ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ ފްލެޓް" ތަކަކީ "ކޮތަރު" ކޮއްޓެކޭ ބުނެ މިހާރުގެ ސަރުކާރަށް ތާއިދު ކުރަމުންދާ ފަރާތްތައް ވަނީ ފްލެޓްތަކަށް ފާޑު ކިޔާފައެވެ.

އެގޮތުން ގިނަ ފަރާތްތަކުން ބުނަމުން ދަނީ އެތަނުގެ އިންޓީރިއާ ޑިޒައިނިން ނިމިފައި ހުންނައިރު، 4 ބަޔަކަށް އެކީ ނޫޅެވޭނެ ކަމަށެވެ. އެންމެ އެކަށީގެންވާ ވަރުގެ ސޯފާ ސެޓާއި ކާ މޭޒުގެ އިތުރުން އެނދު ނުބެހެއްޓޭނެ ކަމަށެވެ.

މިގޮތަށް މިފަދަ ވާހަކަތަކެއް ދެކެވިފައިވާއިރު، ބައެއް އާކިޓެކްޗަރުން ވަނީ އެތަނުގެ އަކަ ފޫޓަށް ބަލައި އިންޓީރިއާ ޑިޒައިން ކޮށްލެވޭނެ ގޮތްތަކެއް ދައްކާލާފައެވެ.

މިގޮތުން "އެސްއެމް އެސޯސިއޭޓްސް އާކިޓެކްޓްސް" ގްރޫން ހިޔާ ފްލެޓްގެ 2 ކޮޓަރީގެ އެޕާޓްމެންޓެއް ނިންމައި ވަނީ ހިއްސާ ކޮށްފައެވެ.

https://www.facebook.com/898337433708498/posts/1459187230956846/

ހިޔާ ފްލެޓްތަކުގެ ފޮޓޯ މީސްމީޑިއާގައި ދައުރުވުމުން ގިނަ ބަޔަކު އެންމެ ގިނައިން ބުނަމުން އައީ އެތަނުގެ ކޮޓަރީގައި ކުއީން ސައިޒް އެނދު ނުބެހެއްޓޭނެ ކަމަށެވެ. އެހެން ނަމަވެސް އެސްއެމް އެސޯސިއޭޓްސް އިން ބުނީ، އެފަރާތުން ހިއްސާ ކޮށްފައިވާ ޑިޒައިންގައި ކޮޓަރީގައި ބަހައްޓާފައިވަނީ ކުއީން ސައިޒް އެނދެއް ކަމަށެވެ.

އަދި އެ މީހުން ހިއްސާކޮށްފައިވާ ފޮޓޯތަކުން، އެތައް ބަޔަކު ދަނީ އެ އިންޓީރިއާ ޑިޒައިން ރީތިކަމަށް ބުނަމުންނެވެ.

މި ގްރޫޕުން މިފަދަ ފޮޓޯތަކެއް ހިއްސާ ކޮށްފައިވާއިރު، މީގެ ކުރިންވެސް މީޑިއާތަކުގައި ވަނީ މީހަކު ހަދާފައިވާ އެނިމޭޝަނެއް ދައްކުވާފައެވެ. މި އެނިމޭޝަނުން ދެ ކޮޓަރި ފެނިގެންދާއިރު، އެއް ކޮޓަރީގައި ހުންނަނީ ޑަބަލް ސައިޒްގެ އެނދަކާއި ކަހާލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އަލަމާރިއެކެވެ. އަދި ޑްރެސިން ޓޭބަލެއްވެސް ހުރެއެވެ. އަނެއް ކޮޓަރީގައި ބަންކު އެނދެއް ހުންނަ އިރު އެކޮޓަރީގައި ހުންނަނީ ހުޅުވޭ ގޮތަށް ހަދާފައި ހުންނަ އަލަމާރިއެކެވެ. އަދި މި ކޮޓަރީގައި ކުދިން ކިޔެވުމަށް ވަކިން ހާއްސަ މޭޒެއް ބެހެއްޓޭކަން ވެސް ވަނީ ދައްކުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ފައިސަލް4

    ވާހަކަގިނަ ނުކޮށް އަހަރުމެންނަން އޮޅުން ފިލާވަރަށް ސާފުކޮށް ތިތަނުގެ މިންތައް ކިޔާދީބަލަ. ސިޓިންރޫމް،ކޮޓަރި އަދި ފާހާނާތައްވެސް ވަކިވަކިން.ވާނުވާގަ މަމިއުޅެނީ..އަވަސް ނިއުސްއިން ބުނެދީފައި ހުރި މިންތަކަކާއި ރާއްޖެޓީވީން ގެންސްދިން މިންތައްވެސް އުޑާއިބިމާހާ ތަފާތު. ވަގުތު ކުދިން މިކަން ސާފުކޮށްދީބަލަ.

