އަވޭ ނިމުމުން އޭގެ 3 ހައްގުވެރިން ހޮވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2 އަންހެނުންނާއި ފިރިހެނެކެވެ. މި ގިވް އަވޭގައި 3 ނަސީބުވެރިން ހޮވާއިރު، ކައި ބުނެފައިވަނީ ގިވްއަވޭގައި ބައިވެރި މީހުންގެ ތެރެއިން "ޔުއްމި" ކިޔާ ކުއްޖާ ހިއްސާ ކޮށްފައިވާ ވާހަކަ އޭނާގެ ލޮލުގައި އަޅައިގަތް ކަމަށެވެ.

ޔުއްމި ހިއްސާ ކޮށްފައިވާ ވާހަކައިގައި ބުނެފައިވަނީ އޭނާއަކީ އެ ފައިސާގެ ނަސީބުވެރިޔާނަމަ، އޭނާގެ ބައްޕައަށް ހަދިޔާއެއްގެ ގޮތުން ފުރޮޅުލީ ގޮނޑިއެއް ގަނެދޭނެ ކަމަށެވެ. އަދި އެފަދަ ގޮނޑިއެއް ގަނެދެވިއްޖެނަމަ ބައްޕަ ވަރަށް އުފާވާނެ ކަމަށެވެ.

މި ވާހަކަ ފެނިފައި ކައި ވަނީ އެކުއްޖާގެ ބައްޕައަށް ހަދިޔާއެއްގެ ގޮތުން ފުރޮޅުލީ ގޮނޑިއެއް ގަނެދީީީީީީީީފައެވެ.

ކައި އަކީ އާއްމުންގެ މެދުގައި މަޝްހޫރު މޮޑެލްއެކެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އިސްކުރު

    އަޅެ ހާދަ ރަނގަޅޭ ކައި ، ހިޔެއްނުކުރަން ނުކުޅެދޭ މީހަކަށް އެހީވާނެކަމަށްވެސް (:

    71
    12
    • އިސްމާއީލް

      ނޭގޭ އެންނޫން ކަންދައްކަން ނޫންކަމެއް

      17
      19
      • -_-

        ރަނގަޅު އެއްގޮތެއް ވެސް ނޯންނާނެ ތިވައްތަރު މީހުނަކަށް ނަފުރަތާ ރުޅިވެރިކަން ފެތުރުން ނޫން އެހެން ކަމެއް ނޯންނާނެ.

        28
        7
  2. ާައަންނި

    އައިލަވްޔޫ ސޯމަޗް ކައީ

    37
    13
  3. Anonymous

    ސަރުކާރުގެ މަތީފަންތީގަ ބޮޑެތި އާމުދަނީ ލިބޭ މީހުންނަށްވުރެ މި ކަަައިވެސް މާ ހިތްހެޔޮ ތޯއްޗެއް.

    93
    10
    • ޔޭތޯ

      ތީނަ ހިންހެޔޮ އެއް ނޫން...ތިހެންނުކިޔާ ދެއްކުންތެރިކަން..ތާއިދުހޯދަން ތީނަގެ އުކުޅަކަށްވެސް ވެދާނެ

      24
      21
      • ބަނަސް

        ކަންދެއްކެންވިޔަސް ހެޔޮކަމެއް ދޯ އެކުރީ. ކަންދެއްކެންވެސް މީހުންނަށް އެހީ ނުވާމީހުން ގިނައި

  4. ޖޯޑަން

    ކައިލީ ޖެނާރ ވަރަށް ބަރާބަރު

    29
    10
  5. މެެހަ

    ❤❤❤??

    21
    8
  6. ރަދީފް

    ފިޓް ފާޒިލް އަށް ވުރެ މާ ބޮޑަށްވެސް ރަނގަޅު!

