ރިއަލިޓީ ޓީވީ ޝޯ ކީޕިން އަޕް ވިތް ދަ ކާޑިޝަންގެ ތަރިންގެ ތެރޭގައި ހިމެނޭ ކައިލީ ޖެނަރ އަދި ކެންޑަލް ޖެނާ އަށް މަޖޫރީންނަށް މުސާރަ ނުދޭކަމުގެ ތުހުމަތުކޮށްފިއެވެ.

ބަންގްލަދޭޝްގައި ހުންނަ ކައިލީ ފެކްޓްރީ އިން އެންމެ ފަހުން އުފެއްދި ކެންޑަލް ޕްރޮޑަކްޓްގެ ފައިސާ އެއްވެސް މަޖޫރީއަކަށް ނުދޭކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރުމާއި އެކު ކައިލީ އާއި ކެންޑަލްއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

މިދުވަސްކޮޅު މަޝްހޫރު ބައެއް މީހުން އެ މީހުންގެ މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލަ ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ބިއޯންސެގެ ބައެއް ޕްރޮޑަކްޓްތަކުގައި މަސައްކަތް ކުރި މީހުންނަށް ދޭން އެއްބަސްވި މުސާރަ ނުދިން މައްސަލަވެސް މީޑިއާގައި ފެންމަތިވިއެވެ.

ކޮވީޑް-19 ފަދަ ހާލަތެއް ދިމާވެގެން އުޅޭ އިރު އެފަދަ ކަމެއް ކުރުމަކީ އިންސާނިއްޔަތުކަމާއި ޚިލާފުކަމެއްކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

މި ޚަބަރުތަކައި އެކު ކެންޑެލް ޕްރޮޑަކްޓްގެ ވިޔަފާރިއަށް ވެސް ވަނީ ނޭދެވޭ އަސަރުތަކެއްކޮށްފައެވެ.

"އަހަރުމެން ބޭނުންވޭ ބުނަން ބަންގްލަދޭޝްގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް މުސާރަ ނުދޭކަމަށް ބުނެ ފެތުރެމުންދާ ޚަބަރަކީ ދޮގެއްކަން." އެ ބަޔާނުގައިވެއެވެ.

ކައިލީ ޖެނަގެ މަޝްހޫރު މޭކަޕް ބްރޭންޑް ކަައިލީ އިން އޭނާގެ ކޮއްކޮ ކެންޑަލް ޖެނަ އާ ގުޅިގެން އާ މޭކަޕް ލައިނެއް ތައާރަފްކުރީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ.

ރީތިވުމަށް ބޭނުން ކުރާ އެކި ބާވަތުގެ ސާމާނާއެކު ލޯންޗް ކުރި މި ކޮސްމެޓިކްސް ލައިން އަށް ނަން ދީފައިވަނީ "ކެންޑަލް"ގެ ނަމުންނެވެ. ކެންޑަލް އަކީ ކަޑާޝަން އާއިލާގެ މެމްބަރުންގެ ތެރެއިން އެންމެ ފަހުން ކައިލީ އާ ގުޅިގެން އޭނާގެ މޭކަޕް ބްރޭންޑާ ގުޅޭ އައިޓަމްތަކެއް ތައާރަފް ކުރި މެމްބަރެވެ. މީގެ ކުރިން ކިމް ކަޑާޝިއަން އާއި ކްލޯއި ކަޑާޝިއަންވެސް ވަނީ ކައިލީ އާ ގުޅިގެން މެކަޕް ބްރޭންޑްތަކެއް ގެނެސްދީފައެވެ.

ކައިލީގެ އަމިއްލަ އޮރިޖިނަލް ބްރޭންޑްތަކާއި އެއްވަރުގެ މަގްބޫލްކަމެއް އެ ބްރޭންޑްތަކަށް ލިބިފައި ނުވި ނަމަވެސް، ކެންޑަލް ޖެނައަކީ މުޅި ދުނިޔޭގައި ވެސް އެންމެ އަގު ބޮޑު މޮޑެލްކަމަށް ވާތީ މި މޭކަޕް ލައިނަށް ބޮޑު ތަރުޚީބެއް އައީ ލިބެމުންނެވެ.

ކެންޑަލްގެ ރިލީޒް ފާހަގަކުރަން އޭނާ ގާތް މީހުންނާއި އެކު ބޭއްވި ޕާޓީގައި ވެސް ކޮވިޑް-19 އާއި ގުޅިގެން ނެރުނު ގައިޑްލައިންތަކާއި ޚިލާފުވެފައިވާ ކަމަށް ބުނެ އާއްމުން ވަނީ ފާޑުކިޔާފައެވެ. އެގޮތުން އުސޫލާއި ޚިލާފަށް އެ ޕާޓީއަށް ބައެއް މީހުން ދިޔަކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިޖްތިމާއީ ގައިދުރުކަން ފަރިތަކުރަން ޖެހޭތީ ބޮޑު ހަފްލާއެއް ނުބޭއްްވުމުން، އެ ޕްރޮޑަކްޓް އިޝްތިހާރު ކުރުމުގެ މަސައްކަތް ކައިލީ އާ ކެންޑަލް ކުރީ މީސް މީޑިއާ މެދުވެރިކޮށެވެ.

އެ ދެ މީހުން ވަނީ ކައިލީގެ ދަރިފުޅު ސްޓޯމީ އާއެކު ކުޅެފައިވާ ވީޑިއޯއެއްގައި އެ މޭކަޕް ޕްރޮޑަކްޓްތައް ގަތުމަށް ފޭނުންގެ ކިބައިން އެދިފައެވެ.

އެ ބްރޭންޑްގެ ބޭރުގައި ޖަހާފައި ވަނީ ކެންޑަލް އާއި ކައިލީ އެކުގައި ނަގާފައިވާ ފޮޓޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުނިޔަ

    ހުސް ރިޒާދޯ މިއުޅެނީ؟

    13
  2. އެމަންޖެ

    ތިޔައްވުރެން ގޯހޭ މިއުޅޭ ކެނެރީގޭ ބުއްޅަބޭ އޭނަޔާ އޭނަގެ އައުވާނުން ދިވެހި ދައުލަތް ކައި ހުސްކޮއްފިޔޭ.

    6
    2
  3. ނުބައި

    ކެންޑަލް ގެ ކޮއްކޮ އަކީ ކައިލީ.. ކައިލީ ގެ ކޮއްކޮ އެއްނޫން އެއި..