އޮޅުވާލައިގެން ގިވްއަވޭ އިން ދިން ކަމަށް އެއްބަސްވެ، އެއީ މެނޭޖަރު އޭނާ ލައްވައި ކުރުވި ކަމެއް ކަމަށް ބުނެ، އިސްމާއިލް ފާޒިލް (ފިޓް ފާޒިލް) މާފަށް އެދިއްޖެއެވެ.
ފާޒިލް ބުނަނީ މިއޮޅުވާލުން "ރާވައި، ހިންގައި، ހުރިހާ ކަމެއް ކުރީ" އޭނާގެ މެނޭޖަރު ފޮޓޯގްރާފަރު އަލީ މުހައްމަދު (އެލީޒް) ކަމަށެވެ. ފާޒިލް "ދޯ" އަށް ދިން އިންޓަވިއުއެއްގައި ބުނީ ގިވްއަވޭގެ ގޮތުގައި ދޭން އުޅުނު އެއްޗެއްސަކީ ވެސް ބޭނުން ކޮށްފައި ހުރި އެއްޗެހި ކަމަށާއި، ޝަރުމީލާ އަކީ ވެސް ވުޖޫދުގައި ހުރި މީހެއް ނޫން ކަމަށެވެ. ގިވްއަވޭ ޕޯސްޓްގައި ފެންނަ އެއްޗެސަކީ އެލީޒްގެ ތަކެތި ކަމަށް ފާޒިލް ބުނެއެވެ.
ފާޒިލް ބުނީ ފުރަތަމަ ގިވްއަވޭ ކުރިއަށް ގެންދަން އުޅުނީ މަޖަލަކަށް ކަމަށާއި، ނަމަވެސް ފަހުން ގިނަ ބަޔަކު ބައިވެރިވުމުން އަލަށް ވެސް ގިވްއަވޭ ދޭން ނިންމި ކަމަށެވެ.
"ދެން ނިންމީ އެ އެއްޗެހިތައް ހަމަ އަސްލަށް ވެސް ގިވްއަވޭސްގެ ގޮތުގައި ދޭން. އެކަމަކު އެއީ ހުސް އެއްޗެހި. ދެން މަ ބުނެފިން ހަމަ އަސްލަށް ވެސް ދެނީ ހެއްޔޭ؟ ބުނީމަ ބުނެފި އާނއެކޭ، ދޭނީއޭ. ދެން މީނަ އަކީ ފުދިގެން ލިބިގެން އުޅޭ މީހެއްވީމަ އަހަރެން ވެސް އެވާހަކަ ގަބޫލުކޮށްފިން" އޭނާ ކިޔައި ދިނެވެ.
ފާޒިލް ބުނީ ގިވްއަވޭ އިން ނަސީބުވެރިއެއްގެ ގޮތުގައި ޝަރުމީލާ ހޮވީ ވެސް އެލީޒް އެވެ. ""ދެން އަހަރެން އޮންލައިންކޮށް ސްޓޯރީޒްތައް ހިންގަން އިންދައި މީނަ ގުރުއަތުގެ ހުރިހާ ކަމެއް ނިންމައިފި ވަރަށް ފާސްޓްކޮށް. ނިންމާފަ ބުނެފި ހޮވިއްޖެއޭ. މިހިރީއޭ އެ ކުއްޖާ. ފޮލޯކޮށްލަ ބަލާށޭ. ކޮންމެވެސް އައިޝް ޝަރޫއެކޯ. ދެން މަ އަވަހަށް ފޮލޯ ވެސް ކޮށްލައިފިން" އިތުރަށް ކިޔައި ދިނެވެ.
ފާޒިލް ބުނާ ގޮތުގައި ގިވްއަވޭގެ ހަދިޔާތައް ޝަރުމީލާ އާއި ހަވާލު ކޮށްދިނުމުގެ ޒިންމާ އާއި ވެސް ހަވާލުވީ އެލީޒް ކަމަށެވެ.
