ދުނިޔޭގައި ޤާއިމްކުރި ފުރަތަމަ ރަނުން ޖަރީކުރި ހޮޓެލް، ވިއެޓްނާމްގައި ހުޅުވައިފިއެވެ.

މިއީ މިފަދަ ހޮޓެލްއެއް ހުޅުވި ފުރަތަމަ ފަހަރު ކަަމަށް ވާއިރު އެތަން ޖަރީކުރީ ރަނުގެ ފަށަލަތަކެއް ބޭނުންކޮށްގެންނެވެ. އަދި އެތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް ކޮފީވެސް ދެނީ ރަނުން ހަދާފައިވާ ތަށްޓެއްގައެވެ. އަދި ފެންވަރާ ތަން ވެސް ޖަރީކޮށްފައި ވަނީ ރަނުގެ ފަށަލައަކުންނެވެ.

މި ތަނަކީ 5 ތަރީގެ ހޮޓެލްއެކެވެ. 5000 ސްކުއަރ މީޓާސްގެ މިތަނުގައި ޖަހާފައިވާ މަށިން ހަދާފައިވާ މުށިވެސް ވަނީ ރަނުން ޖަރީކޮށްފައެވެ.

މި ހޮޓެލް ހުންނަނީ ބެންކް އޮފް ގިނަގް ވޯ ލޭކް ކައިރީގައެވެ. އެތަނުގައި ރަނުގެ ފަށަލަތަކެއް ލާފައިވާ ޕޫލްއެއްވެސް ހުރެއެވެ.

އެތަނުގައި 24 ކެރަޓްގެ ރަން ބޭނުންކޮށްފައިވެއެވެ.

އެތަނަކީ ލަގްޒުރީ ފެންވަރުގެ ޚިދުމަތް ލިބޭ ތަނަކަށް ވާއިރު، އެތަނުގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.

އެތަނުގެ އަގު ބޮލަކަށް 250 ޑޮލަރަށް އަރާއިރު އެހެނިހެން ޚިދުމަތްތަކުގެ ވެސް އަގު ބޮޑެވެ. އެހެންނަމަވެސް އެތަނުން ލިބޭ ޚިދުމަތާއި އަޅާ ބަލާއިރު އަގު އެކަށީގެންވާ ކަމަށް އެ ހޮޓަލް އިން ބުނެއެވެ.

ކޮވިޑް-19 އިގެ ހާލަތު އޮތްނަމަވެސް އެ ހޮޓެލް އަށް ދަނީ އެތައް ބައެއްގެ ތަރުޚީބު ލިބެމުންނެވެ.

އެތަނަށް އާދައިގެ މީހުންނާއި، މުއްސަނދިންވެސް އަންނަ ކަމަށާ އެންމެންނަށް ވެސް އެއް ފެންވަރެއްގައި ޚިދުމަތްދޭކަމަށް އެ ހޮޓެލްއިން ބުނެއެވެ.

އެ ހޮޓެލްގެ ތަންތަން ރަނުން ޒީނަތްތެރި ކުރުމުގެ އިތުރުން، އެ ހޮޓެލް އިން ގަދީމީ ވިއެޓްނާމުން ފެނުނު ކުލަތައް ފެންނަން ހުންނާނެ ކަމަށާ، އެއީ އެތަން ޚާއްސަވާ ސަބަބެއްކަމަށް ވެސް އެ ހޮޓެލްގެ މެނޭޖްމެންޓުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުނިޔަ

    250 ޑޮލަރު ރެއަކަށް ބޮލަކަށް ނެގުމަކީ މިރައްޖޭގެ މަތީފެންވަރުގެ ރިސޯޓަކަށް ބަލާއިރު، ހީލޭފަދަ...

    34
    1
  2. Anonymous

    އެއްގޮތަކަށްވެސް އަގުބޮޑެއްނޫން. ރަނގަޅު ޢަދަދުބާމީ
    ރާއްޖޭގައި މާއަގުބޮޑު ރަންބިސްއަޅާ ކުކުޅަށްވީމަ

    11
    1
  3. އެމަންޖެ

    ރާއްޖޭގަ ލަގުޒަރީ ފެންވަރުގެ ރިސޯޓެއްގަ ރެޔަކައް މަދުވެގެން 32500 ޑޮލަރު ހަރަދު ކުރަން ޖެހޭ އެކަމް ދިވެހި ގައުމުގެ މާލިއްޔަތު އަބަދު އޮންނަނީ ބަނޑައް ޖެހިފަ.

    41
    1