އާއްމު ހުރިހާ މޭވާއާއި ތަރުކާރީ ވިއްކާ ފިހާރަތަކުން އަލަނާސި ލިބެން ހުރިނަމަވެސް އަލަނާސި ކާ ދިވެހިންގެ އަދަދު ނިސްބަތުން ވަރަށްވެސް މަދެވެ. ފަހަރެއްގައި އަލަނާސިން ލިބޭ ފައިދާތަށް ނޭނގެނީ ކަމުގައި ވެދާނެއެވެ.

އަލަނާސިއަކީ ތަފާތު އެކި ވިޓަމިންސްއާއި މިނަރަލް އަދި ގިނަ އެންޒައިމްތަކަކުން މުއްސަދި ވެފައިވާ އެއްޗެކެވެ. މިގޮތުން އަލަނާސިން ލިބޭ ބައެއް ފައިދާތަށް ތިރީގައި އެވަނީއެވެ.

ބައެއް ބަލި، ރަގަޅުކުރުމުގައި އެހީތެރިވުން

އަލަނާސީގައި ހުންނަ ވިޓަމިންސް އަދި މިނަރަސްލްގެ ސަބަބުން ވަރަށް ގިނަ ބަލިތަކުން ސަލާމަތްކޮށްދެއެވެ. މިސާލަކަށް، ހަޖަމުކުރުމުގައި ދިމާވާ މައްސަލަތައް، ހުޅުގެ ބަލިތައް، ރާއްޖެ ބަލި ފަދަ އެތައް ބައްޔަކުން ސަލާމަތްވުމަށް އެހީތެވިވެދެއެވެ.

އަނގަޔާއި ކަރުތެރޭގައި ދަވަ އުފެދުމުން ސަލާމަތްކޮށްދިނުން

އަލަނާސީގައި ބްރޯމެލައިން ކިޔާ މާއްދާއެއް ހިމެނެއެވެ. މިމާއްދާއަކީ ކަރުތެރޭގައި ހަރުލާފައި ހުންނަ ތަތް އޮލަދަވަތައް، ދިޔާކޮށް ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ބަނޑުހިކުން ނުވަތަ ބަނޑުހަރުވުމުން ސަލާމަތްކޮށްދިނުން

އަލަނާސީގައި ފައިބަރު ގިނައިން އެކުލެވޭތީ ބަނޑުހިކުން ފަަދަ މައްސަލަތަކަށް އަލަނާސި ބޭނުންކުރުމުން ލުއިކަން ލިބިދެއެވެ. މީގެ އިތުރުން ގޮހޮރުގެ ތެރޭގައި ހުންނަ ފަނި ބޭރަށް ނެރުމަށް ތާޒާ އަލަނާސި ޖޫސް ބޭނުންކުރެވެއެވެ.

މޭނުބައިކުރުމުން ދުރުކޮށްދިނުން

ދަތުރު މަތީގައި މޭނުބައި ކުރާނަމަ އަލަނާސި ރޮލާ ނުވަތަ އަލަނާސި ޖޫސް ބޮވިދާނެއެވެ. އަދި މާބަނޑުވުމުން ދިމާވާ މޭނުބައި ކުރުމުންވެސް އަލަނާސި ބޭނުން ކުރުމުން ސަލާމަތް ވެވިދާނެއެވެ.