"ދެން ފަހުން މީނަ ބުނެފި އެއްޗެހިތައް ހަވާލުކޮށްފީމޯ. އެކަމަކު ފޮޓޯއެއް ނަގާކަށް އެއްބަހެއް ނުވިޔޯ. ފުރަތަމަ އަހަރެން ކައިރީގަ ބުނީ، މާސްކެއް އަޅައިގެން، ކުޑަކުޑަކޮށް، ވަރަށް ލަދުން ހުރި މީހެކޯ. ދެންވެސް އަހަރެން ހަމަ އެއްވެސް ކަމަކަށް ޝައްކެއް ވެސް ނުކުރަން އޭނަ އެހެން ބުނީމަ. އަހަރެން ހިތުން އެކަންތައް ނިމުނީތާ." އޭނާ ބުންޏެވެ.
ޝަރުމީލާ ނުފެނިގެން މައްސަލަ ގޯސްވެ، ފާޑުކިޔުން އަމާޒުވި ހިސާބުން ދެން މައްސަލައަށް "ހައްލެއް" ގެންނާނެ ގޮތް ވެސް ކިޔައިދިނީ އެލީޒް ކަމަށް ފާޒިލް ބުނެއެވެ. "ދެން ބޯގޮވާފައި މިހެން އިންދައި އޭނަ އައިސް މި ބުނަނީ ތިމަންނަ ވާހަކަ ދައްކައިފީމޯ (ޝަރުމީލާގެ) ފިރިމީހާއާ، އެ އެއްޗެހިތައް އެ ގެއިން އަނބުރާ ގެންނަން. ގެނެސްފަ ހިނގާށޯ ކޮންމެވެސް އެހެން ގޮތަކަށް، އެހެން މީހަކު ލައްވާ ފޮޓޯއެއް ނަގުވާފަ މީތި ނިންމާލަން." ފާޒިލް ބުންޏެވެ.
މޫނުބުރުގާ އަޅައިގެން އިން މީހަކީ ޝަރުމީލާ ކަމަށް ބުނެ ވީޑިއޯ އާއްމުކުރި ކުރުން ދިފާއުކޮށް ފާޒިލް ބުނީ ">މޫނުބުރުގާ އަޅައިގެން ހުރި ކުއްޖަކާ ގިވްއަވޭ ގިފްޓް ޕެކް ހަވާލުކުރާތަން ފޮޓޯ ނަގާފައި އެ ވަނީ، ފާޒިލަށް އެނގިގެން ފާޒިލްގެ ރުހުމުގައި ކަމަށެވެ. "އެކަމަކު އެގޮތަށް އެކަމެއް ކުރެވުނުއިރަކު ވެސް އަހަންނަކަށް ނޭނގެއޭ ޝަރުމީލާއެއް ވުޖޫގައި ނެތްކަން;">އަހަރެން ގަބޫލުކޮށްގެން ހުރީ އެ ޝަރުމީލާ އަތުން އެއްޗެހިތައް ހޯދައިގެން އައީއޭ ފޮޓޯއެއް ނަގައި މިކަންތައް އަވަހަށް ހިންދާލަން ވެގެން" ފާޒިލް ކިޔައިދިނެވެ.
އޭނާ ބުނަނީ މިއީ ރައްޓެއްސެގެ ގޮތުގައި ދެކެ، މެނޭޖަރެއްގެ ގޮތުގައި އިތުބާރުކުރެވުނު މީހަކު އޭނާ އަށް ދިން ބޮޑު ކެއްސެކެވެ.
"ޝަރުމީލާ އަކީ އުޅޭ މީހެއް ނޫންކަން މިހާރު ހަމަ 100 ޕަސެންޓް ގެރެންޓީ މިދެނީ އަހަރެން. ގިވްއަވޭ އެއްޗިއްސަށް ވީގޮތެއް ވެސް ނޭނގޭ އަހަންނަކަށް މިހާރު. އެއީ އާ އެއްޗެހިތަކެއް ވެސް ނޫން. ހުސް ޔޫސްޑް އެއްޗެހި." ފާޒިލް ބުންޏެވެ.
ފާޒިލް ވަނީ އެލީޒް އޭނާގެ ރިލޭޝިޕަށް ވެސް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އެލީޒް ފިޔަވައި އެހެން ރަހުމަތްތެރިން ގެންގުޅެން ހުރަސް އަޅާ ކަމަށް ވެސް ބުނެފައި ވެއެވެ.
