13 ޓަނުގެ ބޮލުގެ އިސްތަށި އެމެރިކާ އަށް އެތެރެ ކުރަން އުޅެނިކޮށް، އެމެރިކާގެ ކަސްޓަމްސް އާއި ބޯޑާ ޕްރޮޓެކްޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ނިއުޔޯކްގެ ބަނދަރުން އަތުލައިގެންފިއެވެ.

އެމެރިކާގެ ބޯޑާ ޕްރޮޓެކްޝަން އިން ބުނާ ގޮތުގައި ރީތިވާ ސާމާނުގެ ނަމުގައި އެތެރެ ކުރަން އުޅުނު ޝިޕްމަންޓަކީ ޗައިނާގެ ޒިންޖިއަންގް އިން އެމެރިކާ އަށް އެތެރެ ކުރަން އުޅުނު ތަކެއްޗެވެ. އެމެރިކާ އިން ބުނާ ގޮތުގައި މިއީ ލާއިންސާނީ އަމަލުތެއް ހިންގައިގެން، އިންސާނީ ޙައްޤުތަކަށް އަރައިގަނެގެން ހޯދާފައި ހުރި އިސްތަށިތަކެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމެރިކާ އިން އަތުލައިގަތް އިސްތަށިތަކުގެ އަގު އަށްލައްކަ އެމެރިކާ ޑޮލަރަށް އަރައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 12.3 މިލިއަން ރުފިޔާއެވެ.

ޗައިނާގެ ޒިންޖިއަންގް އަކީ ވީގޫރް ދަރިކޮޅުގެ މުސްލިމުން ގިނަ ޕްރޮވިންސެކެވެ. ޗައިނާ ސަރުކާރުން ވީގޫރް ދަރިކޮޅުގެ އެތައް ހާސް ބަޔަކު ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވެއެވެ. އެމެރިކާ އިން އަތުލައިގަތް އިސްތަށިތަކަކީ ގައިދީންގެ ބޯދިގު ކުރުވުމަށްފަހު، އެމީހުންގެ ބޯކޮށައިގެން ހޯދާފައިވާ އިސްތަށިކަމަށް އެމެރިކާ އިން ތުހުމަތު ކުރެއެވެ.

އިންސާނީ ޙައްޤުތަކަށް އިހްތިރާމް ކުޑަކޮށް މުވައްޒަފުން ގެންގުޅޭ ކުންފުނިތަކާއި ގައުމުތަކުން އެމެރިކާ އާއި ޔޫރަޕަށް މުދާ އެތެރެ ކުރުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތި ކުރުވައެވެ. މީގެ ކުރިން ވެސް އިންސާނީ ޙައްޤުތަކަށް އިހްތިރާމް ކުޑަކޮށް، ގަދަކަމުން މަސައްކަތް ކުރުވައިގެން އުފައްދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ތަކެތި އެމެރިކާގެ ބޯޑާ ޕްރޮޓެކްޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

ގިނަ އަދަދެއްގެ އިސްތަށި އަތުލައިގަތް މައްސަލައިގައި އަދި މިހާތަނަށް ޗައިނާ އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢިންޑިއާ

    ކޮބާޢިންޑިޔާއިންކުރިކމެއްނަ މަ މިދިވެހިން ހީވާނީ މޮޔަވެގެން އުޅޭހެން ޗައިނާއިންކޮށްފިއްޔާކޮން މެ ކަ މެއްވެސް ދިވެހިނަށް އޯކޭވާނެ.

    2
    1