ރާއްޖޭގައި މަޝްހޫރު ކަމެއް ހޯދަމުން އައި ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ މުޅި ފިލްމީ ހަޔާތް ހުއްޓުމަކަށް އަތުވެއްޖެއެވެ. އަންހެން ކޮއްކޮއެއް ރޭޕްކުރި ކަމުގެ ތުހުމަތުތަކާއެކު އެތައް ބައެއްގެ ނަފްރަތު އޭނާއަށް އަމާޒުވާން ފަށައިފިއެވެ. އޭނާ ކުޅެފައިވާ ފިލްމްތަކާއި، އޭނާ މަޝްހޫރު ކަން ހޯދި، ފިލްމްތައް ބެލުން ހުއްޓާލައި، އޭނާއަށް ފޮލޯ ކުރާ މީހުން، އަންފޮލޯ ކުރުމަށް ގޮވާލައި، ކެޕްމޭނެއް ވަނީ ފަށާފައެވެ.

ޖުމައްޔިލްގެ ރޭޕްގެ ވާހަކަތަކުގެ އަޑުތައް ގަދަވުމާއެކު، އޭނާގެ ފިލްމީ ކެރިއަރަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ޑާކްރެއިން އެންޓާޓެއިންމެންޓުން މިހާރު ވަނީ އެ ކުންފުނީގެ ފިލްމްތަކުން އޭނާއަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ޑާކްކް ރެއިން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޖުމައްޔިލް އާ ގުޅިގެން ކޮށްފައިވާ ނުހަނު ކަންބޮޑުވާންޖެހޭ ތުހުތަމަތުތައް މި ކުންފުންޏަށްވެސް އެނގިފައިވަނީ، މި ތުހުމަތުތައް ސޯޝަލް މީޑިއާގައި އާންމުވީ ހިސާބުން ކަމަށެވެ.

އަދި އެ ކުންފުނިން ބުނީ، އެ ކުންފުނިން ޖުމައްޔިލްއާއެކު އެންމެ ފަހުން ތައްޔާރުކުރި ފިލްމް އޭރުވަނީ ހުރިހާ މަސައްކަތެއް ނިމި، ކުރިން މިއަހަރު ޖުލައިގައި އަޅުވަން ތައްޔާރުވެފައިކަމަށެވެ.

އަދި ޖުމައްޔިލްއާމެދު ރޭޕްގެ ތުހުމަތު ކުރެވުމާ ހަމައިން ޖުމައްޔިލާއެކު، މިހާރު ކުރުމަށް ހަމަޖެހިފައިވާ އެންމެހާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާކަަމަށް އެ ބަޔާނުގައި ވެއެވެ.

"އަދި ޑާރކް ރެއިން އެންޓަޓެއިންމަންޓް އަބަދުވެސް ޖިންސީ އަނިޔާއާއި، ރޭޕް ގެ އެއްވެސް އަމަލެއް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއްވެސް ގަބޫލުނުކުރާނެކަންވެސް ދަންނަވަމެވެ. އަދި މިފަދަ އަނިޔާގެ ޝިކާރައަކަށްވެފައިވާ އެންމެހާ ފަރާތްތަކަކާއެކު މި ކުންފުނި އަބަދުވެސް ވާކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ".އެ ކުންފުނިން ނެރުނު ބަޔާނުގައި ވެއެވެ.

ޑާކްރެއިން އެންޓާޓެއިންމެންޓް ފިލްމްތަކުން ޖުމައްޔިލް ވަކިކޮށްފި

މި ބަޔަނާއި ގުޅިގެން ޖުމައްޔިލްގެ ރޭޕްގެ ޝިކާއަރަކަށްވި ޒަހޫ ނަމަކަށް ކިޔާ ޒުވާނާ ބުނަނީ ކުރިންވެސް ޖުމައްޔިލްގެ ރޭޕްގެ ކަންތައް ޑާކްރެއިންގެ ސަމާލުކަމަށް އައި ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ރޯލްތައް ކުޅެން ދިނީ ކަމަށް އޭނާ ބުނެފައި ވެއެވެ.