    62
    4
  7. ތުކައްޒިބާން

    ދިވެހިރާއްޖޭގެ މީހުން ދިރިއުޅެން ޖެހޭ ގޮތަކީ އެއީ އިސްލާމް ދީނުގެ މަތިވެރި އުސޫލުގެ ތެރޭންނޭ ދެން ދިވެއްސަކަށް ކައި އެނަން ކިޔުން އެއީ ކިހިނެއް ކޮން ގަޮތަކުން އައި އަރަބި ނަމެއްތޭ އެނަމުގެ މާނަ އަކީ ކޮބައިތޭ ދިވެހި އަންހެނެއް ނަމަ އައުރަ ނިވާ ވާން ވާނެއޭ އާންމު ކޮށް މީހާގެ ހަށިގަނޑު އިޝްތިހާރު ކުރަން ފޮޓޯ ނެގިނަމަވެސް މީވެސް ދެން މިހާރު ގާނޫނަކުން ނިންމަން ވެއްޖެ ކަމެކޭ މީގެ ސަބަބުން ވެސް ޝަހުވާނީ ކަންކަމަށް ދެވި ހިފާފައިވާ ފިރިހެނުންގެ ހިތް ތައް ގޯސްވާނެއޭ މަމެން ނަށް އެއްވެސް ޝައުޤެއް ހުރި ކަމެއް ނޫނޭ ދެބައި އުމުރަށް ގޮސްފަައިވާ އަންހެނަކު މިކުރަނީއޭނާ މަޝްހޫރު ވުމަށް ޓަކައި ތަމެން ބިރުވެތިވާށޭ އެހެން ދުވަހެއް ވެސް އޮތް ކަން ތަމެން ދަންނާށޭ ދަންނާށޭ ދަންނާށޭ ތަމެން ތައުބާވާށޭ ތިޔާ ގޮތަށް ކުރީގައި އުޅުނު ފިލްމްސްޓާރަކު ވެސް ފާހިޝް އަމަލެއް ކޮށްގެން ކޯޓަށް ގެންދިއައިމާ އެއަންހެން މީހާ ބުންނޭ މައިކަލް ޖެކްސަން ވެސް ކޯޓަށް ގެންދެއޭ މައިކަލް އަށް ވިޓިލީގޯ ޖެހުނޭ އެކަމަކު މަމެންނަށް ވިޓިލީގޯ ޖެހުމާއި މައިކަލް އަށް ވިޓިލީގޯ ޖެހުމުން ތަފާތު ފެންނާނެއޭ މިއިން އިބްރަތެއް ތަމެން ހާސިލް ކުރާށޭ ތަމެން ބިރުވެތިވާށޭ މަތީ ފަރާތެއް ވާކަން ގަބޫލުކޮށް ތަމެން މިކަމަށް އިންކާރުނުުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ....

    57
    12
  8. ކާފަރު

    ފިޓް ފާޒިލް އަށް ފެނޭތަ މި ކޮމެންޓްތައް.. މާ ބޮޑައް ފިޓް ވީމަ ނުފެން ނާނެ..

    33
    3
  9. ކާފަރު

    ފިޓް ފާޒިލް އަކީ ކެހިވެރިއެއް.. އެންމެ ފަހުން ދުނިޔެ މަތީގަ ހުރެ މީސްތަކުންގެ ތެރޭގަ ބަދުނާމުވީ..

