ބޯ ތަލަވުމަކީ ލިބޭ ވަރަށް ބޮޑު ހިތާމައެކެވެ. ބޮލުން އިސްތަށި ފަޅާނެ ފަންޑިތައެއް ހޯދަން އެތައް މިލިއަން ބަޔަކު ރެއާއި ދުވާލު މަސައްކަތް ކުރަނީ އެހެން ވެގެންނެވެ. ސައިންސްވެރިން ވެސް ދަނީ ބޯ ތަލަވުމަށް ހައްލެއް ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
އެމަސައްކަތުގެ ދަށުން ސައިންސްވެރިން މިވަނީ މީގެ ކުރިން ނުހޯދޭ ވަރުގެ ބޮޑު ކާމިޔާބެއް ހޯދާފައެވެ. އެއީ ބޮލުން އިސްތަށި ފައިބާ އެއްކޮށް ތަލަވެފައިވާ މީހުންގެ ބޮލުން އެންމެ ގިނަވެގެން ހަ ދުވަސް ތެރޭގައި އަލުން އިސްތަށި ފަޅާނެ ބޭހެއް އުފެއްދުމެވެ.
ޔުނިވަސިޓީ އޮފް މެންޖެސްޓާގެ ސައިންސްވެރިން ބުނާ ގޮތުގައި ބޭސް މިހާރު ވަނީ އުފެދިއްފައެވެ. މިއީ ހަަ ދުވަސްތެރޭގައި ބޮލުން އިސްތަށި ފަޅާނެ ކަމުގެ "މުޖައްރިބު ފަންޑިތައެއް" ކަމުގެ ޔަގީންކަން ސައިންސްވެރިން ދެއެވެ.
"ވޭ" ގެ ނަން ދީފައިވާ ބޭހުގެ ދެވައްތަރެއް ސައިންސްވެރިން ވަނީ އުފައްދާފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި ތަލަ ވެފައިވާ ބޮލެއްގައި މިބޭސް އުނގުޅުމުން އެންމެ ހަދުވަސް ތެރޭގައި 1.5 އެމްއެމް އާއި 2 އެމްއެމް އާއި ދެމެދުގެ މިންވަރަކަށް އިސްތަށި ދިގުވާނެއެވެ.
މިބޭސް އުފައްދާ ބޭސް ޖަނަވާރުގައި ޓެސްޓް ކޮށްފައި ވާއިރު މިހާރު ކުރިއަށް ދަނީ އިންސާނުންގެ ހަށިގަނޑުގައި ބޭސް ބޭނުން ކުރުމުން އެއްވެސް ސައިޑް އިފެކްޓެއް ކުރިމަތިވޭތޯ ޓެސްޓް ކުރުމެވެ. ބޭސް ތައްޔާރުކުރި ސައިންސްވެރިން ބުނާ ގޮތުގައި މިޓެސްޓްތައް ނިމި މިއަހަރު ތެރޭގައި މިބޭސް ބާޒާރަށް ނެރެވޭނެއެވެ.
މިއީ ބޯތަލަވެފައިވާ މީހުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރަކަށް ވާނެ ކަމަށް ބޭސް ތައްޔާރުކުރާ ސައިންސްވެރިން ބުނެއެވެ.
ތަލަބޮލަ ކާ އިދެގެން 30 އަހަރު ހޭދަ ކުރެވިއްޖެ
ދެން އެކަލޭގެ ބޮލުގައި އިސްތަށި ފަޅާފިއްޔާ ޅަބިޓް ހޯދަން ދުވާނެ
މިކަލަ ވާހަކަ ނުލިޔެބަލަ
އުފާވެރި ހަބަރެއް?
އުފާވެރި ހަބަރެއ
ތީ ދެން މަގޭ ފިރިސޮރު ގެއްލުނީތާ.
ކޮމެންޓް ތަކުން ފާހަގަވި ގޮތުގަ އަންހެން ކުދިން ބޯތަލަމީހުން އިހްތިޔާރު ކުރަނީ އެހެން އަންހެނުން ކައިރިޔަށް ބޯތަލަ ފިރިހެނުން ނުދާނެކަމަށް ހީކޮށެވެ!