ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރިކަމުގެ ތުހުމަތުތައް ކުރެވޭ ޖުމައްޔިލް ނިމާލްގެ މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ފާޑު ކިޔުންތައް ޑާކްރެއިން އެންޓަޓައިންމެންޓަށް އަމާޒުވެއްޖެއެވެ.

ޖުމައްޔިލްގެ ރޭޕްގެ މައްސަލާގައި، ކުރިންވެސް ގިނަ މައުލޫމާތުތަކެއް ޑާކްރެއިންއަސް އެނގިފައި އޮތް ކަަަމަށް ރޭޕްގެ ޝިކާރައަކަށްވި ޒުވާނާ ބުނެއެވެ. އެ ޒުވާނާ މިގޮތަށް ބުނެފައިވާއިރު، އެ ވާހަކަތައް އޮއްބާލީ ކިހިނެއްކަމެއް ނޭނގެއެވެ. އެއިރު ޖުމައްޔިލްގެ ބާރާއި އޭނާގެ ބައްޕަގެ ބާރު ފިލްމީ ދާއިރާގައި ގަދައީއެވެ. ނަމަވެސް އެ މީހުންގެ ބާރު ކެނޑި އާއްމުންގެ ބާރު ގަދަވެ، ޑާކްރެއިންއަށް އެންމެ ފަހުން ޖެހުނީ ގޮތެއް ނިންމާށެވެ.

ޖުމައްޔިލްގެ ރޭޕްގެ މައްސަލަ ފެންމަތިވުމާއެކު ނިއުމާ ފޭސްބުކުގައި ކޮށްފައިވާ ސްޓޭޓަސްގައި ވަނީ މިހާރު ޖުމައްޔިލްގެ މައްސަލަ ފެންމަތިވުމުން އޭނާގެ މައްސަލަ އޮތްކަން ރަނގަޅަށް އެނގި، އޭނާ ލައްވާ ފިލްމް ކުޅުވާފައި، އޭނާއައެކީ ފިލްކް ކުޅެފައި ތިބި މީހުން މިހާރު މި ކިޔަނީ ކީކޭތޯ ސުވާލު އުފައްދާފައެވެ.

"މިހާރު ދެން ކީކޭ ބާ މި ކިޔަނީ، އޭރު ރޭޕް އާއި އެއްކޮޅު. މިހާރު ރޭޕް އާއި ދެކޮޅު" ނިއުމާ ބުނެފައިވެއެވެ.

ނިއުމާގެ މި ސްޓޭޓަސް ބޮޑަށް އަމާޒުވެފައި ވަނި ޑާކްރެއިންއަށް ކަމަށް ބެލެވެއެވެ.

އެއީ ޑާކްރެެއިންއަށް ކުރިންވެސް ޖުމައްޔިލްގެ ރޭޕްގެ މައްސަލައެއް އޮތްކަން އިނގޭ ކަމަށް ރޭޕްގެ ޝިކާރައަކަށްވި ޒުވާނާ ބުނެފައި ވެއެވެ. އެހެން ނަމަވެސް އޭނާ ލައްވާ އެ ކުންފުނިން ފަހުންވެސް ވަނީ ފިލްމްތަކެއް ކުޅުވާފައެވެ. އަދި އެ ކުންފުނިން މި އަހަރު ތެރޭ ނެރެން ހަމަޖެހިފައިވާ ފިލްމް ނޮވެމްބަރުގެ ލީޑް ރޯލުން ފެނިގެން ދަނީ ޖުމައްޔިލް އެވެ.

https://twitter.com/xahhuu/status/1279042629397647362?ref_src=twsrc%5Etfw

ޖުމައްޔިލްގެ މި މައްސަލަ މީސްމީޑިއާގައި ފެންމަތިވުމާއި ގުޅިގެން އޭނާ މަސައްކަތް ކުރަމުން އައި ޑާކްރެއިން އެންޓަޓައިންމެންޓުން ބުނެފައިވަނީ، ޖިންސީ އަނިޔާއަށް ހިތްވަރު ނުދޭނެ ކަމަށެވެ. އަދި އޭނާ ވަނީ އެ ކުންފުނީގެ ހުރިހާ ކަމަކުން ވަކި ކޮށްފައެވެ.

ޖުމައްޔިލް ނިމާލް އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުމެގެން އުޅެނިކޮށް ފެނިފައިވަނީ "އަނިޔާ" ފިލްމުންނެވެ. އެ ފިލްމުން "8 ވަނަ ފިލްމު އެވޯޑްސް" ގެ އެންމެ ބެސްޓު މޭލް ޑެބުޓް އެވޯޑުވެސް ޖުމައްޔިލް އަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިރުޝާދާ

    އަހަރެން ނުބުނަން އޭނަ އެކުރީ ރަނގަޅު ކަމެކޭ... އެކަމަކު ހަގީގަތް ނުބަލާ މުޅި މީޑިޔާގަ އެއްވާހަކަ ޔަކަށްްމި ވާހަކަ... ކޮބާ ސަފާރީ ރޭފުކޭސްް.. ކޮބާ ދެން ތިބި މީހުން.. އެކަކު ފަހަތުން ތި ދުވަނީ ކީއްވެ؟؟؟

