"ހަވަރުތުންފުހި" މިއީ ދިވެހިންގެ ތެރޭގައި ބޭނުންކޮށް އުޅުނު ހަރުބަހެކެވެ. މިބަހުގެ މާނައަކީ ޝަހުވާނީ ގޮތުން ތިމާ ކައިރިއަށް އަންނަ ކޮންމެ ފިރިހެނަކާ ގަބޫލުވާ އަންހެނާއެވެ.

ކިޔާލަން ހުތުރަސް މިއީ ނުދައްކައި ފަރުޖެހެން އޮތް ވާހަކައެެއް ނޫނެވެ. ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި މުސްލިމުކަމުގެ ތާޖު އަޅައިގެން އުޅޭ" ހަވަރުތުންފުހިން" މިގައުމުގައި ވަރަށް ގިނައެވެ.

" ހަވަރުތުންފުއްސޭ" ބުނުމަކީ ހުރިހާ އަންހެނުންނަށް ބުނާ ބަދުބަހެއް ނޫނެވެ. ނަމަވެސް އެއީ ގައުމުގެ ބައެއް އަންހެނުންގެ ގޮސްފައިވާ ދަށުދަރަޖައިގެ ވާހަކައެވެ.

ދިވެހިރާއްޖެ އިސްލާމްކަންމަތީ އޮންނަތާ އެތަކެއް އަހަރެއްވަނީ ވެފައެވެ. އިހު ރާއްޖޭގައި އުޅުނު އަންހެނުންނަކީ އިއްފަތްތެރިކަމަށް ނަން މަޝްހޫރު މީހުންނެވެ. ނަމަވެސް ޒަމާނީ އޮއިވަރާއި އެކު އަދުގެ ރާއްޖެއަށް މިވަނީ ދުނިޔޭގެ އެތަށް ގައުމެއްގެ އާދަކާދަތަށް އައިސްފައެެވެ. ކުރުގޮތަކަށް ބުނާނަމަ ދިވެހިންގެ އާދަކާދަ ވަޅުޖެހި ޔޫރަޕްގެ ނުވަތަ ހުޅަނގުގެ ކާފަރުންގެ އާދަތަށް މިވަނީ މި މުޖުތަމައުގައި ހަރުލާފައެވެ.

ރާއްޖޭގެ އާބާދީގެ 60 އިންސައްތަ އަންހެނުން ހިއްސާކުރާއިރު އޭގެ ތެރެއިން 30 އިންސައްތައަކީ އުމުރުން 18 އަހަރާއި 28 އަހަރާއި ދެމެދުގެ މީހުންނެވެ. ރާއްޖޭގައި ފުރާވަރުގެ ގިނަ އަންހެނުން ދިރިއުޅޭއިރު އޭގެ ތެރެއިން ސަލާމަތުގެ އައްސޭރިއަށް ވާސިލް ވެވިފައިވަނީ މަދު ބަޔަކަށެވެ.

އެހެނީ ފުރާވަރުގެ ގިނަ އަންހެން ކުދިން ދުނިޔަވީ އެދުންވެރިކަމާއި ޝަހުވަތުގެ އަނދަވަޅުގެ ތެރޭގައި ކަސްތޮޅު އެޅިފައިވާތީއެވެ. ނިވާކަން ކުޑަ ހެދުން އަޅައިގެން މަގުތަކަށް ނުކުންނަ އަންހެނުން މިވަނީ އިތުރުވެފައެވެ. މީރުވަސްދުވާ ސެންޓާއި އަތަރުފަދަ ތަކެތި ބޭނުންކޮށްގެން މަގުތަކަށް ނުކުންނަ އަންހެނުން މިވަނީ އިތުރުވެފައެވެ. ފައިސާއަށް ހަށިގަނޑު ނީލަން ކިޔާ އަންހެނުން މިގައުމުގައިި ހާހުން ގުނާލެވޭނެއެވެ. އަދި މަސްތުވާތަކެއްޗާއި މިނޫންވެސް ބައެއް ވަބާތަކުގެ މަޅީގައި ހައްޔަރުވެފައިވާ އަންހެނުންގެ އަދަދުވެސް ނުހަނު ގިނަ ގުނައެވެ.