    40
    • ޝަރުމީލާ

      އޭ މަގޭ ފާޒިލްއާ ނުބެހޭ އިނގޭ ހީ އިޒް މައި ސްވީޓިންގް ސްވީޓްހާޓް

      4
      16
  10. ތުކައްޒިބާން

    ނިކަމެތިންނަށް އެހީވާ މީހުން އެހީވާން ޖެހޭނީ އިޝްތިހާރު ކޮށްގެން އައުރަ ނިވާ ނުވާ ހެދުން އަޅައިގެން ނޫނޭ އެއީ އެކަން އޮންނަ ގޮތެއް ނޫނޭ ތަމެން ތިކަން ތިޔާ ގޮތަށް ކުރަނީ އެކަކަށް ވުރެން މޮޅަށް ތަމެން އެހީވީމޭ މީހުން މެދުވެރިކޮށް އެވާހަކަ ދައްކަންތޭ އިހަށް ދުވަހު ޚުތުބާ ގައިވެސް ކިޔަނީ އެންމެ ބަރުދަން ބޮޑު އެހީއަކީ ސިއްރިއްޔާތުގައި ދޭ އެހީއޭ ތިޔާ އެހީ ދެނީ އެހީ އަށް ވުރެން ބޮޑަށް ތަމެން މަޝްހޫރު ވެވޭތޯ ބަލަންއޭ ތިޔާގައި ރަނގަޅު ގޮތަކީ މީހާ އުމުރު ދެބައިވަމުން ދާއިރު އައުރަ ނިވާވާ ހެދުން އަޅައިގެން ތިމާ ހެއްދެވި ފަރާތެއް ވާކަން ގަބޫލުކޮށް ދީނުގެ ރުކުން ތައް ވެސް ރަނގަޅަށް ދަނެގަތުމޭ އިނގިރޭސިން ބްރޯކެން އިންގްލިޝް އިން ރަނޑު އަލިފުލައިލާ ވާހަކަ ލިޔުނަސް އެއީ އަދި މީހާ މޮޅު ވެފައި ގަދަރު ވެރިވީ ނޫނޭ ތިޔާ އެހީ އަށް ވުރެން ބޮޑަށް ތަމެންގެ އައުރަ ނިވާ ނުކޮށް ތަމެން މަޝްހޫރުވާން ވެގެން ތިޔާ މީޑިއާ މެދުވެރިކޮށް ދޭ މެސެެޖްސް ތަކަކީ އެއީ އެއް ގޮތަށް ވެސް ތިޔާ ގައި ބަރަކާތެއް ހުންނާނެ ކަމެއް ނޫނޭ ތިޔާއީ އާފިލު ކަމާއި އަނދިރި ކަމުގެ ތެރޭން ވާ ކަމެކޭ ތަމެން ތަބާވެ ކިޔަވަން ފޮތެއް ފޮނުއްވިއޭ އެއަށް ފަހު ތަމެން ދުނިޔެ އަށް ފޮނުއްވިއޭ ތަމެންނަށް ޓަކައި އިރާއި ހަނދު އުޑުގެ ވަކީ މީޒާނެއްގައި މީޒާނުން ކައްސާނުލާނެ އުސޫލުން ލައްވަވާ ބިމަށް ދިރުން ދެއްވާ ބިމުގައި ފެނާއި ޖަަވާހިރާއި ރަނާއި ދަގަނޑާއި ތެލާއި އަދި ގަސްގަހާގެއްސާއި ކަނޑާއި ބިމުގައި ހުސްނުވާ ވަރަށް ނިއުމަތް ލެއްވިއޭ ތަމެން އީމާންވެ އަންގަވާފައިވާ ގޮތަށް އުޅޭށޭ ތަމެން މިކަމަށް އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ....

    17
    4
  11. ވާނެއޭ

    ސަޕްރައިޒް އާއި އެކު ކައިގެ ގިވް އަވޭ ޑޮލަރުން ދީފއޭ ބުނެ މި ތަަރައްގީ ކުރަނީ ހުޅަނގުގެ އުސޫލު ތަކޭ ރާއްޖޭގެ ދިވެހި މީޑިއާ އިން މަމެންނަށް އިހްސާސް ކުރެވެނީ ދިވެހިން މިއުޅެނީ ހުރިހާ ކަމެއް ފުރިހަމަ ވެގެން ދެން ކުރާނެ ކަމެއް ނޭގިގެން ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކަމުން ދެން މާއްދީ އަމިއްލަ ދިވެހިބަސް އެއީ ދެރަ އެއްޗެއް ކަމަށް ހަދާ އައުރަ ނިވާ ނުވާ ގޮތަށް ހެދުން އަޅާ ދެބައި އުމުރުގެ އަންހެނުން ތަރައްގީ ކުރުން އެއީ އާދައަކަށް ހަދަން ކަމަށޭ މަމެން ނަސޭހަތް ތެރިވަމޭ ރާއްޖޭގެ މީޑިއާ ތަކަށް މަޝްހޫރު ކަން ހޯދަން ނޫސް ބޭނުން ނަމަ ރާއްޖޭގެ ރައްޔިތުންނަށް ހަގީގަތުގައި ދަތިވެފައިވާ އިޖްތިމާއީ މައްސަލަ ތަކުގެ ވާހަކަ ދައްކާ އާންމު ރައްޔިތުން އެކަމަށް ހޭލުން ތެރިކުރަން އުޅުނިއްޔާ މާ ތާހިރުވާނެއޭ ބައްޕަ ދަރިފުޅު ރޭޕް ކޮށްލާ ބަނޑު ބޮޑުކުރަނީއޭ ދަ ރާއްޖެތެރޭގެ ރަށްރަށުގައި ތަމެން މިފަަދަ ކަންކަން ހުއްޓުވޭނެ އުސޫލުން ދީނުގެ ކަންކަން ޕްރޮމޯޓް ކުރަން އުޅުނިއްޔާ މާ ބޮޑަށް ވެސް ނޫސް ތަރައްގީވާނެއޭ...