    92
    1
    • ބަކް

      އެހެން އަދި މި ސަރުކާރުން އޮއްބާލާ އެއްކޮޓަރީގެ ފުލެޓުތަކުގެ ވާހަކަ ވެސް އެބަޖެހޭ ތިލަ ކުރަން.. މަ އެއްކޮޓަރިއަށް ތީ ހަމަ އެއްކޮޓަރި ބޭނުންވާތީ އޭގެ ބަދަލުގަ ދެ ކޮޓަރިއެއް ބޭނުމެއް ނުވޭ.. އަޑުއެހިން އެ ތަންތަން ނުދީ ކޮންމެވެސް އެހެން ގޭމެއް ކުޅެން އުޅޭވާހަކަ ނޭބަރހުޑެކޭ ކިޔައިފަ

      • ކަކާ

        1ރޫމް ތަންތަންއެއީ އަޅައިފަ ހުރި ތަނެއްކަމެއްވެސް އިނގޭމީހަކު ނެތް.އެންމެންވެސް ހީކޮއްގެން މިތިބެނީ ތިޔަ 2 ރޫމްގެ ފްލެޓްތަކާއި އެކު 1 ރޫމްގެ ތަންތަން ވެސް ދޫކުރާނެ ކަމައް..

  2. Anonymous

    އަހަރެމެންނަށް ރ. ޔާމީން ގެ ކޮތަރު ކޮށިވެސް އޯކޭ. މިހާރުވެސް މިއުޅެނީ އެއަށްވުރެ ކުޑަ ކޮތަރު ކޮށްޓެއްގައި އެހާމެ އަގުބޮޑުކޮށް. ޙައްޤު މީހުންނަށް ދީއަވަހަށް.

    109
    3
  3. Anonymous

    ޗައިނާއިން އެގަމުގެ ރައްޔިތުންނަށް "ހިލޭ" ފޯރުކޮށްދޭ ފްލެޓް ޑިޒައިން ހުންނަގޮތް މިއީ. ނަމަވެސް ރާއްޖެވީމާ ކަންތައްވާގޮތް އުޑާ ބިމާހާ ތަފާތު.
    އާންމު ރައްޔިތުން މިޖެހެނީ "ހިލޭ" ފްލެޓްތައް މިލިއަނުން މިލިއަނުން ގަންނަން.
    މީގައި ހެއްވާ ކަމަކީ "ލަގްޒަރީ" ރިޒޯޓެއް ހަދަންވިއްޔާ ޓެކްސްވެސް ދައްކާކަށް ނުޖެހޭ.
    ހަމަ މިގޮތް އާންމުންނަށްވެސް އޮންނަންވާނެނުން.

    58
    5
  4. ުއުނދުޅި

    ރައްޔިތުން ގަނަތަޅުވަން ހެދިތަނެއްތީ ތީގެން އެޕާޓްމަންޓަކަށް ގައުމުގެ ވެރިންނާ މަހުޖަނުން ވައްދަންވި

    30
    10
    • Anonymous

      ސާބަހޭ.... ބައްލަވާގަންނާނެ ދެއްތޯ! ލޮލް

    • ޢަލީ

      Room 8.5 x 9.5
      Toilet 3 x 3
      Setting room badhige kaage 8X5
      Total 145 Sq 8,500mvr

      Room 7.5 x 8 feet
      Room 9.5 x 7 feet
      Toilet 3 x 6 feet
      Setting room badhige kaage 9X11 feet
      Total 245 Sq 12,000mvr

      Kamudheytha male' ga

      Umuru dhuvahu kulidhahkaala dhahkaalaa eh gain aneh geyah husathaaa

      • ޢަހުމަދު

        ކަލޯ ކޮނަތާކު އެޅި މިންތަކެއްތީ؟ ހަގީގަތް އޮޅުވާނުލާބަލަ.... ޓިއެއްނޫން އެތާގެ މިންތަކަކީ....

  5. ސަރަނގު

    ކިހާބޮޑު ކަމެއްތޯ
    ފުލެޓްތައް ކުޑަވެގެން އެތަނަށް ރައްޔިތުން ވައްދަން މިހާރުގެ ރައީސް އެއްގޮތަކަށްވެސް ހިތްޕުޅު ހަމަ ޖެހިވަޑައި ނުގަންނަވާ. އެއީ އެމަނިކުފާނުގެ ރައްޔިތުން ނޭވާ ނުލެވި އޮކްސިޖަން ނުލިބި މަރުވެދާނެތީ. ކޮންކަލަ އޯގާތެރި ވެރިއެއް. ކުދިންނޭ ކެއްކުރޭ ބޮޑު ފްލެޓް އިންޑިޔާ އިން އެބަގެނޭ ލަސްތަކެއްނުވެ.

    29
    2
  6. ެެްައައުފު

    25 ހާސް މީހުން ތިޔަތާ އުޅެންފެށީމަ ކުޅި ސަމާ ފެންނާނެތާ!!!

