ޓެކްސީގެ ޚިދުމަތް ދުނިޔޭގެ އެކި ހިސާބުތަކުގައި ފޯރުކޮށްދެމުން އަންނަ އޫބާއިން އުދުއްސުމުގެ ޤާބިލްކަން ލިބިފައިވަ ގޮތަށް ތަފާތު ޓެސްކީއެއް ފަރުމާ ކުރަން ނިންމައިފިއެވެ.

ޔޫބާއިން ފަންޑް ކުރާ މިޕުރޮޖެކްޓްއާ ހަވާލުވެފައިވަނީ މިހާތަނަށް އަސްކަރިއްޔާއަށް ބޭނުންވާ މަތިންދާ ގިނަ އުޅަދުތަކެއް ފަރުމާކޮށްފައިވާ ކަރެމް އެއަރކުރާފްޓްއިންނެވެ. އޫބާއިން ފަރުމާ ކުރަން އުޅޭ ޓެކްސީއަކީ ހެލިކޮޕްޓަރ އަދި ފުލައިޓްގެ މިކްސްއެއްކަމަށް އޫބާއިން މައުލޫމާތުދެއެވެ.

އޫބާއިން ބުނި ގޮތުގައި ފަރުމާ ކުރާ ޓެކްސީއަށް ހެލިކޮޕްޓަރ ގޮތަށް ހުރިތާހުރެ ޓޭކްއޮފް ކުރުމާއި ލޭންޑް ކުރުމުގެ ޤާބިލިއްޔަތުކުން ހުންނާނެ ކަމަށާއި މީގެ އިތުރުން ފުލައިޓްގޮތަށް ފުރޮޅުގެ ބޭނުންކޮށްގެން ދުއްވުމުގެ ޤާބިލްކަން މި ޓެކްސީއަށް ލިބިގެންދާނެކަމަށެވެ.

އޫބާއިން އިސްވެގެން މިފަރުމާ ކުރާ މިޓެކްސީއަށް ނަމެއް އަދި ދީފައިިނުވާާއިރު، މިޓެކްސީ އުފެއްދުމުގެ މަސައްކަތް ކަރެމް އެއަރކުރާފްޓްސްއިން ކުރަމުން އަންނަތާ އަހަރެއް ވެދާނެއެވެ.

އޫބާއިން ބުނެފައިވަނީ 2020 ވަނަ އަހަރު ނިމެންވާއިރަށް މިޓެކްސީގެ މޮޑެލްއެއް މާރކެޓްގައި ދައްކާލެވޭނެ ކަމަށާއި އަދި 2023 ވަނަ އަހަރު މިޓެކްސީ މާރކެޓްއަށް ނެރުމުގެ މަސައްކަތް ވަރަށް ހަލުވި ސުޕީޑެއްގައި ކުރިޔަށް ދާކަމަށެވެ.

އޫބާގެ ޕުލޭންއާ އެއްގޮތަށް މިޓެކްސީ ފަރުމާކުރެވިއްޖެނަމަ މިކަން ވެގެން ދާނީ ދަތުރު ފަތުރު ކުރުމުގެ ނިޒާމަށް އަންނާނެ ބޮޑު އިންޤިލާބަކަށެވެ.