ފިލްމީތަރި ޖުމައްޔިލް ނިމާލްގެ މައްޗަށް ދެބެންދެދަރި ކޮއްކޮ ރޭޕް ކުރުމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް، ކުރިން ވެސް އެވާހަކަ އަޑުއިވިފައި އޮތް ކަމަށް ބުނެ، ފިލްމީތަރި ރަވީ ފާރޫގާއި އައިޝަތު ރިޝްމީ ރޭޕާއި ދެކޮޅަށް އަޑުއުފުލައިފިއެވެ.

ޖުމައްޔިލްގެ ރޭޕްގެ ޝިކާރައަކަށްވި ޒުވާނާ އަށް ދިމާވި ކަންކަމަށް އިޝާރާތްކޮށް ރިޝްމީ އޭނާގެ އިންސްޓަގްރާމްގައި ބުނީ "ހަތަރު އަހަރު ކުރިން އަހަރެންނަށް އަޑުއިވުނީ މިވާހައިގެ އެހެން ވާޝަންއެއް. ހަމަޔަގީން އެފަހަރު އަޑުއިވުނީ ބޮޑު ދޮގެއް ކަން. އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ އެންމެ ފަހުން އަނިޔާ ލިބުނު ޒުވާނާގެ ވާހަކަތައް އަޑުއިވުމުން." ކަމަށެވެ.

ރިޝްމީ ބުނީ އޭނާ ރޭޕާއި ދެކޮޅު ކަމަށާއި، ޖުމައްޔިލްގެ ފަރާތުން އަނިޔާ ލިބުނު ޒުވާނާއަށް އިންސާފު ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ރަވީ ކުރި ޓްވީޓެއްގައި އޭނާ ވެސް ވަނީ ޖުމައްޔިލްގެ ފަރާތުން އަނިޔާ ލިބުނު ޒުވާނާގެ ވާހަކަ ކުރިން އަޑުއިވިފައި އޮތް ކަމަށް އެއްބަސް ވެފައެވެ. ކުރިން އެއްވެސް ވާހަކައެއް ނުދައްކާ ހުރެވުނީތީ މަޢާފަށް އެދި ރަވީ ބުނީ އަނިޔާ ލިބުނު ޒުވާނާ ވާހަކަ ދެއްކުމުން އެޒުވާނާގެ ފަހަތުގައި މިހާރު އޭނާ ވެސް އެބަހުރި ކަމަށެވެ. ރަވީ ވަނީ އަނިޔާ ލިބުނު ޒުވާނާ އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާފައެވެ.

https://twitter.com/Ravee_Farooq/status/1279175041599500288

ޖުމައްޔިލްގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތާއި ގުޅިގެން އޭނާ އާއި ދެކޮޅަށް ބައެއް ފިލްމީތަރިން މީގެ ކުރިން ވެސް ވާހަކަ ދައްކާފައި ވެއެވެ. އޭގެ ތެރޭގައި ޖުމައްޔިލް އާއި އެކު ބައެއް ފިލްމްތައް ކުޅެފައިވާ ފިލްމީތަރި މަރިޔަމް އައްޒަ ވެސް ހިމެނެއެވެ.

ޖުމައްޔިލްގެ އަމަލު ބޭޒާރުވުމުން ދެ ސްޓޫޑިއޯ އަކުން ވަނީ އޭނާ އާއި އެކު އިތުރު މަސައްކަތައް ދެން ނުކުރަން ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓައްޕު

    ޢަޑު އުފުލުމަކުން ނުނިމެއެވެ މުޖްތަމައު އިސްލާހު ކުރުމަށްޓަކައި ކުށްތަކުން ތޯހިރު ކުރުމަށް ޓަކައި ހެޔޮލަފާ އިސްލާމީ އަޚްލާގް ލިބިފައިފާ މައިން ބަފައިން ތަކަކަށް ގައުމު އެދެޔެވެ ހެޔޮލަފާ ފިރިހެން ދަރިން އުފަންކުރުމަށް ޓަކައެވެ އިންސާނިއްޔަތު ދެކެ ލޯބިވާ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގާބިލްކަން ލިބިފައިވާ އިސްލާމީ އަޚްލާގް ލިބިފައިވާ ފިރިހެނުން އުފެއްދުމަކީ މައިން ބަފައިންގެ ޒިންމާއެކެވެ

    36
    3
  2. އަންނި

    ކަލޭމެން އެންމެން އެނަޔައް ފިލްމުކުޅުމުގެ ފުރުސަތު ދޭންޖެހޭނީ.

    14
    7
  3. އެމަންޖެ

    ރިސްމީ އަދި ރަވީ އަދިނުވޭ ތިޔަވާހަކަ ދައްކާކައް އޭނާ އިތުރު އެހެން ކުއްޖަކާ ބެހޭދުވަހަކުން ވާހަކަ ދައްކަން މަޑުކޮއްލާ.

    20
    4
  4. Anonymous

    ރިޝްމީ ކަލޭމެން ކުޅޭ ފިލްމުތަކުގަ ރޯ އޯރިޔާމުން ހުންނައިރު އެކަން އިސްލާހުކޮއްބަލަ... ހާދަ ރުޅި އަންނަމީހެކޭ މީ.... ފޫހި.... ??

    26
    4
  5. ރަޝްމާ

    ހުރިހާ އެންމެނަށްވެސް އިނގިފަ އޮތް ކަމެއް ދޯ. އަދި ކިރިޔާ އާންމުނަށް އިނގުނީމަ ނޭނގޭ ކަމަށް ހެދިގެން

    18
    2
  6. އެދުރު

    ބަރަހަނާކޮށް ތިބެ ގައިގޯޅިވެ ތިކުޅޭ މުޑުދާރު ފިލްމުތަކަކީވެސް ރޭޕްކުރާ މީހުންނަށް ދެވޭ ހިތްވަރެއް

    19
    1
  7. ވޮލް1

    އެންމެން އެކައްޗެއް.. ކީކޭ ދެން ބުނާނީ