ކޮވިޑް-19 އާ ހެދި އެންމެންވެސް މިހާރު ބޭރަށް ނުކުންނައިރު، މާސްކް އަޅަން މި ވަނީ މަޖުބޫރު ވެފައެވެ. ކިތަންމެ އަގުބޮޑުކޮށް މާސްކް ލިބުނަސް އެ ބޭނުން ކުރަން މި އޮތީ ޖެހިފައެވެ. މިއީވެސް ވަރަށް އަގުބޮޑު މާސްކެކެވެ. މި މާސްކް ހަދާފައި ވަނީ ރަނުންނެވެ.ގަންނާން ހެއްޔެވެ؟

އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ ޝަންކަތް ކުރާޑޭ 2.8 ލައްކަ ރުޕީސް ދިވެހި ރުފިޔާއިން ބަލާނަމަ 57777 ރުފިޔާގެ ރަން ބޭނުންކޮށްގެން މި ވަނީ މާސްކްއެއް އުފައްދާފައެވެ. އެ މާސްކް ބޭނުން ކުރަނީވެސް އޭނާއެވެ.

"އެ ވަރަށް ތުނި މާސްކްއެއް، އެ މާސްކް އަޅައިގެން ހުންނައިރު، އުނދަގުލެއް ނުވާނެ ނޭވާލާން، އެކަމަކު މިއީ އެހާ އެފެކްޓިވް މާސްކްއަކަށް ވެދާނެ ކަމަށް ނުބުލެވޭ". ކުރަޑޭ ބުނެފައި ވެއެވެ.

ކުރަޑޭއަކީ ރަނަށް ވަރަށް ލޯބި ކުރާ މީހެކެވެ. އެހެންވެ އޭނާ ދަނީ އަތުގައި އާއި ކަރުގައިވެސް ރަނުން ހަދާފައިވާ ގަހަނާ ބޭނުން ކުރަމުންނެވެ.

ކުރަޑޭ ބުނީ، ރަނުން މާސްކް ހަދަން އޭނާއަށް ހިޔާލު އައީ މީހަކު ސިލްވާ ބޭނުންކޮށްގެން ހަދާފައިވާ މާސްކެއް އަޅައިގެން ހުރި މަންޒަރު މީސް މީޑިއާއިން ފެނުމުން ކަމަށެވެ.

"އަހަރެންނަށް ވީޑިއޯއެއް ފެނުނީ މީސް މީޑިއާއިން މީހަކު ސިލްވާ މާސްކެއް އަޅައިގެން އުޅުނުތަން. އެ ވީޑިއޯ ފެނުމާއެކު އޭނާ އެފަދަ މާސްކެއް ބޭނުންވި. އަހަރެން ގޯލްޑް ސްމިތްއާ ވާހަކަދެއްކިން، އޭނާ ދިނީ މި ފަސް މާސްކް ހަފްތާއްގެ ތެރޭގައި " އޭނާ ބުނެފައި ވެއެވެ

އޭނާގެ އާއިލާއަކީވެސް ރަނަށް ލޯބި ކުރަ އާއިލާއެއްކަމުން އާއިލާއިން އެދިއްޖެނަމަ އެ މީހުންނަށްވެސް އޭނާ ރަނުން މާސްކް ޑިޒައިން ކޮށްދޭނެ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހޮމަދު

    ތިމާސްކް ޖާބިރު ބައްލަވައިގަންނާނެ ހެން ހާދަ ހީވޭ.

    20
  2. ތުނިޔަ

    ތި އެއްމެ ވައްތަރީ ބްރާއެއްގެ ކަޕްއާ..