    12
    6
  12. ފަބިއައްޔި

    އަންހެން މީހާ ދެދުނިޔޭގައި ވެސް ގަދަރު އުފުލިގެންވަނީ އެއީ އެމީހާ އިނދެގެން އުޅޭ މީހާއާއި އެކު އިނދެގެން ދަރިން ހޯދާ އެދަރިން ބޮޑު ކޮށް އެދަރިން ތަރްބިއްޔަތު ކުރުމުގެ ޝަރަފު ލިބިގަންނަ އަންހެނުންނޭ އެއީއޭ އެމެން ދުނިޔެ އަށް ހަގީގަތުގައި އައުމުގެ ބޭނުމަކީ އެކަމަކު މިރާއްޖޭގައި މަޝްހޫރުވެ އާންމުންގެ މަގްބޫލު ކަން މިލިބެނީ މީހަކާއި އިނދެގެން ދެދުވަހު ނޫޅެވޭ އަންހެނުން ބަރަހަނާ ހާލުގައި ތިބެގެން ނަގާ ފޮޓޯ ތަކާއި އަދި އެމެން ބޮޑެތި އަދަދު ތަކުން ފައިސާގެ އެހީ އެމެން މަޝްހޫރުވާން ވެގެން ދޭ ތަންތަނޭ މަމެންގެ ސުވާލަކީ އަތުން ފައިން މަސައްކަތެއް ނުކުރާ އަދި ރާއްޖެ އަކީ އިޝްތިހާރު ކޮށްގެން ކައިގެން ބޮއިގެން އުޅެވޭނެ އާމްދަނީ އެއްވެސް ނުލިބޭ ގައުމަކަށް ވާއިރު އިންޓަރނެޓްގައި ފޮޓޯ ތަކެއް އިޝްތިހާރުކޮށް ގެން އެވަރުގެ ބޮޑެތި ފައިސާގެ އަދަދު ކޮންމެ މަހަކު ނުލިބޭއިރު އަދި ތަނެއްގައި ވަޒީފާ އަދާ ނުކުރާ އަންހެނަކު ކޮލިގެ އާއިލާ އަށް ވުރެން މުއްސަނދި ކަމަށް ދައްކަން ނަގާ ފޮޓޯ ތަކުގެ ކައިރީގައި ބަރަހަނާ ހެދުން އަޅައިގެން ހުރެ އޭނާގެ ހަށިގަނޑު އިޝްތިހާރު ކުރަން ވެގެން ހިންގާ މަކަރުވެރި ރޭވުން ތަކުގައި ދިވެހި މުޖުތަމައު ޖެހި އެފަދަ ކަންކަމަށް ތާއީދު ކުރާތީއޭ މިއިން އެގިގެން ދަނީ ދިވެހި މުޖުތަމައު ތެރޭގައި ދީީނީ ހޭލުން ތެރިކަމާއި އަދި ދީނުގައި ކަންކަން ހުންނަ ގޮތް އޮޅުން ފިލާފައިވާ މިންވަރު ދަށް ކަމޭ މީ ހިތާމަ ކުރަން ޖެހޭ ކަމެކޭ މިއެއް ނޫނޭ އިންސާނާ ދުނިޔެ އަށް ފޮނުވި ބޭނުމަކީ މިކަމަށް ބިރުވެތިވާށޭ ބިރުވެތިވާށޭ ބިރުވެތިވާށޭ....

