ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ފަރުވާ ކަމަށް ބުނެ އިންޑިއާގެ މަޝްހޫރު ފާދިރީއެއް ކަމަށްވާ ބާބާ ރާމްދޭވް، ޕްރޮމޯޓް ކުރަމުންދާ ބޭހަކީ "ފޭކެއް" ކަމަށް ބުނެ، އޭނާއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިންޑިއާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދީފިއެވެ.

މިކަމާއި ގުޅިގެން އެފްޑީއޭ މިނިސްޓަރ، ރާޖެންދުރަ ސިންހެ އިއްޔެ ބުނެފައި ވަނީ، ރާމްދޭވްގެ ކުންފުނިން ކޮވިޑް-19 ގެ ފަރުވާ ކަމަށް ބުނެ، ޤަވާއިދާ ޚިލާފަށް "ފޭކު" ބޭހެއް ވިއްކަމުން އަންނަ ކަމަށެވެ. އަދި އެ ބޭހަކީ ކޮވިޑް-19 އަށް އެއްވެސް ފަރުވާއެއް ކުރެވޭ ބޭހެއް ނޫން ކަމަށް ވާއިރު، ކޮވިޑް އަށް ފަރުވާ ކުރުމުގެ ނިޔަތުގައި އެއްވެސް މީހަކު އެ ބޭސް ބޭނުން ނުކުރުމަށް ރާޖެންދުރަ ވަނީ އެދިފައެވެ.

"ކޮރޮނިލް" ގެ ނަމުން ނަންދީގެ ރާމްދޭވްގެ ކުންފުނިން އުފައްދައިގެން އުޅޭ ބޭހަކީ "ފޭކެއް" ކަމަށް މިނިސްޓަރ ރާޖެންދުރަ ބުނެފައި މިވަނީ މި ބޭސް ޕްރޮމޯޓުކޮށް ވިއްކުމުގެ ގިނަ ހަރަކާތްތައް ރާމްދޭވް ކުރިޔަށްގެންދާ ދަނޑިވަޅެއްގައެވެ.

ރާމްދޭވް އޭނާގެ ކުންފުނިން އުފެއްދި ބޭސް ޕްރޮމޯޓް ކުރަނީ

އިންޑިއާގެ އެފްޑީއޭ މިނިސްޓަރ ވަނީ، މީހުންނަށް އޮޅުވާލައިގެން މި ބޭސް އިތުރަށް ވިއްކަމުންދާނަމަ ރާމްދޭވް އާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އަދި މިފަދަ ކަންކަމަކީ އާންމުންގެ ގިނަ ބަޔަކާއި ގުޅިފައިވާ ކަމަކަށް ވާއިރު، ކޮވިޑް-19 ގެ ފަރުވާ ކަމަށް ބުނެ ރާމްދޭވް ވިއްކާ ބޭހަކީ ތަހުލީލު ކުރެވިފައިވާ ބޭހެއްވެސް ނޫން ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.

ތަޖުރިބާކާރުން ބުނާގޮތުން ރާމްދޭވް ކޮވިޑް-19 ގެ ފަރުވާ ކަމަށް ބުނެ ވިއްކަމުންދާ ބޭހަކީ، އާދައިގެ އިންފެކްޝަންތަކަށް ފަރުވާކޮށް، ހަށިގަނޑުގެ ދިފާޢީ ނިޒާމު ރަނގަޅުކޮށްދޭ އެހެން ބޭސްތަކާއި އެއްގޮތް އުފެއްދުމެވެ. ނަމަވެސް މި ބޭހުން ކޮވިޑަށް މެދުވެރިކުރާ ވައިރަސް އަށް އެއްވެސް އަސަރެއް ނުކުރާކަމަށް އެފަރާތްތަކުން ބުނެއެވެ.

ކޮވިޑް އަށް ފަރުވާއެއް ކަމަށް ބުނެ ރާމްދޭވް އިންޑިއާގައި ބޭހެއް ޕްރޮމޯޓުކޮށް، ގިނަ ބަޔަކަށް އޮޅުވާލައިގެން މަންފާ ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ އެޤައުމަށް ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ރާމްދޭވް އަކީ އިންޑިއާގެ މުސްލިމުންނަށް އަނިޔާކުރުމުގެ ހަރުކަށި ވިސްނުން ގެންގުޅެ، މުސްލިމުންނަށް ކުރާ އަނިޔާއަށް އެއްބާރުލުންދޭ އިސް މީހުންގެ ތެރެއިން މީހެކެވެ. އަދި އޭނާއަކީ ގެރިމަސް ކެއުމާއި ދެކޮޅަށް ވެސް އެންމެ ބޮޑަށް އަޑުއުފުލަމުންދާ އެކެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޗީޑި ފެންނުވަރާ ހަޑިގިއްލާ ޝައިޠޯންވައްތަރު ނުބައި މީހާގަޑާ!

    23
  2. ގަންޖާ އަންނި

    އެމް.ޑީ.ޕީ މީހުންނަށް ވަރަށް ކަމުދާނެ ތި ބޭސް

    26
    2
    • މޮޔަ

      މީތަ މޯދީ އެބުނާ ތަރަށްގީ ވަމުން އަންނަ އިންޑިއާ؟ބޯ ހަލާކު!

      13
  3. އަބްދޫ

    މިހާރު ޑަބްލިޔި އެޗް އޯ އިން މަނާކުރި މެލޭރިޔާ ބޭހުގެ 50000 ގުޅަ ރާއްޖެ ގެނައި މޯދި ދިނީމަ އެބޭހަކީވެސް ކޮވިޑަށް އެއްވެސް ބޭނުމެއްހިފޭ ބޭހެއްނޫން.