https://twitter.com/xahhuu/status/1279042629397647362?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1279042629397647362%7Ctwgr%5E&ref_url=https%3A%2F%2Fdho.mv%2Fbaiscope%2F76754

"އަހަރެން ވަރަށް އުފާވޭ މިކަންތައް މިހެން ދިމާވީމަ، އެހެން ނަމަވެސް ކަލޭމެންނަށް މިކަންތައް ކުރިން އޮތީ އެނގިފައި، އެކަމަކުވެސް ކަލޭމެން އޭނާއަށް ރޯލްތައް ދިނީ". ޖުމައްޔިލްގެ ރޭޕްގެ ކަންތައް ވަރަށް ތަފްސީލްކޮށް މީސް މީޑިއާއަށް ކިޔާދިން ޒަހޫ ބުންޏެވެ.

އެހެންކަމުން ޒަހޫގެ ވާހަކަތަކުން ޑާކްރެއިންއަށް ޖުމައްޔިލްގެ ރޭޕް ކަންތައް އޮތީ އެނގިފައެވެ. އެ މީހުން އެ ވާހަކަތައް ގަބޫލު ނުކުރީތާއެވެ. ނަމަވެސް ފަހުން އެ ވާހަކަތަކުގެ އަޑުތައް ގަދަވުމާއެކު، މި ވަނީ ޖުމައްޔިލްގެ ފިލްމީ ހަޔާތަށް ބޮޑު ލޮޅުމެއް އައިސްފައެވެ.

ޖުމައްޔިލް އޭނާގެ ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ މައްސަލާގައި ހުންނަނީ ހަނުއެވެ. އޭނާ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވެއެވެ.

މި ވާހަކަތައް ފެންމަތިވި ފަހުން އޭނާގެ ބަރަހަނާ ވީޑިއޯތަކެއްވެސް މީީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ފިލްމީ ތަރި ޖުމައްޔިލްގެ ބަރަހަނާ ވީޑިއޯއެއް ލީކްވެއްޖެ

ޒަހޫގެ ހިތްވަރާއި ކެރުމަށް އެތައް ބަޔަކު ދަނީ ސާބަސް ދެމުންނެވެ.

ޑާކްރެއިން ދެން ނެރުމަށް ނިންމާފައިވާ ފިލްމަކީވެސް ޖުމައްޔިލްގެ ފިލްމެކެވެ. އެ ފިލްމަށް ދެން ވާނެ ގޮތަކާއި މެދު، ވިސްނާ ހިސާބަށް ކަންތައްމި ވަނީ ގޯސްވެފައެެވެ.

ޖުމައްޔިލް، އަންހެން ކޮއްކޮ ރޭޕް ކުރި ކަމުގެ ބޮޑު ތުހުމަތެއް!

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިރުޝާދާ

    ސާބަސް... ތި ނުން ހަބަރެއް ނެއްތަ؟؟؟

    24
  2. ކާފަ

    މީހަކަށް ކުށަކަށް ތުހުމަތު ވުމުން އޭނާގެ ވަޒީފާ ގެއްލުން އެއީ ހަމަ އެންމެ ރަނގަޅު ގޮތްބާ؟ އޭނަގެ މައްޗަށް ކޯއްޓެއްގައި ކުށް ސާބިތު ނުވާހާހިނދު ނުވަތަ އަމިއްލަ އަށް އިޢުތިރާފު ނުވާހާލަތުގައި އެއްވެސް މީހަކީ ކުއްވެރިއެއް ނޫން ގާނޫނު އަސާސީގައި އެކަން ވަނީ ކަށަވަރުކޮށްދީފައި ހަމައެއް ލައެއް ނެތި ޖަންގަލީގެ އުސޫލަށް ކަންކަންދާތަން މިފެންނަނީ

    30
    7
  3. ފަހުނީ

    ޑާކުރޭން އަކީ ޑާކުކޮތަރު ގުއި ކަން މިހާރު މިއޮތީ ފަޅާއަރާފަ.

  4. ޖުމައަޔަލް

    #ބޭން ޑާރކް ރެއިން.

    10