ފިލްމީ އެކްޓަރު ޖުމައްޔިލް ނިމާލަކީ ޑާކްރެއިން އިންޓަޓައިންމަންޓް ނަގައި "ކޮޅަށް ޖެހުމުގެ" އެންމެ ބޮޑު އިސް މޭސްތިރިޔާއެވެ. "ވާށޭމަށާ އެކީ" އާއި "މީ ލޯތްބަކީ" އާއި "ގޮއްރާޅު" އަދި "މާމުއި" ފަދަ ފިލްމުތަކުގައި ޖުމަލްގެ ހުނަރުވެރިކަމާ ހުރެ، އެތައް ބައެއްގެ މަގުބޫލުކަން ޑާކްރެއިން އަށް ލިބުނެވެ. ޖުމައްޔިލްގެ ކުޅަދާނަ ކަމާ ހުރެ، ގިނަ އަންހެނުންގެ ސަމާލުކަން އޭނާ އަށް ލިބުނެވެ. އެއީ ހަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.

ނަތީޖާއަކަށްވީ، ޑާކްރެއިން އިން އުފައްދާ ކޮންމެ ފިލްމެއްގެ ލީޑް ރޯލް އިން ޖުމައްޔިލް ފެނުމެވެ. އެކަމަކު، ޖުމައްޔިލްގެ ބޮލުގައި "ރެޕިސްޓެއްގެ" އިލްޒާމް އެޅުމާ އެކު، މިއީ އޭނާ އާއި ޑާކް ރެއިންގެ މޫނުމަތީގައި ޖެހުނު ބޮޑު ލައްގަނޑެކެވެ. މިކަމުން އަރައިގަތުމަށް ފަސޭހައެއް ނުވާނެއެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެއް އެކްޓަރު ޖުމައްޔިލްގެ މޫނު މަތީގައި "ތަފާލެއް" ޖެހުނީ ގިނަ ފިލްމުތަކެއްގެ މަސައްކަތާ ހަވާލުވެފައި އޮއްވައެވެ. އެގޮތުން ފިލްމު "ނޮވެމްބަރު"، "ނީނާ" އަދި "ޕްލޭން ބީ" އަކީ ވެސް ޖުމައްޔިލް ފެންނަން ހަމަޖެހިފައި އޮތް ފިލްމުތަކެވެ. އެ ފިލްމުތަކުގެ ބައެއް ޝޫޓިންތައް ނިމިފައިވާ އިރު، ޝޫޓިންތަކުގައި ޖުމައްޔިލް ބައިވެރިވެފައިވެއެވެ.

އެކަމަކު، މި ހުރިހާ މަސައްކަތަކަށް ދެން ވާނީ ކިހިނެތް ހެއްޔެވެ؟

ޖުމައްޔިލް

ޖުމައްޔިލް، އަންހެން ކޮއްކޮ ރޭޕް ކުރި ކަމުގެ ބޮޑު ތުހުމަތެއް!

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް އޭނާގެ ދެބައިންގެ ދެ ދަރި އަންހެން ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް މި ދޭތެރެެ އިން ފެންމަތިވީ އަނިޔާވި ޒުވާނާ ޓުވިޓާ މެދުވެރިކޮށް އެ ތަފްސީލްތައް ކިޔައި ދިނީމައެވެ. އެކަމަކު އޭނާ ބުނާ ގޮތުން އެއީ އެތައް އަހަރެއް ކުރިން ހިނގި ކަމެކެވެ. އެކަމުގައި އިންސާފު ހޯދަން ކޮންމެ ދޮރަކުން ވަންނަން ޖެހުނަސް އެ ޒުވާނާ މިއަދު ހުރީ ތައްޔާރަށެވެ.

ޖުމައްޔިލްގެ މައްޗަށް ކުރެވޭ މި ސީރިއަސް ތުހުމަތާ އެކު ފިލްމީ ދާއިރާގެ އެއްވެސް މީހަކު މިވަގުތު އޭނާއާ އެކީގައި މަސައްކަތް ކުރަން ބޭނުމެއް ނުވާނެއެވެ. އަދި މިހާ ބޮޑު ތުހުމަތެއް ކުރެވޭ މީހަކާ އެކީގައި އަންހެނަކު މަސައްކަތްކޮށްފި ނަމަ، އެމީހަކަށް ވެސް ފާޑު ކިޔުން ގާތެވެ. މިވަގުތު ފިލްމީ ތަރިންގެ ވިސްނުން ވެސް ހުރީ ރޭޕިސްޓުން ހިފައި ހައްޔަރު ކުރުމަށެވެ. ގިނަ ފިލްމީ ތަރިން ވެސް އަޑު އުފުލަނީ ރޭޕްއާ ދެކޮޅަށެވެ.

ޖުމައްޔިލްގެ ދިފާއުގައި މިއަދު ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދެވެ.

އައިފިލްމްސްގެ ފިލްމްތަކުން ޖުމައްޔިލް ވަކިކޮށްފި

ފިލްމީ އިންޑަސްޓްރީގައި މިވަގުތު އެންމެ ނަން ހިނގާ ޖުމައްޔިލް ވަނީ މީގެކުރިން އެތައް ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ފިލްމީ ދާއިރާ އިން އެންމެ މޮޅު އެކްޓަރުގެ ގައުމީ އެވޯޑާއި އެންމެ މޮޅު ނިއު ކަމާގެ ގައުމީ އެވޯޑް ހިމެނެއެވެ.

