ބުންވަރު ރަނގަޅުކޮށް އިތުރުކުރުމަކީ ގިނަ ބަޔަކު ސިއްހަތު ރަނގަޅުކުރުމަށްޓަކައި ވަރަށް ކުރަން ބޭނުންވާނޭ ކަމެކެވެ. އެގޮތުން ބުންވަރު ރަނގަޅުކުރުމަށްޓަކައި ތިބާ އާންމުކޮށް ކާ އެއްޗިހި ބަދަލުކޮށްލުމަކީ ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. ބުންވަރު ރަނގަޅުކޮށްދޭކަމަށް ފާހަގަކުރެވިފައިވާ އެތައް އެތައް ކާނާއެއް ހުރެއެވެ.

އެފަދަ އެއް ކާނާއަކީ ނަޓްސްގެ ބާވަތެއްކަމުގައިވާ އާމަންޑްސްއެވެ. އަމަންޑްސްއަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އީ އަދި އޮމެގާ 3 ހިމެނޭ އެއްޗެކެވެ. ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށްދީ، ސިކުނޑި ތާޒާކޮށްދިނުމުގެ އިތުރުން ހިތުގެ ސިއްހަތުވެސް އާމްންޑްސް ކެއުމުގެ ސަބަބުން ރަނގަޅުކޮށްދެއެވެ. އަދި މުޅި ދުވަސް އެއްކޮށް މީހާގެ ހަށިގަނޑު ހަކަތައިން ފުރާލައިދޭ އެއްޗެއްކަމުގައި އާމަންޑްސް ވަނީ ނަން މަޝްހޫރުވެފައެވެ. އާމްންޑްސްއަކީ ހަށިގަނޑަށް އެންމެ ފައިދާ ހުރި ކާނާކަމުގައި ބުނާ ފަރާތްތައްވެސް މަދެއް ނުވާނެއެވެ.

އާފަލަކީވެސް ބުންވަރު އިތުރުކޮށްދޭ އަދި ވަރަށް އާންމުކޮށް ކެއުމުގައި ބޭނުންކުރެވޭ އެއްޗެކެވެ. އެންޓި އޮކްސިޑެންޓްސް ގިނަ އަދަދަކަށް ހިމެނޭ އާފަލަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދީ ގިނަ އިރުތަކެއްވަންދެން މީހާ ގައިގައި ވަރުޖައްސައިދޭ މޭވާއެކެވެ. ހިތުގެ ސިއްހަތް ރަނގަޅުކޮށްދިނުމުގެ އިތުރުން، މީހާގެ ދިފާއީ ނިޒާމްވެސް ރަނގަޅުކޮށްދިނުމުގައި އާފަލަކީ ވަރަށް މުހިންމު މޭވާއެކެވެ.

ބީޓްރޫޓް ޖޫހަކީ ހަށިގަނޑުގެ ބުންވަރު ރަނގަޅުކޮށްދިނުމުގެ އިތުރުން މީހާ ވަރުބަލިކަން ފިލުވައިދިނުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. އޭގެ އިތުރުންވެސް ވިޓަމިން އޭ އަދި ވިޓަމިން ސީ ބީޓްރޫޓް ޖޫހުގެ ސަބަބުން ހަށިގަނޑަށް ލިއްބައިދެއެވެ. ހަށިގަނޑަށް އެންމެ ފައިދާހުރި އެއް ކާނާކަމުގައިވާ ބިހަކީ އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓްސްތަކާއި މިނަރަލްސްއާއި ވިޓަމިންސްގެ އިތުރުން ޕޮރޮޓީންސްގެ ސަބަބުން މީހާގެ ބުންވަރު އިތުރުކޮށްދޭކަމަށް ނަން މަޝްހޫރުވެފައިވާ ކާނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު