ރޭޕިސްޓުން ދިފާއު ކުރުމަކީ އެކަން ކުރާ މީހުން ވެސް ރޭޕިސްޓުންނާއި އެއްވަރުވުން ކަމަށް ފިލްމީތަރި މަރިޔަމް އައްޒަ ބުނެފިއެވެ.

އައްޒަ މިހެން ބުނީ ފިލްމީތަރި ޖުމައްޔިލް ނިމާލް އޭނާގެ ދެބެންދެދަރި ކޮއްކޮއެއް މީގެ ހަތަރު އަހަރު ކުރިން ރޭޕް ކުރި މައްސަލައެއް ފެންމަތިވެ، ޖުމައްޔިލް އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ވަކި މީހެއްކަން ނަން ފާހަގަނުކޮށް އައްޒަ އިންސްޓަގްރާމް ސްޓޯރީގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ "ރޭޕް ކުރުމުގެ އަމަލު ހިންގީ އާއިލާގެ މެންބަރެއް ކަމަށް ވީނަމަވެސް ރަހުމަތްތެރިއެއް ކަމަށް ވީނަމަވެސް ނުވަތަ ހަޔާތުގެ ބައިވެރިޔާ ކަމަށް ވީނަމަވެސް އެއްވެސް ތަފާތެއް ނެތް. ރޭޕިސްޓުން ވާނީ ރޭޕިސްޓުންނަށް." ކަމަށެވެ.

ބޭނުން ވަނީ އިންސާފާއި، ހަމަޖެހުމާއި ރައްކާތެރިކަން ކަމަށް ރޭޕިސްޓުން ހައްޔަރު ކުރުމަށް ގޮވާލައި ހޭޝްޓެގާއި އެކު އައްޒަ ބުނެފައި ވެއެވެ.

ޖުމައްޔިލްގެ ޖިންސީ ގޯނާތައް ލިބުނު އޭނާގެ ދެބެންދެދަރި ކޮއްކޮ އިއްޔެ ޓްވިޓާގައި ބުނެފައި ވަނީ ޖުމައްޔިތުލް އޭނާ ރޭޕް ކުރީ 2016 ވަނަ އަހަރު ކަމަށެވެ. އޭރު އަންހެން ކުއްޖާގެ އުމުރުން 17 އަހަރެވެ. ޖުމައްޔިލް އޭނާ ރޭޕް ކުރީ މަންމަ ގޭގައި ނޫޅޭތީ ޖުމައްޔިލް ދިރިއުޅޭ އެޕާޓްމަންޓަށް ގޮސް އިންދައެވެ.

ޖުމައްޔިލް އޭނާގެ ކޮއްކޮއަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވިފައި ވާއިރު އެތައް އަންހެނުންނެއް މިހާރު ގެންދަނީ ޖުމައްޔިލްގެ ފަރާތުން ހުތުރު އެތައް މެސެޖެއް ލިބިފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ވާހަކަ ދައްކަމުންނެވެ. މީގެ ތެރޭގައި ޖުމައްޔިލް އާއި އާއިލީ ގުޅުން އޮންނަ މީހުންގެ ހަޔާތުގެ ބައިވެރިން ވެސް ހިމެނެއެވެ.

ޖުމައްޔިލަށް އަންހެނަކު ޖިންސީ ގޯނާގެ ތުހުމަތުތައް ކުރުމުން މިދިޔަ ހަފްތާގައި ޖުމައްޔިލްގެ ބައްޕަ ޑައިރެކްޓަރ އަހްމަދު ނިމާލް ވަނީ ޓްވިޓާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ޖުމައްޔިލް ދިފާއު ކޮށްފައެވެ. ނަމަވެސް އިއްޔެ ޖުމައްޔިލްގެ ކޮއްކޮ ދެއްކި ވާހަކަތަކާއި ގުޅިގެން ނިމާލް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޖޫ ގެ ބައްޕަ

    މަގޭ ސަން އާ ނުބެހޭ. ޔޫގެ ފިރި އެއީ ނައިޓް އަވުލް އެއް. މަތި ގަނޑެއް ލިބުނަސް ވާނުވާ ނޭނގި މީހުން ނިދިޔަ ނުދޭ.

    37
    4
  2. ޒުހު

    މޮޅު ވާހަކައެއް ބުނެވިއްޖެ ދޯ ހެހެހެ. ބޮޑު ޚަބަރަށް އަރަންވެގެން. ވަރަށް ރަނގަޅުކަމެއް ތި ކުރަނީ. ކުރު ހެދުން ލައިގެންނާއި އެހެން މީހުން އެހެން އުޅުމަށް މަގުފަހި މި ކޮށްދެނީ. ވަރަށް ވާހަކަ. ޔާ ﷲ މި ހުރިހާ ނުބައިކަމަކުން ދިވެހި ޤައުމު ސަލާމަތްކުރައްވާށި. އާމީން.

    103
    19
    • ޑޮކު

      މީހަކު ލާ ހެދުމަކުން ރޭޕް ކުރަން ޖެހޭތަ. އަސްލު ވާގޮތަކީ ދިވެހި ފިރިހެނުން ހިސާބަށްވުރެ ވަހުޝީކަން ބޮޑީ.

      20
      9
  3. ހަސަން

    . އަންހެންކުއްޖާ ޓްވީޓްބުނާގޮތުން ރޭގަޑު ވަރަށް ލަސްވިފަހުން ގެއަށް އައިއިރު މަންމަނެތީމާ ޖުމައިލްގެ އެޕާރޓްމެންޓަށްދިޔައީ. އުމުރުން 17 އަހަރުކުއްޖަކު ލަސްވަންދެކަށް ބޭރުގައިއުޅުނީކީއްކުރަން. ޖުމައިލްގެ އެޕާރޓްމެންޓް އަށްގޮސް ސިޓިންރީންމުގައި މަޑުނުކޮށް ކޮޓަރިއަށްވަނީކީއްކުރަން. ޖުމައިލް ބަލަންއިނީ ކޮންކަހަލަ ފިލްމެއް. ޖުމެއިލް ބެހެން އުޅުނީމާ ހަޅޭނުލެވީކީއްވެ. އުމުރުން 18އަހަރުން ދަށް އެއީ ކުޑަކުދިންކަން ގާނޫނުގައި އޮތަސް ތީ ގްރޭޑް 10ނިންމާފައި ހުރި ބޮޑު ކުއްޖެއް.

    92
    37
    • ޙހަ

      ހަސަނަށް ހަމަ ސާބަސް. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭމިރޭ ނިކުމެލަންވީނު 11 ގެ ފަހުން ބޭރުގަ އުޅޭ ހުރިހާ ކުދިން ރޭޕް ކޮަށްލަން

      60
      14
    • ހ

      އެހެންވިޔަސް ނުޖެހޭރޭޕް ކުރާކަށް

      39
      2
  4. ސަހަނު

    އެހެން ގޮތަކަށް ބުނަންޔާ އެއަންހެން ކުއްޖާ ޖުމައިލް ކާރީ ތިމަންނަ އައީ ބެހިލަ ދޭށޭ ބުނުންފަދަ. ހިލޭ ފިރިހެނެއްގެ ކޮޓަރިއަށްވަދެ އޭނަ އެނދަށް އަރާ އޮތުމުން ތިހެންވުންވަރަށް ގާތް.

    53
    54
  5. Anonymous

    އަހަރެންގެ ހިތެއްނުބުނޭ އޭނަ ކޮށްކޮއެއް ރޭޕް ކޮށްފާނެ ކަމަކަށް ދެން އޭނަ އެހެން އިންދާ އެކޮޓަރިއަށް ވަދެ ކޮށްކޮއެއްވިއަސް ބާއްވަން ޖެހޭ ދުރުމިން ނުބާއްވާ އޭނައަށް ކުއްހީއެއްކުރެވި އެކަހަލަ ކަމެއް ކުރުމަށް ދައުވަތު ދެވޭހާލަތެއް އަތުވެދާނެ.ދެން ދެމީހަކު ނަހަމަ ގުޅުމެއް ހިންގާފާ އޭގެ ތެރެއިން އެކަކު މާފަހުން މިބުނަނީ ތިމަންނައާ ބެހުނިއްޔޭ.

    54
    20
    • ހޮ

      ނުޖެހޭ ގަޔަށް އަރާކަށް ދައުވަތު ދިނަސް. ނުބައި ކަމެއް ވާނީ ނުބަކަމަކަށް ރުހުމުގަވިޔަސް،

      39
      11
  6. ނިމާލް

    އެންމެ ފަހުން ކުށްވެރި ކުރާނީ އަންހެން ކުއްޖާ . ކުރު ހެދުން ލާތީއޭ މޭކަޕް ކުރާތީއޭ މީރުވަސް ދުވާ ސެންޓު ޖަހާތީއޭ. މައްސަލަ އޮއްބާލާކަށް މާގިނަ ދުވަހެއް ނުނަގާނެ. މީ ހަމަ މިޤައުމުގެ ހާލު. އިސްލާމްދީންވެސް މުހިންމު ވަނީ ސިޔަަސީ ކަންކަމުގަ އެކަނި