ފާޒިލްގެ ހުރިހާ ވާހަކައެއް ދޮގުކޮށް އެލީޒް ބުނީ އޭނާ އަކީ ފާޒިލްގެ މެނޭޖަރެއް ނޫން ކަމަށާއި، ފާޒިލްގެ ހުރިހާ ވާހަކައެއް ދޮގު ކުރާކަމަށެވެ.
ޝަރުމީލާ ފާއިޒް ކީކޭ ތިކިއަނީ؟
ހައްހައްހާ ނޭނގޭ މިސޮރު މިކިޔާއެއްޗެއް.. ދެން ޝަރުމީލާ ހޯދިހެން ތިޔަ ބުނާ މެނޭޖަރަލު ހޯދަން އަހަރުން އުޅެންވީ ދެއްތޯ؟؟ ތިޔަ ބުނަނީ އަނެއްކާ ޖުވޫދުގަ ހުރި މީހެއްގެ ވާހަކަބާ؟ ކޮންމެ އަކަސް ބުނަން އިތީ މީހުން ބޮލަށް ކަނޑަން ނޫޅި އަމިއްލަޔަށް ޒިންމާ ނަގާށޭ.. ދޮގުމައްޗަށް ދޮގުހަދާ އޮޅުވާލަން އުޅެ އަތަށް ގޮވާ ރޭރުވީމަ އަނެއްކާވެސް އަނެއް ގޭސް ގަނޑު ތި އަނބުރަނީ..ދިވެހި ރައްޔިތުން ޤަބޫލުކުރަނީ މިއީ ހަމަ ފާޒިލްގެ މަކަރުވެރިކަމުން އޮޅުވާލި ބޮޑު އޮޅުވާލުމެއްކަމަށް މަކަރާ ހީލަތުގެ އަމަލެއްކަމަށް.. މަކަމުގަ ޝަރުމީލާއެއްވެސް ނޫން މެނޭޖަރެއް ވެސް ނޫން ސީދާ ހަމަ ފާޒިލް 100 ޕަސެންޓް ޒިންމާ ނަގަންޖެހޭނީ.
ފާޒިލް. ފާއިޒެއް ނޫން.
ކީކޭ ބުނާނީ..މީ އަހަރެމެންގެ ސެލެބްރިޓީންގެ ހާލު
އެލީޒް އަކީވެސް މެނޭޖަރެއްނޫން. މެނޭޖަރެއް ނުވެސް ހުރޭ. މީވެސް ކަންތައް ހިންދާލަށް ރޭވި ސްޓަންޓެއް. ތިދެއްކި ވާހަކަ ކުޑަކުއްޖަކުވެސް ގަބޫލެއް ނުކުރާނެ. ގައިގަ ނެތް ފެންވަރުން ނޫޅެބަލަ. ވަރަށް ފޫހި މީހެއްތީ. ދޮގާއި މަކަރު ހަދާމީހުންނަށް ލިބޭނެ ތިކަހަލަ ލަދުގަންނަވަރުގެ ހާދިސާތައް.
ފާޒިލޫ....ތިޔޮތީ އަތައްގޮވާފަ.
ހޭބަލި އަރާގެން ނުވާވަރުގެ ކަންތައް ކުރަން އުޅޭތި ..
ކާކު ތިވާހަކަ ގަބޫލުކުރާނީ؟ އަދިވެސް ތިމާގެ ރަނގަޅުކަން ދައްކަން...މަކަރުވެރިޔާ!
ލޮލް
ތިހާ ވާނުވާ ނޭންގޭނަމަ ފިޓް ފާޒިލް ނުކިޔާ ވާނުވާ ފާޒިލް ކިޔާބަލަ
ދެން ކަލެޔަށް ކިޔާނީ ފިޓް ޝަރޫ.
ހެހެހެ.. ބައްޔެއް..
މި ފަހެ ކޮންތާކު ބުރާސްފަށްޗެއްތަ... ބޮއި ހަލާކު
ހައްހަައްހާ? މިިހާ ރު މެނޭޖާ އޭ ކިޔާފަ ކެޓިގަންނަން ވެގެން ?
