ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު މީސްމީޑިއާ މަންސަ، "ޓޮކްޓޮކް" އަވައްޓެރި އިންޑިއާގައި "ބޭން" ކޮށް ބޭނުން ނުކުރެވޭ ގޮތަށްހެދުމުން، މި މަންސަ ހިންގާ ޗައިނާގެ މައި ކުންފުނި ކަމަށްވާ "ބައިޓްޑާންސް ލިމިޓެޑް" އަށް ހަ ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވިއްޖެ އެވެ.

އިންޑިއާގައި "ޓިކްޓޮކް" މަނާކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމާފައި ވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ޗައިނާ އާއި އެޤައުމާއި ދެމެދުގައި އޮންނަ ގުޅުން ކުޑަވެ، ދެޤައުމުގެ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޗައިނާ އާއި ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. އިންޑިއާގެ ސަރުކާރުން ވަނީ "ޓިކްޓޮކް"ގެ އިތުރުން ވެސް ޗައިނާގެ އިތުރު 59 އެޕްލިކޭޝަނެއް މަނާކޮށްފައެވެ.

"ޓިކްޓޮކް" ހިންގާ ޗައިނާގެ ޓެކްނޮލޮޖީ ފާމަކީ މި އެޕްލިކޭޝަންގެ އިތުރުން އިންޑިއާގައި މަޝްހޫރު މީޑިއާ އެޕް، "ހެލޯ" ވެސް އުފެއްދި ކުންފުންޏެވެ. މި އެޕްލިކޭޝަނަކީ ވެސް އިންޑިއާގެ ގިނަ ބަޔަކު ބޭނުން ކުރަމުން ދިޔަ އަދި އެޤައުމުގެ ގިނަ ބަސްތައް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ އެޕްލިކޭޝަނެކެވެ.

އިންޑިއާއިން ކުއްލި ގޮތަކަށް ނިންމި މި ނިންމުމާއެކު ޗައިނާގެ އެޕްތައް ނިސްބަތްވާ ކުންފުނިތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ދަނަޑިވަޅާއި އެ ކުންފުނިތަކުން ކުރިމަތިލާނެ ގޮތެއްވެސް އަދި ހާމައެއް ނުކުރެއެވެ.

އިންޑިއާ ސަރުކާރުން ބުނީ އެޕްލިކޭޝަންތައް މަނާ ކުރުމުގެ ފިޔަވަޅު އެޅީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލިޖީ އާއި ބެހޭ ޤާނޫނުން މިނިސްޓްރީ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މިފިޔަވަޅު އެޅީ އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލާއި ގައުމީ ސަލާމަތައްޓަކައި ކަމަށް ވެސް އިންޑިއާ ސަރުކާރުން ބުނެއެވެ.

އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން ތުހުމަކުކުރާ ގޮތުން، މަނާ ކުރި ބައެއް އެޕްލިކޭޝަންތައް މެދުވެރިކޮށް ބޭރުގެ ބައެއް ގައުމުތަކުން އިންޑިއާ މީހުންގެ ފޯނުގައި ހުންނަ މައުލޫމާތުތައް "ވަގަށް" ނަގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝޮޓްގަން

    ތީތި އެނބުރިއަންނާނެ ނިކަން ވަރުގަދަކޮށް. އިންޑިޔާ އަކަށް ޗައިނާ އަކާ ނުކުޅެވޭނެ. !
    ވަރަށް ވާހަކަމީ

    16
    4
    • މަ

      އިންޑިއާ ފަހަތަށް ޖެހޭ ހެން ޗައިނާ ބިރަކުން ނުފިލާނެ ??

      10
      2
  2. ބޯކިބާ

    އެ 6 ބިލިއަން ޑޮލަރު ވަންނާނީ އެމެރިކާގެ ފޭސްބުކާއި ޓުވިޓާއާއި ގޫގްލް ހިންގާމީހުންގެ ޖީބަށް، އިންޑިއާއަށް ލިބުނު މޮޅެއްނެތް، ހުރިހާ ފައިދާއެއް އެމެރިކާ ދެތިންމީހަކަށް.

    10
  3. އެމަންޖެ

    މީހަމަ އަންނިއާ މޯދީގެ ވިސްނުން ހުންނަގޮތަކީ.