    18
    5
  13. ލިލްއަނާމް

    ރާއްޖޭގެ ދިވެހި އަންހެން ވެރިންގެ ތެރޭން ބަޔެއް އަންހެނުން އަތުން ފައިން މާ ބޮޑު މަސައްކަތެއް ނުކޮށް ދެން އިންޓަރނެޓަށް ފޮޓޯ ލައިގެން އެމެން މަޝްހޫރުވާން ވެގެން ކޮށްފައި ނުކުރާނެ ކަމެއް ނޭގިގެން އުޅޭ ހެންނޭ މަމެންނަށް ހީވަނީ މި އަންހެން މީހާ މިވާ އެހީ އެއީ އަދި ފަރުދާގެ ފުރަގަހަތުގައި ފެންނަން ހުރި ބޮޑު މަންޒަރެއް ނޫނޭ ބޮޑު މަންޒަރަކީ މިއަންހެން މީހާ އަކީ ދެން މާ ދީލަތި މީހަކަށް ހެދިގެން އޭނާގެ އައުރަ ނިވާ ނުކޮށް ފާހިޝް ކަންކަން ކުރިއަރުވަމުން އޭނާގެ ސަބަބުން ދިވެހި އަންހެނުންގެ އިއްޒަތާއި ކަރާމާތަށް ބުރޫ އަރާ ގޮތަށް އޭނާ ދިވެއްސެއްގެ ނަމުގައި ހުރެ އިނގިރޭސި ނަމެއް އޭނާ އަށް ކިޔައިގެން ކުރާ ކަންކަމުގެ މަޅީގައި ޖެހޭ ކުށެއް ނެތް ދިވެހި މުޖުމަތަމައުއޭ މިފަދަ ކަންކަން ރަސޫލު ޒަމާނުގައި ވެސް ހިނގާފައި އެބަހުއްޓޭ އިސްލާމީ ތާރީޚްގެ ތެރޭން މީ ދިވެހިން ބަލާ ކިޔާ ވިސްނާ ދިރާސާ ކޮށް އިސްލާހު ކުރަން ޖެހޭނެ ކަންކަމޭ ދިވެހިން އާފިލް ކަމާއި ޖާހިލު ކަމުގެ ތެރެއަށް ގަންބާލާ އިސްލާމް ދީނަށް ހުރުމަތް ތެރިކޮށް ދިވެހިން ނުހިތާ ކަން ދުނިޔެ އަށް ދެއްކުމޭ މިއިން އެގިގެންދަނީ މީހުން އެގޮތަށް ދޭ އެހީ އެއް ބޭނުން ކުރުމަށް ވުރެން ބޮޑަށް މީހާގެ އީމާން ތެރިކަން ވަރުގަދަވެ ދީނަށް ހުރުމަތް ތެރިކޮށް ހިތުން އެއީ އެފަދަ އަންހެނަކު ދޭ ޑޮލަރަށް ވުރެން އަދި ފުރޮޅުލީ ގޮނޑި އަށް ވުރެން އަގު ހުރި ޚަޒާނާ އެކޭ ދިވެހި މުޖުތަމަައު ވިސްނަންވީއޭ މިކަމާއި މެދު މިކަމަށް އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ...

    15
    6
  14. Anonymous

    ދެބާއުމުރުގެ އަންހެނެއް އެހާ ރީތިވާނެ ކަމަށް ތިބޭފުޅާ ގަބޫލުކުރަމުތޯ؟އޭނާގެ ޕިކްސް ތަކުން އެނގޭ އެއީ ޅަކުއްޖެއްކަން.