    42
    11
  7. ދަރަނި ދަންތުރަ

    ނޫނޭ ޔާމީނުގެ ވެރިކަމުގައި އިންސާފުނުލިބޭނީ މިހާރު އިބޫގެ ވެރިކަމުގައި އިންސާފު ދިޔާވެގެން ތިޔޮށްފައިބަނީ ބާރަށް އަތްޖަހާ

    24
    4
  8. ާއަހުމަދު

    ރޭޕުކުރާމީހުން ރާބޯމީހުން ޑުރަގުބޯމީހުން ޓެރަރިސްޓުން ދިފާއުކުރުމަކީ ކޮންކަހަލުގެ ކަމެއް

    21
    2
  9. ާޖުމްމަ

    މީނަ މީ މިކަން ކަމަށް މީހުންނަށް މަގު ފަހި ކޮއްދޭ މީހެއް.. ކީކޭ ދެން ބުނާނީ.. ފިލްމް ތަކުން އާއިލާ އެކީގަ ބަލާ ނުލެވޭ މަންޒަ ރުތައް ހިލޭ ފި ރިހެނުންނާ ެެެެެެެެެެެެެެެެެ އެކު ކުޅެމުން.. ދެން ކޯޗެކޭ ކިޔާކަށް

    23
    1
    • އަންބެ

      ކަލޭގެ ގާތްތިމާގެ މީހަކަށް މިކަަހލަ ކަމެއް ދިމާވީމަ އެނގޭނެ މިއީ ކިހާވަރެއްގެ ކިހިނެއް ވާ ކަމެއްކަން. މަ ބުނަން އުޅޭ ވާހަކަ މިތާނގަ އެހެންމީހުން ވެސް ކޮމެންޓު ކޮށްފައި އެބަހުރި.

      12
      1
  10. އަހްމަދު

    ކަނބުލޯ ކަނބުލޮމެން ތިގޮތައްއޮރިޔާންހާލަތުގައި މަގުމައްޗައްނުކުންނަންޏާ އެކަހަލަ ކިތަންމެކަމެއްވާނެ

    24
    9
    • ޑޮކު

      ކަލޭމެން ހީކުރަނީ އަންހެނުންނަކީ ކަލޭމެންގެ އަޅުންކަމަށް. ކުރު ހެދުން ލިޔެކޭ، ފިރިހެނުން ކައިރީގައި އުޅުނިއްޔޭ، މޭކަޕް ކުރަނީ އޭ ކިޔާފަ ޖެހޭތަ ރޭޕު ކުރަން. ފިރިހެނުންގެ ވަހުޝީ ކަން ހަމަ ބޮޑީ.

      13
      7
  11. ?

    Meena aky mihin bunaairu lhiyanaa ekuves ehaa gaaigoalhi man'zaruthah kulhifa huri meeheh. Dheenuga haraan vegen haraan kankan mihun nany ves.

    10
    2
  12. ާައައިންތު

    އައްޒަ މާރީއްޗެއްނޫން ތިކަހަލަ ވާހަކަ މީހުންނާ ދިމާލަށްގޮވާކަށް އަމިއްލަ ޔަށްއުޅެވިފައި ހުރިގޮތާ މެދު ވިސްނާާ

    16
    2
  13. ދިވެހި އަންހެނެއް

    ކިޔުންތެރިންގެ ޚިޔާލުގައި "ޑޮކު"ގެ ނަމުގައި ލިއުއްވާފައިވާ ޚިޔާލާމެދު އަޅުގަނޑު އެބޭފުޅާގެ އަރިހުން މަޢާފަށް އެދެމުން ދަންނަވާލަން އޮތީ، މީހަކު ނުބައި ޢަމަލެއް ހިންގިއޭކިޔާފަ ހުރިހާ ފިރިހެނުންނަށް ނިސްބަތްވާގޮތަށް "ފިރިހެނުންގެ ވަހުޝީ ކަން ހަމަ ބޮޑީ." މިހެން ލިއުއްވުމަކީ އެންމެ އިންސާފުވެރިގޮތެއްނޫނޭ. ހަމަ ތި ވިދާޅުވާ ފިރިހެނުން އެމީހުން ނުވެސް ދަންނަ އަންހެނުން ނަށް ހިމާޔަތާ ރައްކާތެރިކަންދީ އެފަދަ މަޅިތަކުން ސަލާމަތްކޮށްދީފަވެސް އެބަހުރި. މިވެސް ފާހަގަ ކޮށްަންޖެހޭ ވަރަށް މުހިންމު ކަމެއް.

    9
    3