އަންހެންކުދިން ވ. ވިސްނަށް ޖެހޭނެ .
ފިރިހެނުން ވ. މަކަރުދޯ. ހަމައެކަނި ފާޒިލެއްނޫން ހަމަ ގިނަފިރިހެނުން އިންނަށް އުޅޭއިރު ނޫނީ އިނދެވެންދެން ހަދިޔާ ދީ ހީވާނީ އެހެން ކަމެއްހެން. އިނދެވުނީމަ ހަމަ ދުވަސްކޮޅެއް އަނެއްކާ އެހެން އައިނަކަށް އެންގަނޑު އެކަން.
ތިކަމަކާއި ހެދި ފާޒިލް ގެ އަގުވެސް ވެއްޓުނީ. އެއްދޮގުހަދާ އެދޮގު ފޫބައްދަން އަނެެއްދޮގު ހަދަންޖެހޭ. ކިހާދެރަތޯ. ލިބުނު ފިލާވަޅުން ޢިބުރަތް ޙާޞިލުކޮށް ތެދުވެރިވާންވީ އަބަދުވެސް. އިންސާނުން ނަކީ އުނިބައެއް. ކުށްކުރެވޭބައެއް. ފުރިހަމަ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ. އެކަލާނގެއީ ތައުބާ ވާއަޅުންގެ ތައުބާ ެެިެެެެިެެެިެެެެިެެިެެެެިެެެިެެެެެެިެެެެިެެެިެެެެިެެި ޤަބޫލު ކުރައްވާ ފާފަތައް ފުއްސަވައި ދެއްވާ އޯގާވަންތަ ރަސްކަލާނގެ.
މީނަގެ އެކައުންޓް ފޮލޯކޮށް ލައިކް ޖެހި އެންމެހާ ދިވެހިން އަވަހަށް އަންފޮލޯ ކުރޭ މީނަ . ކީހަބޮޑު މަކަރާއި އޮޅުވާލުމެއް. ޝަރީއަތަށް ދާންޖެހޭވަރު ކަމެއް.
ކައިޒީން އަކީ ހަޤީޤީ ސެލެބްރިޓީ
މެނޭޖަރޭ ؟؟؟ ތިއުޅެނީ ފެންވަރު އޮޅިގެން
ކަމެއްދެން އަތަށް ގޮވާނީ މިހާވަރަށްހެން ހީވަނީ. ކީއްކުރާނީ... ބައެއް ދިވެހިންގެ ހާލު!
މަކަރާއި ހީލަތް ހަދި ކަމުގެ ތަހުގީގެއް ރައްޔިތުންގެ މަޖްލިހުން ކުރަން ޖެހޭ. އަދި މިކަމަށް މިވެފަ އޮތް އިއުތިރާފް ބަލަގަނެ މިކަމާއި ދޭތެރޭ ކަމާ ބެހޭ ފަރާތް ތަކުން ފިިޔަވަޅު އަޅަންޖެހޭ. ނޫނީ މީއާންމު ކަމަކަށްވެ މިފަދަ ޕްރޮމޯ ރަގަޅު ގޮތުގަ ހިންގާ ފަރާތް ތަކަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަކަށް ވެގެން ހިގައިދާނެ. މަޖިލިހުން ގަވައިދެއް ނުވަތަ ގާނޫނެއް ވެސް ހަދަން ފެނޭ ހަމަ މިކަމަށް.
ކައްޒާބު އަދިވެސް ނުފޯރާފޮތީން ފޫގަޅާތި ބިކާރީ ފިޓް
އެލީޒް ގެ ފޮޓޯ ކޮބާ؟ އަނެއްކާ އެލީޒް އެއީ ވުޖޫދުގަ ހުރި މީހެއްތަ؟
މަށަށް ހަމަ ރޮވިއްޖެ!???
މަސް ތެލުލި އަހަންނެއް ނޫން، އެލީޒް!