އަދުގެ ރާއްޖޭގެ ފުރާވަރަށް އަރައިގެން އަންނަ ގިނަ އަންހެން ކުދިން ފޯރިއާއި އެކު ކުރާ އެއް ކަމަކީ ގްރޫޕް ހަދައިގެން ޕާޓީކުރުމެވެ. ޕާޓީކުރުމުގެ ތެރޭގައި ބުއިން ހުއްދަ ނޫން އެތަކެއް އެއްޗެއް ބޮއި ދެޖިންސު މަސްހުނިވެގެން އެތަކެއް ވައްތަރެއް ޖައްސައެވެ. މިއީ މުސްލިމުން ކުރަން ހެޔޮވާވަރުގެ ކަމެއް ތޯއެވެ؟

ހަމަ ޔަޤީނުންވެސް އެއީ އިސްލާމްދީނުގެ އަޤީދާގައިވާ ކަމެއް ނޫނެވެ. އަދި އެއީ މާތް ﷲ އެކަމަށް ބާރު އަޅުއްވާފައިވާ ކަމެއްވެސް ނޫނެވެ. އަދި އެއީ އިސްލާމީ ޝަރީއަތުގައި ބޮޑު އަކުރުން ފަވާލެވޭ ބޮޑެތި މުންކަރާތްތަކެވެ.

ކަންމިގެން ހުރިއިރު މި ދިވެހި މުޖުތަމައަކީ އިއްފަތްތެރި މުޖުތަމައަކަށް ހަދަން އެބަޖެހެއެވެ. އަދި މިގައުމުގެ ޒުވާން ކަނބަލުންނަކީ ހަރުދަނާ އަދި އިސްލާމް ދީނުގެ ކަންކަމަށް ފަރުވާތެރި ބަޔަކަށް ހަދަން އެބަޖެހެއެވެ. މި ހަރާކާތްތަކާއި ފާޙިޝް ކަންކަން ކުރުމުގައި ވަގުތުތަށް ބޭކާރު ކުރާ ބަޔަކަށް ދިވެހި އަންހެނުން ވެގެން ނުވާނެއެވެ. އަދި ހުޅަނގުގެ ކާފަރު ކުލައިގައި ދިވެހި އަންހެނުން ޖެހިގެން ނުވާނެއެވެ.

އަންހެނުންގެ ވާހަކަ ދައްކާއިރު އިސްވެ ދިޔަ ކަންކަމުގައި ފިރިހެނުންގެ ދައުރުވެސް ބޮޑެވެ. މިގައުމުގައި މުންކަރާތްތަކަށް ފާޅުގައި އަރައިގަންނަ އަންހެނުން އުޅޭ ފަދައިން މުންކަރާތްތަކަށް އަރައިގަންނަ ފިރިހެނުންވެސް އުޅެއެވެ.

ވުމާއި އެކު ގައުމު އިސްލާހްކޮށް ސަލާމަތުގެ އައްސޭރިއަށް ގައުމުގެ އޮޑި ބަނދަރުކުރުމަށް އެންމެން އެއް އަޑަކުން އެއް އަންބާއެއް ކިޔަމާތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީ

    އިންޝާﷲ...

  2. ބުލޫ

    ދެންކޮބާ ހަވަރު ތުންފުއްސޭ ތިކިޔާ އަންހެނުންގެ ކައިރިއަށްދާ ފިރިހެނުންނަށް ކިޔާނަން؟؟؟އެމީހުންނަށްވެސް އެކަށީގެންވާ ރީތި ނަމެއް ދޭންވާނެއެއްނުން.މިސާލަކަށް "ހަވަރު ފައިފުހި".ވ.ގުޅޭ ނަމެއް މީވެސް.ތިފަދަ ކުށްތައް ކުރުމުގަ ދެބައިމީހުންގެ ހިއްސާ އޮތްއިރު އެއްބަޔަކަށް ނަންދީފަ އަނެއްބަޔަކަށް ނަންނުދިނުމަކީ ބޭއިންސާފެއް.

  3. ހަވަރުތުންފުހި

    އޭ ބަލަ އަލީ ޔާމީނު، ފިރިހެނުންގެވެސް އިތްފަތް އޮވޭ، ހަވަރު އަންހެނުންނަށްވުރެ ހަވަރު ފިރިހެނުން ރާއްޖޭގައި ގިނައީ

  4. ޛޖޖަޖަނމމމަސހބސސޖސޖެހހސނޖސޖސޖ. ޏޖކކ

    އާޓިކަލް ރަގަޅައް ކިޔާބަލަ ފާޑުފާޑު ކޮމެންޓު ނުލިޔެ.....! މުޖުތަމައު ރަގަޅު މެސެޖެށްވެސް ދިނަސް ތިކަހަލަ މޮޔާން ނުވިސްނޭނެ

  5. ކާސިންބެ

    އާޓިކަލް ރަގަޅައް ކިޔާބަލަ ކަލޭމެން ރަގަޅު އެއްވެސް ގޮތެއްނެތް.....
    މުޖުތަމަޢު ރަގަޅު މެސެޖެއް ދިނުމުގަ އެއްޗެށް ނުބުނެވޭނެ ދޯ