މަންމައަަކަށް ވުމަށް އިންތިޒާރު ކުރަމުންދިޔަ އަންހެނަކު، ކޮޓަރީގައި އޮވެ ބަނޑުގައި އޮތް ދަރިފުޅު ތެޅޭ މަންޒަރު ވީޑިއޯކުރަމުންދިނިކޮށް ފެނުނު ކަޅި ހިޔަންޏަކުން ބިރުން ހަލާކުވެއްޖެއެވެ.

ރެޑިޓްގައި އެ އަންހެން މީހާގެ ކޮއްކޮއަކު އެ ވީޑިއޯ ހިއްސާކުރުމުން ގިނަ ބަޔަކު ވަނީ އެއީ ކޮން އެއްޗެއް ހޯދުމުގެ މަސައްްކަތް ފަށާފައެވެ.

"މިކަން ދިމާވީ އެ ވީޑިއޯ ނިމޭ ތަނުގައި، އަހަރެންގެ މާބަނޑު ދައްތަ ބަނޑުގައި އޮތް ދަރިފުޅު ތެޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސެނެޕްޗެޓުުން ނެގިއިރު، ފުރަތަމަ އޭނާ ހީކުރީ އެއީ އޭނާ ގެންގުޅޭ ކިޓީ ކަމަށް. އިނގިރޭސިވިލާތަށް ނިސްބަތްވާ މީހެއް ކަމަށް ބެލެވޭ އެ މީހާ ރެޑިޓްގައި ލިޔެފައި ވެއެވެ.

އެ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވަނީ އޭނާގެ ހިތް ފަޅައިގެން ދަނީ ކަމަށެވެ.

އަދި އެ މީހާ ގޭގައި އުޅޭތާ މިހާރު ހަފްތާއެއްހާ ދުވަސް ވެދާނެ ކަމަށާއި، އެގޭގައި ބުޅަލަކާއި ކުއްތާއެއްވެސް އޮންނަ ކަމަށް ވެއެވެ. އަދި އެ އެ އަންހެން މީހާ ފުރަތަމަ ހީކުރީ އެއީ އެ ދޭތީގެ ތެރެއިން އެއްޗެއް ކަމަށެވެ. ނަމަވެސް އޭނާގެ ބުޅަލާއި ކުއްތާއަކީ ހުދު ކުލައިގެ ދެ އެއްެޗެވެ.

އެ ވީޑިއޯ ހިއްސާ ކުރުމުން މީހަކު ވަނީ އެއީ އެ މީހާގެ ގޭގައި އުޅޭ އެހެން ކުއްޖެއް ކަމަށްވެސް ވެދާނެ ކަމަށް ބުނެފައެވެ.

"ނޫން އޭނާގެ އިތުރު ކުދިންނެއް ނުތިބޭނެ އުޅުނީ އެކަނި. އޭނާގެ ބުޅަލާއި، ކުއްތާގެ ގައިގައި ހުންނަނީ ހުދު ކުލަ، އެހެންކަމުން އެއީ އޭގެން އެއްޗެއް ނަމަ ހަމަ ރަނގަޅަށް އިނގޭނެ،އޭނާއަށްވެސް ކުރިން ނޭނގެ ޝެޑޯއެއް ފެންނަ ކަމެއް، އޭނާއަށް އެނގުނީ ޝެޑޯ އަނެއްކާވެސް ބެލުމުން".

އަދި މާބަނޑު އަންހެން މީހާގެ ކޮއްކޮ ވަނީ މީގެ ކުރިން އެގޭގައި އޭނާ ހުރިއިރު އެފަދަ އެއްވެސް ކަމެއް ކުރިމަތިވެފައިނުވާކަން ހާމަކޮށްފައެވެ. އަދި އެ އަންހެންމިހާއަކީ ބަނޑަށް އަށްމަސްވެފައިވާ މީހެއް ކަމަށްވެސް ވެއެވެ.

އެންމެންވެސް ވަނީ ދައްތަގެ ހާލު ރަނގަޅު ކަަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ. އަދި އެ ވިޑީއޯ ބަލާފައި ބިރުން ފިއްކަނޑައިގެން ދާ ވަރު ވާކަަމަށް ބުނި މީހުންވެސް މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވެދުން

    ޖިންނީން ވަރަށް ގިނަ.. އަހަރެމެންނައް ވުރެ އެ އެއްޗެހި މަާގިނަ..

    30
    1
  2. އަހުމަދު

    ޖިންނި އަކީ ވާ އެއްޗެއް. އެކަމަކު މި ދުނިޔެ މަތީގައި އަހަރުމެންނަށް އެ ނުފެންނާނެ

    5
    15
  3. އެމަންޖެ

    ތިވާނީ ކެނެރީގޭ ބުއްޅަބެޔައް.

    18
    2