އިސްމާއިލް ފާޒިލް (ފިޓް ފާޒިލް)ގެ ގިވްއަވޭއަށް ވީ ގޮތް މިހާރު އެންމެންނަށް މި ވަނީ އެނގިފައެވެ. ޝަރުމީލާއަކީ ވުޖޫދުގައި ނެތް މީހެއްކަންވެސް މިހާރު އެނގިއްޖެއެވެ. އަދި އޭނާ މި ވަނީ އޮޅުވާލައިގެން ގިވްއަވޭ އިން ދިން ކަމަށް އެއްބަސްވެފައެވެ. އަދި އެ ހުރިހާ ކަމެއް އޭނާ ލައްވާ ކުރުވީ އޭނާގެ މެނޭޖަރު މަޝްހޫރު ފޮޓޯގްރާފަރ އަލީ މުހައްމަދު (އެލީޒް) ކަމަށް އޭނާ މި ވަނީ ބުނެފައެވެ.

ފާޒިލް "ދޯ"މެގަޒިންއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، މިއޮޅުވާލުން "ރާވައި، ހިންގައި، ހުރިހާ ކަމެއް ކުރީ" އެލީޒް ކަމަށެވެ.

ފާޒިލް ބުނީ ގިވްއަވޭގެ ގޮތުގައި ދޭން އުޅުނު އެއްޗެއްސަކީ ވެސް ބޭނުން ކޮށްފައި ހުރި އެއްޗެހި ކަމަށާއި، ޝަރުމީލާ އަކީ ވެސް ވުޖޫދުގައި ހުރި މީހެއް ނޫން ކަމަށެވެ.

"ޝަރުމީލާ އަކީ އުޅޭ މީހެއް ނޫންކަން މިހާރު ހަމަ 100 ޕަސެންޓް ގެރެންޓީ މިދެނީ އަހަރެން. ގިވްއަވޭ އެއްޗިއްސަށް ވީގޮތެއް ވެސް ނޭނގޭ އަހަންނަކަށް މިހާރު. އެއީ އާ އެއްޗެހިތަކެއް ވެސް ނޫން. ހުސް ޔޫސްޑް އެއްޗެހި." ފާޒިލް ބުންޏެވެ.

ގިވްއަވޭ ޕޯސްޓްގައި ފެންނަ އެއްޗެސަކީ އެލީޒްގެ ތަކެތި ކަމަށް ފާޒިލް ބުނެފައި ވެެއެވެ.

ފާޒިލް ބުނީ ގިވްއަވޭ ކުރިއަށް ގެންދަން އުޅުނީ މަޖަލަކަށް ކަމަށެވެ. ނަމަވެސް ފަހުން ގިނަ ބަޔަކު ބައިވެރިވުމުން އަލަށް ވެސް ގިވްއަވޭ ދޭން ނިންމި ކަމަށެވެ.

ފާޒިލްގެ މި ވާހަކަތަކަށް މިހާރު އެލީޒް މި ވަނީ ރައްދު ދީފައެވެ. "ވަގުތު"އިން ގުޅާލުމުން އެލީޒް ފޯނު ނުނަގާތީ އެލީޒްގެ ބަހެއް ވަގުތުއަށް ލިބޭގޮތް ވަނީ ނުވެފައެވެ.

އެލީޒް ދޯ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި، ބުނީ، އޭނާ އަކީ ފާޒިލްގެ މެނޭޖަރެއް ނޫން ކަމަށެވެ. އަދި އޭނާއަކީ ހިލޭ ފާޒިލް އަށް ފޮޓޯ ނަގައިދޭ މީހެއް ކަމަށް އެލީޒް ބުންޏެވެ.

"އޭނަ އަށް ވެސް އެނގޭނެ ދޯ މަ މީ އޭނަގެ މެނޭޖާއެއް ނޫންކަން. މަމީ ފޮޓޯނަގައިދޭ މީހެއް. އަދި އެވެސް ލާރިއަކަށް ނޫން. ހިލޭ އޭނަ އަށް ފޮޓޯނަގައިދޭ މީހެއް މަމީ". އެލީޒް ދޯ މެގަޒިންއަށް ބުންޏެވެ.

އަދި އެ ގިވްއަވޭއަކީ ފާޒިލްގެ އަމިއްލަ ހިޔާލު ކަމަށް އެލީޒް ބުނެފައި ވެއެވެ. އަދި އެލީޒްގެ ވާހަކައިން އޭނާއަކީ ފާޒިލްގެ ގިވްއަވޭގެ ކަންތަކާއި މާބޮޑަށް ގަޔާވި މީހެއް ނޫނެވެ.

އަދި އިންސްޓަގްރާމް މެދުވެރިކޮށް ފާޒިލް ޖެއްސި ގިވްއަވޭ އަކީ ވެސް ހުސް ފާޒިލްގެ ހިޔާލު ކަމަށާއި ފަހުން އޭގައި ވީގޮތެއް އޭނާ އަށް ވެސް ނޭނގޭ ކަމަށް އެލީޒް ބުންޏެވެ.