    6
    11
  15. ފަބިއައްޔި

    ދުނިޔެ ވެސް އަދި ރާއްޖެ ވެސް މިއުޅެނީ ކޮވިޑްގެ ވަބާއިން ސަލާމަތް ނުވެގެންނޭ އެއީ ވެސް މިދުނިޔޭގައި އިންސާނުންގެ އުޅުން ފާހިޝް އަމަލު ތަކާއި އަދި ހަރާމް ކުރައްވާފައިވާ ކަންކަމަށް އަރައިގަނެގެން ހައްދުން ނައްޓައިގެން ދިއުމުން ދިމާވި ކަމެއް ކަމަށް ވެސް ވުމަކީ ގާތް ކަމެކޭ އެކަމުން އަރައިނުގަނެގެން އުޅޭ އިރު ވެސް ދިވެހި މީޑއާ ތައް މެދުވެރިކޮށް ދިވެހި މެދު އުމުރުގެ އަންހެނަކު ނިވާކަން ކުޑަ ހެދުން އަޅައިގެން ހުރެ އޭނާދޭ ފައިސާ ކޮޅަކަށް ރައްޔިތުން އަނބުރާލާނެ ކަމަށް ހީކޮށް އޭނާ ކުރަމުން ދާ ޖާހިލު ކަނު އަނދިރީގައިވާ ކަންކަމުގެ ތެރެއަށް ދިވެހި މުޖުތަމައު ވަނުން އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ވެސް ނޫނޭ އަންހެން ވެރިންނަކީ ދެން ދީނީ ގޮތުން މާ ބޮޑަށް މަޝްހޫރުވެގެން ހަނޑިގަނޑުގެ ވަނާތައް ފާޅުވާ ގޮތަށް ނިވާ ކަން ކުޑަ ހެދުން ލާން ޖެހޭ ބަޔެއް ނޫނޭ މިފަދަ ކަންކަމުން ދިވެހިން އިބްރަތް ހާސިލް ކޮށް އިސްލާހުވާންވީއޭ މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ހިތްވަރު ދިނިއްޔާ ނޫސްވެރިން މިއަށް ވުރެން ރަނގަޅުވެފައި ގައުމަށާއި ރައްޔިތުން ނަށް ފައިދާ ވާނެއޭ އިންސާނާ އުފެއްދެވިއޭ އޭނާ ތަބާވާން ފޮތެއް ފޮނުއްވިއޭ އިންސާނާ އަށް އެ ކިޔާ ދަސްކުރެވޭނެ ކުޅަދާނަ ކަން އަދި އެކަކު އަނެކަކަށް މުއާމަލާތް ކުރާނެ ގޮތް ދަސްކޮށް ދިނޭ އިރާއި ހަނދު އެމެންނަށް ޓަކައި އުޑުގައި ވަކި މީޒާނެއްގައި ލައްވަވާ އެމީޒާނަށް ކުޑަ ވެސް ބަދަލެއް ނާންނާނެ ގޮތަށް ލެއްވެވިއޭ ބިމުގައި ހުސްނުވާ ވަރަށް ނިއުމަތް ލެއްވެވިއޭ އިންސާނުން ނަށް ޓަކައި ތަމެން މިކަމަށް އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ....