    78
    13
  2. ހާމިދު ޝާޙިދު

    ރޭޕްގެ މައްސަލައެއް ތުހުމަތެއް ކުރެވުނުނަށް ކޯޓުގައި ސާބިތު ކޮށް ނުދެވޭ ހާ ހިނދަކު އެމީހަކީ މައުސޫމު މީހެއް. ތިޔަ ވެދާނެ، ރޭޕެއް ނޫންކަމަށްވެސް، ކަޒިން އަކާ އެކު ފްލާޓްކުރަމުން ގޮސް ދެމީހުންގެ ރުހުމުގައި އެކަހެރިތަންތަނަށް ގޮސް އުޅުމުގެ ތެރޭގައި، އަންހެންކުއްޖާގެ ނުގަބޫލުގައި އެބިޔޫސް ކަމެއް ކުރެވުނީކަމަށްވެސް. ރަނގަޅަށް ތަހުގީގުކޮށް ސާބިތު ކުރުމަށްފަހުގައި ނޫނީ، ތިޔަހެން ނަހަދާ. ފަހަރުގައި ބައްޕަ ރާބޯ އައްޑައެއް ހަދައިގެން އުޅޭއިރު ދަރިފުޅު އޭގާ ނުޖެހޭނެ ވާހަކައެއްނޫނެވެ. އަދި ރާ ބޮވޭނަމަ އެބިޔޫސް ކަންތައް ގަނޑުވެސް ޖެހުމަކީ ވެދާނެކަމެކެވެ.

    39
    13
    • ހޫ

      ދެން މިމައްސަލައިގައި އޭނާ ހަނު އެހުންނަވަނީ ކީއްވެތޯ.

      13
  3. ރައްޔިތު މީހަ

    ނިއުމާ އަށް ކޮން ބަލާ އެއް.

    40
    9
  4. ސުވާލު

    ޖުމައިލް ގެ ވާހަކަ ދައްކަނީ ރޯޔަލް ރޭޕް އޮއްބާލަންބާ؟

    62
    1
  5. ޒޯޔާ

    މިޤައުމުގަ ކުށެެއް ކުރިޔަސް މީހުންނަށް ނޭނގެންޏާ ނުވާނެ ކުށަކަށް. ޖުމައްޔިލު ރޭޕްކުރި ކަމެއް މިއިން ޒަމާނަކު ނޫހެއްގަ ހަބަރެއްގަވެސް ލިޔެފަނެތް. އެެއީ އެކަން އެގޮތަށް ޕްލޭންކޮށްފަ އޮތީމަ. އެހަބަރު އެއްވެސް މީހަކަށް ލީކުނުކޮށް އޮތީ އޭނާގެ ފިލްމީ ކެރިއަރަށް އަސަރުކޮށްފާނެތީ
    ޑާކްރެއިންއިންވެސް ވެއްޖެ ދޯ އާކުދިން ލައްވާ ފިލްމު ކުޅުވަން އަބަދު ޖުމައްޔިލާއި މަޖުދާ. އެކްޓަރުން ޤައުމުން ހުސްވީތަ

    24
  6. އަންނި

    ނިއުމާ ތިވާހަކަތައް ދައްކަން މާރަނގަޅު މީހަކީތަ ، ފިލުމީ ދާއިރާގަ ނޭނގޭ ކިތައްމީހުންނާ އެކުކަމެއް ހުންނާނީ

    26
    2
    • މުހައްމަދު

      ހުންނާނީ ؟؟؟

      7
      1
      • އަންނި

        މުހައްމަދާ ބުނަން އޮތްއެތިބޮޑުވީމަ ގަނޑުގަނެފަ.

  7. ނިޝާމާ

    ޑާކްރެއިން އަށް ވައްސަލާމް. ދުވަހަކު ތީގެން މީހަކު ހަދާ ފިލްމަކަށް ނުދާނަން. މަށެއް މަ އާއިލާ މީހެއ، މަ ރައްޓެއްސެއް ދެކެފަރިތަ މީހަކުވެސް ދިޔަނުދޭނަން.
    ރޭޕާ މަ ދެކޮޅު.

    30
  8. ސަލަފުން ސްޓާޓު

    އަރިއަރިޔަށް ހުރެ ފޮޓޯނަގާނެ ކަމެއްނެތް! އަވަހަށް ތާކިހާއަޅައިގެން ފަޓްލޫނު ކަކުލުން ތިރިއަށް ބުރިކޮށްގެން ބޭބެ މެންގެ ގްރޫޕަށްވަދޭ، އެއިރުން ސަލަފުން 'ހިމާޔަށް' ލިބޭނެ!

    13
    26
  9. ލޫކް

    މި ނިއުމާ މީ ކާކުތަ. ނިއުމާ އާއި ސީޒަން އަކީ ބަދުއަހުލާގީ ކަމެއްގަ ކޯޓަށް ކުއް ސާބިތުވެގެން ހައްދު ޖެހި މީހެއްކަން ދިވެހިން ހަނދާނެތުނީ ކަމަށް މީނައަށް ހީވަނީ.