"މަށެއް ނުކުރަން ތީގަ އެއްކަމެއް ވެސް. އެކަމަކު ފޮޓޯއެއް ނަގައިދޭށޭ ބުނީމަ ފޮޓޯ ނަގާ ދޭނެތާ. އެންމެ ފުރަތަމަ މަ ބުނިން ތިއީ ކަމަކުދާ ކަމެއް ނޫނޭ ވެސް ގިވްއަވޭ އަކީ. ތިއީ ދެން ކީއްކުރަން ކުރާ ކަމެއް ހެއްޔޭ. އެކަހަލަ ގޮތަކަށް މަ ވާހަކަ ދެއްކީ ވެސް،" ފޯނުން ވާހަކަ ދައްކަމުން އެލީޒް ބުނެފައި ވެއެވެ.

އެލީޒް ބުނީ، އޭނާއަށްވެސް އެކަމުގައި ވާނުވާ ނޭނގޭތީ އޭނާ ފާޒިލްއަށް ގުޅާ މެސެޖްވެސް ކުރި ކަމަށެވެ. އެހެން ނަމަވެސް އެ މެސެޖްތަކަށް ފާޒިލް ޖަވާބު ނުދޭ ކަމަށް އެލީޒް ބުނެފައި ވެއެވެ.

"މިހާރު ސަލާމަތްނުވީމަ މަގޭ ބޮލަށް ކަނޑާލީ ދޯ؟ މަ ވަރަށް ގުޅައިފިން އޭނަ އަށް. ސްކްރީންޝޮޓް ވެސް ހުންނާނެ. މެސެޖު ވެސް ކޮށްކޮށް. މަ ބުނެފިން ހަމަޖެހިގެން ހުންނާށޭ ދެން. ބީ ސްޓްރޯންގްއޭ، އެކަހަލަ މެސެޖުތައް މަ މި ފޮނުވަނީ ވެސް. އެލީޒް ދޯ މެގަޒިންއަށް ބުންޏެވެ.

އެލީޒްގެ ވާހަކަތަކުންވެސް އެލީޒްއަށްވެސް ގޯސްވެފައި ވަނީ ފާޒިލް އެވެ. އެލީޒްގެ ވާހަކަތަކުން އޭނާ ހަމައެކަނި ކުރިކަމަކީ ފޮޓޯ ނެގުމެވެ. އިތުރު އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް އެއާއި ހިލާފަށް ފާޒިލް ބުނާގޮތުގައި، ގިވްއަވޭ އިން ނަސީބުވެރިއެއްގެ ގޮތުގައި ޝަރުމީލާ ހޮވީ ވެސް އެލީޒް އެވެ.

""ދެން އަހަރެން އޮންލައިންކޮށް ސްޓޯރީޒްތައް ހިންގަން އިންދައި މީނަ ގުރުއަތުގެ ހުރިހާ ކަމެއް ނިންމައިފި ވަރަށް ފާސްޓްކޮށް. ނިންމާފަ ބުނެފި ހޮވިއްޖެއޭ. މިހިރީއޭ އެ ކުއްޖާ. ފޮލޯކޮށްލަ ބަލާށޭ. ކޮންމެވެސް އައިޝް ޝަރޫއެކޯ. ދެން މަ އަވަހަށް ފޮލޯ ވެސް ކޮށްލައިފިން" ފާޒިލް ބުނެފައި ވެއެވެ.

ފާޒިލް ބުނާ ގޮތުގައި ގިވްއަވޭގެ ހަދިޔާތައް ޝަރުމީލާ އާއި ހަވާލު ކޮށްދިނުމުގެ ޒިންމާ އާއި ވެސް ހަވާލުވީ އެލީޒް ކަމަށެވެ.

ޝަރުމީލާ ނުފެނިގެން މައްސަލަ ގޯސްވެ، ފާޑުކިޔުން އަމާޒުވި ހިސާބުން ދެން މައްސަލައަށް "ހައްލެއް" ގެންނާނެ ގޮތް ވެސް ކިޔައިދިނީ އެލީޒް ކަމަށް ފާޒިލް ބުނެއެވެ. "ދެން ބޯގޮވާފައި މިހެން އިންދައި އޭނަ އައިސް މި ބުނަނީ ތިމަންނަ ވާހަކަ ދައްކައިފީމޯ (ޝަރުމީލާގެ) ފިރިމީހާއާ، އެ އެއްޗެހިތައް އެ ގެއިން އަނބުރާ ގެންނަން. ގެނެސްފަ ހިނގާށޯ ކޮންމެވެސް އެހެން ގޮތަކަށް، އެހެން މީހަކު ލައްވާ ފޮޓޯއެއް ނަގުވާފަ މީތި ނިންމާލަން." ފާޒިލް ބުންޏެވެ.