މީހަމަ ހުސް އޮޅުން ބޮޅުން ތަކެއް....ޤައުމުވެސް މިހާލަތުގަ
ކައިޒީން ގިވްއަވޭ ދިންގޮތް ސަޅިވީމަ މިހާރު އެއުޅެނީ އެންމެންގެ ހިތް ހަލާލު ހޯދަން ... ބޭބެގެ މެނޭޖަރ އޯ ކޮންތާކުން ނެރުން މެނޭޖަރ އެއް ... އަނެއްކާ އަނެއް ސްޓަންޓް ... މެނޭޖަރ ގެ ވާހަކަވެސް ގޮވާނީ ހަމަ އަތަށް !!!
މީ ސެލެބްރިޓީ އެއްތަ އެއީ ކޮންރޮގަކުން ސެލެބްރިީ އަކަންވީ މަ ނުދެނަހުިން ރާއްޖޭގައި މިވަރުގެ ސެލެބްރިޓީއެއް އޅޭކަމެއް
ބަލަ ކަލޭ ހީކުރަނީ އަހަރެމެން ގަމާރު ކަމަށްތަ؟ ޝަރުމީލާގެ ހަގީގަތް ހޯދިގޮތަށް ތިޔަ އެލީޒްގެ ހަގީގަތްވެސް އަހަރެމެން ބަލާނުން.
ފައިންޑިންގ އެލީޒް??
އިންސްޓަގްރާމް ސްކޭމް ގިވްއަވޭ ފޮޓޯވެސް ރިމޫވް ކޮއްފި .... މި ސްކޭމްގެ މައްސަލަ ބަލައި ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ މީނައާމެދު..
މިއީ ތަޢުލީމީ ތަރުބިއްޔަތުގައި އަޚުލާޤުގެ ހެޔޮ މަގަށް އޮތް ތަރުބިއްޔަތާ ދުރަށް ލައި ނުބައި އަމަލާއި ގޯސް ކަންކަމަށް އޮތް ބިރު އެނގިގެންދާނޭ ތަރުބިއްޔަތާވެސް ދުރަށް ލައި އުފަލާ މަޖަލުގެ ތަޢުލީމެއް ލިބި އެ މަގަށް އިމްތިޙާން ހަދައި އޭ ސްޓާރތަކުން ތަރުބިއަޔަތުކުރީމާ ވާގޮތް. މިއަށްވެުރެ ހެޔޮވާނޭ ލިޔަނ ްކިޔަން ދަސްކޮށްދީފައި ދިރިއުޅެން ދަސްކޮށްދިނުމަސް މަސައްކަތްކުރުން
ކަލޭގެ ކޮންތާކު އޮތް މެނޭޖަރެއް އަދިވެސް ހަ މަ ލަދެއްނުގަނެ ސަރު މީލާއައް ވެގެން ދުވެނަގަނީ ދޮގުހަދަހަދާފަ ފަހަރަކު މީހެއްގެ ބޮލައް ކަނޑަ މުން ދެން އަ މައްޔާތް ފިޓް ސަރު މީލާ އުޅޭ ފާޑެއް ރަނޑާލިން ކުރާ ކަންތައް ތިޔަކުރަނީ
ކަންފަތުލާ މުންޖޭ ކިޔާބަލަ..!
ތިމަންނަ އަކީ ފިޓް މީހެކޯ.. ކަލޭ ކިހިނެއް ފިޓީ، މަކަރާ ހީލަތާ އޮޅުވާލުުމުން ތަ.. ނޫނީ ކަލޭގެ ކޮންތަނެއްތަ ފިޓީ.. ތިގޮތައް ފިޓް ވީމަ ދެން ތިބޭ މީހުންވެސް ވާނީ ބޭޒާރު.. ކަލެޔާ ހެދީ ޕާރސަނަލް ޓޮރެއިނަރުންނަށް ވެސް ހުތުރެއްނު..
މެނޭޖަރުންނާ އެޑުވައިޒަރުންލައިގެން އުޅޭއިރުވެސް ކުރެވޭނަުކުރެވޭ ކަމެއްނޭންގޭމީހުން މިއުޅެނީ ގައުމު ސިއްސުވާލަން. ޢަމިއްލަ މީހާ ގައިގަ ފެންވަރުނެތީމަ ވާގޮއެއްތީ.