    9
    4
  16. ވިސްނާތި

    ދިވެހި އަންހެނުންގެ ތެރޭގައި ތިިބި އެއްވެސް ހުނަރެއް ނެތް އަދި ކަންނެތް ބަޔަކު ފޮޓޯ ތަކެއް ނަގައިގެން އިންޓަރެނެޓް ގައި ފޮޓޯ ތަކަށް ފޯލޯ ކުރާ މީހުން ގިނަ ވުމުން އެމެން އެއީ އާންމު މީހުންނަށް ވުރެން މަތީގައި ތިބި މާ ބޮޑަށް މުއްސަނދި މާ މޮޅު ބަޔެއް ކަމަށް ދެކޭ ނަމަ އެއީ އެމެންނަށް މިދުނިޔޭގައި ވެސް ކުރެވޭ ކުށް ހީއެކޭ ދުނިޔޭގައި ނެތް އިރު ވެސް މައިކަލް ޖެކްސަންގެ ޒިކްރާ އެލްވިސް އަށް ވުރެން ބޮޑަށް އާކުރަނީ އެއީ ސަބަބު ތަކެއް ހުރެގެންނޭ މައިކަލް އަކީ އަމިއްލަ އަށް މަޝްހޫރުވާން އުޅުނު ފަންނާނެއް ނޫނޭ ކުރި ކަމަކީ ބުރަ ކޮށް މަސައްކަތް ކޮށްގެން ދުނިޔެ އަށް އޭނާގެ ހުނަރު އެންމެ ކުޑަ ކުއްޖާ އިން ފެށިގެން ގޮސް އެންމެ މުސްކުޅި މީހާ އަށް ވެސް ޤަބޫލުކުރެވޭނެ އުސޫލުން އެކަން ކުރެވޭތޯއޭ އެކަމޭ އޭނާ ކުރީ އޭނާ އާއި ވަރަށް މަޝްހޫރު ވާން ބޭނުން ނަމަ ރެއަކާއި ދުވާލުގެ 24 ގަޑިއިރުން 18 ގަޑިއިރު ހުއްޓާނުލާ މަސައްކަތް ކުރަންވީއޭ މަދުވެގެން 20 އަހަރު ވަންދެން މަސައްްކަތެއް ނުކޮށް އަމިއްލަ އަށް ހުނަރެއް ދަސްނުކޮށް ދެން އިންޓަރނެޓް ގައި ބަރަހަނާ ހާލުގައި ތިބޭ ގޮތަށް ފޮޓޯ ޖަހައިގެން އެވަނީ އެއީ ރަނގަޅު މަޝްހޫރެއް ނޫނޭ އެއީ ފާހިޝް އަމަލު ތަރައްގީކުރުމޭ އެއީއޭ ތަމެންނަށް ތިޔާ ކުރެވޭ ކަމަކީ ތަމެން ފުރަތަމަވެސް ބޮޑު ދެބައި އުމުރަށް ގޮސްފައިވާ އަންހެނަކު މިކަން ދަނެގެން ހެއްދެވި ފަރާތް ދެކެ ބިރުވެތިވެ އިސްލާހުވާށޭ އިސްލާހުވާށޭ އިސްލާހުވާށޭ ނަރަކައިން ސަލާމަތްވާނެ ގޮތެއް ހޯދާށޭ މިދުނިޔެ އެއީ އިމްތިޚާނަށް ޓަކައި އުފައްދަވާފައިވާ ތަނެކޭ....

    11
    5
  17. ޅެންވެރިޔާ

    ހިތިކަދޫ ވެލެއްގެ ބުޑައް ފެންކަމުގައި މާމުއި އެޅިޔަސް އޭގައި އަޅާ އެތި ފޮނި ނުވާނެކަމަށް މުސްކުޅިން ބުނާ ކެޓެގަރީގެ މީހެއް....
    މިފަދަ މީހުންނާ ދެކޮޅަައް ނުވަތަ ނަސޭހަތުގެ ގޮތުންވެސް ގިނަ މީހުން ދޭ ހެޔޮ ނަސޭހަތައް ބީރު ކަންފަތް ދެމުން ތިމަ ތިމާމެންގެ އައުރަ ނިވާ ނުކޮއް ހަމަ އެ ޖާހިލުކަން މަތީ ތިިބެނީއެވެ.....
    ރީތި ހުތުރުގެ ގޮތުގައި އަދި ހުތުރު ރީތި ގެ ގޮތުގައި ދައްކާ ޝައިޠާނީ އަޅުންނެވެ......

    20
    3
  18. Anonymous

    ހަމަ ނަސީބެއް އައިސާ ޝަރުމީލާއަށް ނުލިބުނުކަން.
    ފާޒިލް ވެސް ކައިގެން އުޅެބަލަ.