ޑާކްރެއިން އެންޓާޓެއިންމެންޓް ފިލްމްތަކުން ޖުމައްޔިލް ވަކިކޮށްފި

އެކަމަކު، އޭނާގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެވިފައި ވާތީ، ފިލްމީ އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުން ވެސް ދުރަށް ދާން ފަށައިފިއެވެ.

ޖުމައްޔިލްގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން، އޭނާއާ އެކު މަސައްކަތް ކުރުން "އައި ފިލްމްސް" އިން ވަނީ ހުއްޓާލައިފައެވެ. އަދި ޖުމައްޔިލް މީހަކަށް ހެދި، ޑާކްރެއިން އިން ވެސް ވަނީ އެ ތަނުން ކުރާ މަސައްކަތުގައި ޖުމައްޔިލް ބައިވެރި ނުކުރަން ނިންމައިފައެވެ.

ޖުމައްޔިލް އަށް ފިލްމެއްގައި އެކްޓު ކުރަން މި ދުވަސްކޮޅު ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.

އެކަމަކު، މުސްތަގުބަލްގައި ވާނެ ގޮތެއް ނޭނގެއެވެ.

މީގެކުރިން ރާއްޖޭގައި ބައެއް މަޝްހޫރު ފިލްމީ ތަރިންގެ ފަރާތުން އަހުލާގީ އެތައް މައްސަލަތަކެއް ފެންމަތިވިއެވެ. އަދި އެ ތަރިންނަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ދުވަސްކޮޅެއް ފަހުން ވަނީ ފިލްމީ ދާއިރާއާ އަލުން ގުޅިފައެވެ.

ޖުމައްޔިލް އަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ އަށް ގުޅުމުން، ބުނީ މިވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު، ސުވާލަކީ ޖުމައްޔިލްގެ ފިލްމީ ކެރިއަރަށް ދެން ވާނީ ކިހިނެއްބާއެވެ؟

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުޖައްރިބު

    ދެން އަވަހަށް ތައުބާވެ ދީނަށްރުޖޫއަވޭ ދަރިފުޅާ.. މިފަނާކުރުވަނިވި ދުނިޔޭގަ ނާޗަރަންގީ ކުޅޭނެވަގުތެއްނެތް!!އުފާކުރޭ ތިފާފަ ކޮށްކޮށްހުއްޓާ މަރުވުމުގެކުރިން ފުރުސަތެއް ލިބުނީތީވެ!

    67
    2
  2. ސަންފައްތަ

    އެމީހެއްގެ ކުރިމަގާމެދު ވިސްނާނީ އެމީހަކު. ތިއީ އެހެންމީހުންނާ ސުވާލުކުރަން ޖެހޭނެ ކަމެއްނޫން. ތިމާގެ މުސްތަޤުބަލު ތިމާގެ އަތުން ކޮށާ ވަޅުލިމީހެއްތީ. ތިކަމާ އަހަރުން ނުވިސްނަން. ޙައްޤު އަދަބުދީ. އަހަރުންވެސް ރޭޕާ ދެކޮޅު.

    35
    2
  3. އަލީ

    އޭނާޖެހޭނީ ޖަލަށްދާން. ރޭޕިސްޓުންނަށް މިގައުމުގައި މިނިވަންކޮށް އުޅެވިގެން ނުވާނެ.

    37
    6
  4. އަންނި

    ޖުމައްޔިލްގެ ކުރިމަގު އަދި ހަމައޮތީ ކުރިޔައް މިގައުމުގަ ބާރުހިނގާ ގަދަރުވެރި ރޭޕިސްޓުން ނަކައް ލާހިކެއް ނޫން އަދަބުދީ އެކަން އެއީވެފަ އޮތްކަމެއްކަން ސާބިތުކޮއްދޭކައް.

    34
    4
  5. ވަރަށް ދެރަ....

    ޖުމައްޔިލް ކިހިނެއް ތި ހެދީ... ކައެގެ ކުރިޔައްއޮތް ފިލްމުތަކުގެ މުޅި އެތި ފަނިވީނު ކައެ އާހެދި? ވީވިލް މިސް ޔޫ!?

    16
    25
  6. Anonymous

    އޭނާ އޭ ކިޔައިގެން ނުލިޔެބަލަ
    އަނެއްކާ ރާއްޖޭގެ ސުޝަންތު އަށް ވެދާނެ
    އަމިއްލައަށް މަރުވެދާނެ

    3
    5
  7. ދިދަ ދަނޑި

    އޭނަގެ ކުރިމަގަށް ވާގޮތެއް ވެދާނު.. އަހަރުމެނަށް ކީއްތަ..

    11
  8. ކާޅު

    ކުރިމަގޭ ކިޔައިގެން މިތާ ވާހަކަ ދައްކަން ކަލޭމެންގެ ލަދު ކޮބާ؟

  9. ނުބުނާނަން

    އޭނަ ބެހުނު ކުއްޖާގެ ހާލު ބަލައިލަން ކިހިނެއް ވާނީ

    13
  10. ތޮކިގތދދ

    ތިޔަބުނާ ކަމެއް ހިނގިއިރު ޖުމައްޔިލައްވާނީ 18 ވަރަކައް އަހަރު ނޫންތޯ؟ 18 ފުރުން ކަމެއްވެސް ނޭނގެ! ސޯ އެކުދިން ވަރައް ޅަވާނެ އެއްނު އޭރު ލައިކް ހެޔޮނުބައި ކިރިޔާ ވަކިވާނީ, ނޫންތަ؟؟

    4
    4