  7. ކޮތަރު

    ކަލޯ ކެޔްކު ރިމީހާއޮތީ ފާ ރުބުޑުގައި!

  8. އީޖާބ

    ކޮތަރުކޮއްތޭ ގޮތެއްނެއްމީހުންނޭ އެތަނުގަ އުޅޭނީ ކިޔާއުރު މިގޮއްނެތުނީ ސަރުކާރުތަކުން ހަމަ އެކަނި މާލޭގެ ރައްޔިތަކައް ވިއްޔާ ބިންކޮޅެއް ނުދެނީ އެހެންވީމާ ތިޔަ ކޮތަރުކޮށި ކަނޑާލާ ގޮއްނެއްރައްޔިތުންނައް ސަރުކާރުން ރައްރަށުގަ ދޭހެން ގޯތި ދޭންވީނޫންތޯ ދީފަ ދެން ކިޔާބަލަ ގޮތެއްނެއްބަޔަކު ނޫނީވަންނަވަރު ތަންތަނައް މިމާލޭގެ ރައްޔިތުން ވަދޭތޯބަލަން ތިމާމެންނައް ކަންކަން ހައްލު ނުކުރެވޭތާގައި ގޮތެއް ނެތޭކިޔާއިގެން ރައްޔަތުންނައް މަލާމަތް ކުރަންވީކީނޫނެއްނޫންތޯ ތިމާމެން ވައުދުތަކަ ހުވާތަކާކޮއްގެން ރައްޔިތުންނައް މިވެނި ކަމެއް ކޮއްދޭނަމޭ އެވެނި އެއްޗެއް ދޭނަމޭ ކިޔާ ޅޮސްއުނދޯއްޔައް ރައްޔިތުން ލައިގެން ވޯޓް ހޯދައިގެން މަގާމުލިބުނީމާ ރައްޔިތުން އަޅުވެތިކޮއް މަލާމައް ކުރަންވީތޯ މިހާރުވެސް ރިސޯޓްތައް ވިއްކާލަނީ އަންޑަގުރައުންޑުން ޑޮލަރު ނަގަނީ އެވަރުންވެސް ރައްޔިތުމީހާވެސް ދޫނުކޮއްލާ ކުރާ މަސައްކައް އަތުލާނެ ވަސީލައް ފުލެޓް ކުއްޔައްދެނީ

  9. ހަސަނު

    މި ޑިޒައިން ހެދި މީހާ އައް ބުނެލަން އޮތީ ، ތިޔަ ބުނާ ކޮތަ ރު ކޮއްޓައް ދާން ތިބީ މަހުޖަނުންނެއް ނޫން ކަން ހަނދާނުގައި ބަހައްޓައިގެން ދެންފަހަ ރަކުވެސް ތިކަހަލަ ޑިޒައިންތައް ތައް ލުމައް އެދެން ، ގިނަ އާއިލާ ތަކަކީ މަހުގެ ފަހުކޮޅު މަންމަ އާއި ބައްޕަ ނުކައި ތިބެ ދަ ރިންނައް ކާއެތިކޮޅު ދީގެން މަންމަމެން މިތިބީ ކައިގެންނޭ ބުނެ ނިއްކު ރި މައްޗައް އަތްލާގެން ނިދާ ބައެއް. ޙަގީގަތުގައި ތިޔަ މަންޒަ ރު ފެނިފައި ދެ ރަވާނެ އެތައް އާއިލާއެއް މި މާލޭގައި ކުދިންނައް ކިޔަވައި ދޭން އައިސްތިބޭނެ. ޙުދު އަހަ ރެން ނަކީ އެފަދަ ހާލަތުގައި ދި ރި އުޅޭ މީހެއް.

  10. ޢަލީ

    Room 8.5 x 9.5
    Toilet 3 x 3
    Setting room badhige kaage 8X5
    Total 145 Sq 8,500mvr

    Room 7.5 x 8 feet
    Room 9.5 x 7 feet
    Toilet 3 x 6 feet
    Setting room badhige kaage 9X11 feet
    Total 245 Sq 12,000mvr

    Kamudheytha male' ga

    Umuru dhuvahu kulidhahkaala dhahkaalaa eh gain aneh geyah husathaaa

  11. ޢަލީ

    Room 8.5 x 9.5
    Toilet 3 x 3
    Setting room badhige kaage 8X5
    Total 145 Sq 8,500mvr

    Room 7.5 x 8 feet
    Room 9.5 x 7 feet
    Toilet 3 x 6 feet
    Setting room badhige kaage 9X11 feet
    Total 245 Sq 12,000mvr

    Kamudheytha male' ga
    ޢެއްގެއިން އަނެއްގެޔަށް .. ކުލިދަައްކާލަ ދައްކާލާ .. އުމުރުދުވަހު އުޅެފަ މުސްކުޅިވާދުވަހު ހުސްއަތާ ދާން ވެސް އެންމެރަނގަލުދޯ