މޫނުބުރުގާ އަޅައިގެން އިން މީހަކީ ޝަރުމީލާ ކަމަށް ބުނެ ވީޑިއޯ އާއްމުކުރި ކުރުން ދިފާއުކޮށް ފާޒިލް ބުނީ ">މޫނުބުރުގާ އަޅައިގެން ހުރި ކުއްޖަކާ ގިވްއަވޭ ގިފްޓް ޕެކް ހަވާލުކުރާތަން ފޮޓޯ ނަގާފައި އެ ވަނީ، ފާޒިލަށް އެނގިގެން ފާޒިލްގެ ރުހުމުގައި ކަމަށެވެ. "އެކަމަކު އެގޮތަށް އެކަމެއް ކުރެވުނުއިރަކު ވެސް އަހަންނަކަށް ނޭނގެއޭ ޝަރުމީލާއެއް ވުޖޫގައި ނެތްކަން;">އަހަރެން ގަބޫލުކޮށްގެން ހުރީ އެ ޝަރުމީލާ އަތުން އެއްޗެހިތައް ހޯދައިގެން އައީއޭ ފޮޓޯއެއް ނަގައި މިކަންތައް އަވަހަށް ހިންދާލަން ވެގެން" ފާޒިލް ކިޔައިދިނެވެ.

އޭނާ ބުނަނީ މިއީ ރައްޓެއްސެގެ ގޮތުގައި ދެކެ، މެނޭޖަރެއްގެ ގޮތުގައި އިތުބާރުކުރެވުނު މީހަކު އޭނާ އަށް ދިން ބޮޑު ކެއްސެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖިނާ

    މިއީ ރާއްޖޭގެ މަޝްހޫރު މީހުންގެ ހާލަތު. ދެން ކީކޭ ބުނާނީ

    39
    1
    • ޒަކް

      ތި ވެސް ރޭވުމެއް އެ ދެމީހުން އެއްބަސްކިޔާފަ އަނެއް ގޭގަނޑު އަނބުރަން އުޅުނީ

      11
      1
    • ހާލުފޮޅި

      މަޝްހޫރު މީހަކު އެބައުޅޭތަ މިތާ؟؟ ހުސް ހިތުން މަޝްހޫރު

      11
  2. ??

    ދެ މީހުން ގަޔަށް ގުއި ރެވިފަ ތިތިބީ..ބޯ ހަލާކު ހުވާ..ދެ ޖޯކަރުންނަށް ވެފަ ތި ތިބީ..ތިޔައިން އެކަކުވެސް ނަހަދާނެ ތެދެއް

    52
  3. ބޯގޯސް

    ކިހާބޮޑު ކަ މެއް މިއޮތީވެސް ދެން މި ފިޓް ސަރު މީލާ މީ ހާދަ ގޮތެއް ފޮތެއްވެސް ނެތް ސޮރެކޭދޯ ފަލީހަތްވެފަ ހުރިލެއް ކުޑަކަ މުން އިތުރައް އަދި ތިޔަ ފަލީހަތްވީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ެެެެެެެެެެެެެެެެެ އަނގަ މަޑުން ލައިގެން ފިލާޢޮތްތާކު ފިލާއޮތްނަ މަވެސް ތަންކޮޅެއް ތާހިރުވިސް ތޯއްޗެ ދެން މިތަން ދޫކޮއް ެ ލަންކާއައް ނަ މަވެސް ބަޗަންއުޅޭ މީހަކުދެން ފަލީހަތް ވާނީ މިވަރަކައް ބޯހަލާކު

    37
    1
  4. ފިޓްފާޒިލް

    އެއީ އޮޅިގެން ބުނެވުނު އެއްޗެއް

    21
  5. އަރީ

    މަކަރާ ހީލަތްހެދުމުގެ ދައުވާ ދެގޮލާމަށްޗަށް ކުރަންވީ.. ކިހާދެރަކަމެއް ތީދެން.. މާކަ ފިޓްގޮލައެއްވެސް ނޫނޭ އަމިއްލައަކަށް ފިޓް ކިޔައިގެން މިއުޅެނީ.. މަކަރު ފާޒިލް ނަމަކަށް ކިޔަންވީ

    44
    1
  6. އަހުމަދު

    ފިޓް ޖެހޭ ސޮރެއްކަމަށް އަހުރެން މިހީކުރަނީ

    28
    1
    • Anonymous

      ????

      4
      1
    • Unknown

      ????

  7. ސަމްސިއްޔާ

    މިހާރު ތިތިބީ ރާކަނިމަސް ކެވިފައި.

    17
  8. ޙހހހ

    މީ އެއްގޮތަކަށްވެސް ފުލުހުން ނުބަލާ ދޫކުރަންވީ ކަމެއްނޫން ، މަކަރާއި ހީލަތުގެ ދައުވާ މިކަންކުރި މީހުންގެ މައްޗަށް އުފުލަންވީ ، މީ އޮޅުވާލުމެއް

    20
  9. މިޒޫ

    ސޭޑް...

  10. މަދިހާ

    މީ ކޮންބައެއް؟ މީ ކީއްކުރާބައެއް؟ މާވަރަކަން މި މީހުންގެ ވާހަކަ މި ލިޔަނީ ބަލާބެލުމަށް ހީވަނީ މީ ދެއުޅިއެއްނުވާ ބައެއްހެއް