    15
  19. އިޚްތިލާފީ އިސްލާހް

    ވިސްނާތިއަށް
    މައިކަލް ޖެކްޝަން އާއި މެދު ދެއްކި ވާހަކައަށް އަހަ ރެން ޚިލާފް ވަން. އެހެނީ އޭނާ އަކީ ވެސް ލަވަޔާއި މިޔުޒިކާއި ނެޝުން ފަދަ ﷲ ހަ ރާމްކު ރައްވާފައިވާ ކަންތަކުން މަޝްހޫ ރުވި މީހެއް. އޭނާގެ ލަވައިގެ ލި ރިކްސްތަކަކީ ޝައިޠާނީ ލި ރިކްސްތަކެއް. އޭނާ ނެތް ދުވަހުވެސް އެލި ރިކްސް ތައް ޤު ރުއާންގެ ބަދަލުގައި އެތައް މިލިޔަން ބައެއް ދަސްކޮއް އޭނާ ކޮޕީ ކު ރީ.
    އޭގެ އިތު ރައް އޭނާ އަކީ ﷲ އޭނާ އުފެއްދެވި ސިފަ ބަދަލުކޮއް އަންހެނެއްގެ ސިފަ ލިބިގަތް މީހެއް...
    ދެން ދެއްްކި ވާހަކަތަކައް ތާއީދު...
    މަޝްހޫ ރުވާން އެދޭ މީހާ އޮތީ ﷲ ލޯބިވެވޮޑިގަންނަވާ އަޅަކު ކަމުގައިވުން. އެކަމައް ﷲ ތިމަ ތިމާމެންނަށް އަމު ރުކު ރައްވާފައިވާ މަސްޢޫލިއްޔަތު ތަކަަކާއި ވާޖިބުތަކަށް އަދާކޮށް ކިޔަމަންވެ އެންމެހާ ނަހީތަކުން ދު ރުވެ ޤު ރުއާނަށް އަމަލުކޮއްގެން.....
    އޭ ރުން ހަދީޘް ބަސްފުޅަކުން ދޭހަވާ ފަދައިން ﷲ އާއި ޖިބް ރީލްގެފާނާއި އުޑުތަކުގައިވާ އަދަދުނުކު ރެވޭ މަލާއިކަތްބޭކަލުންނާއި ބިމުގައި ވާ ހެޔޮލަފާ ސާލިހް އަޅުތަކުން ގެ ލޯބި މާތް ﷲ އެފަދަ އަޅެއްގެ މައްޗައް ލައްވާނެ... މީ ހަޤީޤީ މަޝްހޫ ރުކަމަކީ ބޭކަލުންނޭ........

    21
    2
  20. ބަކުރުބެ

    ކައިގެ ރަނގަޅު ކަން އިގޭނީ، ފު ރޮޅު ލީ ގޮނޑި ހަވާލު ކު ރި ފި ރިހެން މީހާޔާ ކައިވެނި ކު ރީމަ، އުޅެ ބަ މެ ރީކު ރަން.

    8
    3
  21. ފާޒިލް ގެ ބޮޑުބެ

    ފިޓް ފާޒިލް ކަހަލަ ހަރާން ކޯރު މީހަކަށް ކައިޒީން ނުވީތީވެ ވަރަށް އުފާކުރަން. ވަރަށް ހެޔޮ އެދެން އަދި ތިކުރާ މަސައްކަތުގައި ކުރިއަރައިގެން ދިއުމަށް އެދެން. އަދި އިންޓަރނޭޝަނަލް ޕްލެޓްފޯމަކުން ކައިޒީން ފެނިގެން ދިއުމަށް އެދެން. ހަމައެހެންމެ، މިކަމުން ލިބޭ ޢާމްދަނީއިން އިތުރު ނަފާވެރި ހަރަކާތްތަކާއި ވިޔަފާރިތައް ފަށާ، ޢާމްދަނީ އިތުރުކޮށް، މުއްސަންދި މީހަކަށް ވުމަށް ވެސް އެދެން. އަދި، މިގޮތުން ލިބޭ މުއްސަންދި ކަމުން "ފިލަންތޮރޮޕިސްޓް" ކަން ފުޅާކޮށް ކުރިއަރުވާ މީހުންނަށް ތިގޮތުގައި އެހީތެރިވެދިނުމުގައި ނަމޫނާ ދައްކަމުން ދިއުން އެދެން. ދސފަފ

    5
    3
  22. ހުދާ

    ޙާޙާޙާޙާ ކައި ޢެކޯ ހާދަ ފުޫޙި ގޮލަ އެއް

    4
    1
  23. ސާމާ

    ކައި ..ހައްޖައް..ދާންވީނުން.. މިހާރު ..ކައިގެ ..މައްޗައް..ހައްޖު. ވާޖިބުވާނެ..ތިހާ..ފައިސާވެރިއްޔާ..

  24. ???

    ޢައްޗި މާ ރީތި މީހެއް ވިއްޔާ ... އޮރިއާން ދައްކައި ގެން ދުވަނީ .. ލަންދެއް ހަޔާތެއް ވެސް ނެޔް??????????. މަ ޖޭ ވަނީ ނޫން . ޙާދަ ފޫހިވާ އެއްޗެކަެ .. މިއަދުގެ މޫޑް ވެސް އޮފްވީ އެ????