ކައިގެ ގިވް އަވޭ އެއްގަ އޮޅުވައެއް ނުލާނެ! ♥️
ތިއެއްވެސް ނޭނގެ ގުޅައިގެން ބަލަން ޖެހޭނީ
Unfit faazil
ނުފޯރާ ފޮތިން ފޫގަޅަން ނޫޅެބަލަ...
މަކަރާއި ހީލަތާއި އޮޅުވާލުމުގެ ދައުވާ މީނައަށްކުރަންޖެހޭ
'ދޮގުހަދާކަން ކަށަވަރީ ﷲ ގެ އާޔަތްތަކަށް އީމާން ނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ދޮގުވެރިންނެވެ.' [ސޫރަތް ނަހްލް:105]
ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅެއްގައި މުނާފިޤާގެ3 ޢަލާމާތުގެ ތެރެއިން ފުރަތަމަ ކަމަކަށް ހަދީޘްކުރައްވާފައި ވަނީ ވާހަަކައެއް ދައްކައިފިނަމަ ދޮގު ހެދުމެވެ.
އަނެއްކާ އަނެއް ދޮގު.. ކީކޭ ބުނާނީދޯ.. އެއްޗެކޭ ދެން ނުބުނެ ހުރިނަމަ ވެސް އެއްމެ ރަނގަޅުވީހެއްނު
ތީ ފިޓް ފާޒިލް އެތް ނޫން މީގެފަހުން ތީ ގިވްއަވޭ ފާޒިލް ?
ދެންވެސް ތި މަންސޮރު ޤަބޫލުކުރަންވީ މުސްކުޅިން އެ ބުނާ ' މެކުނު ފު މުނަކަސް ގާހަކަޔަކަށް ނުފު މެވޭނެ' ކަ މެވެ.
ޤައުމުގެ ރޯލް މޮޑެލްސްގެ ގޮތުގައި ނުކިޔަވާތިބޭ އަދި އެއްވެސް ހަރުދަނާ މަސައްކަތެއްނުކުރާ އެކަމު މޮޑެލް ވެގެން އުޅޭ މީހުން މައްޝޫރުކުރީމަ ވާނީ މިހެން! މިޤައުމު މިހިސާބައްގެނެސްދިން ބަޠަލުންނަކީ ތިޔަހެން ފިޓު ކިޓު މިޓު ވެގެން ތުއިވެގެން އުޅުނު މީހުންނެއްނޫން! މީޑިޔާވެސް ޢަންމުންވެސް މިވަރު ދަންނަންވެއްޖެ! ތަނަކުން މީހަކު ހޫރިލާއިރަށް އެވަރެއް ނެތިގެން އުޅެންވީމާ ވާނީ އެހެން!
ދެންތިފިޓުކަން ހިންދާލާފަ ބޮޑު ބޮޑު ބަނޑެއް ފަޅުވާލާ އޭރައް މާފުކުރާނަން.
ރާއްޖޭގައި ހުރި އެއްމެ ކާމިޔާބު މީހާ ހެދިގެން އުޅެވެއްޖި އެއްނު ދެން ގިޓާކުޅުނަސް އަންހެން ކުދިން ކާމިޔާބެއްނުވާނެ..އަދިވެސް ނުފޯރާފޮތިން ފޫގަޅާތި..ތިވަރު މީހަކު ނެތިގެން..
މާފަށް އެދުމުގަވެސް އިތުރު ދޮގުތަކެށް ދޮގެއް ފޮރުވަން އިތުރު ހާސްދޮގު ވިސްނާނުލާ ވަގުތީ އުފާލިބިގަތުމައް ކަންތައްކުުރުމުން ވާނެގޮތައް ތިޔަވަނީ ދެންވެސް ސިޔާސީ މީހުން އެދޭކަހަލަ މާފައް ނޭދި ތެދުވެރިކައެކު މާފަށް އެދުނު ނަމަ
މިކަހަލަ މޮޔަމީހަކު ފޮލޯކުރާމީހުން މަށައްމާ މޮޔަ.