އިންޑިއާގައި ރާމާމަކުނެއް ދަން ޖެއްސުމުން ގިނަ ބަޔަކު ރަތައް

އިންޑިއާގެ ޓެލެންގަނާގެ ވިލޭޖެއްގައި ރާމާމަކުނެއް ދަންޖައްސައި މަރާލި މައްސަލާގައި ގިނަބަޔަކު ރުޅި ގަދަވެއްޖެއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގާދިޔަ އެ ހާދިސާގެ ވީޑިއޯ މީސް މީޑިއާގައި ވަނީ އާއްމުކޮށްފައެވެ. އެ ވީޑިއޯ އާއްމުވުމާއެކު އެތައް ބަޔަކު ވަނީ އިންސާނުންގެ އިންސާނިއްޔަތު ކަމެއް ނެތް ވާހަކަ ދައްކަމުންނެވެ. އެކަމާއި އެތައް ބަޔަކު ރުޅިގަދަވެގެން ވާހަކަދައްކާފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ދުވަސްތަކުގައި ރާމާމަކުނުތައް ބައެއް ދަނޑުބިންތަކަށާއި، ޚައްމާމް ވިލޭޖުގައި ބައެއް މީހުންގެ ގޭގެއަށް ވަނީ ވަދެފައެވެ. އެކަމާއި ހެެދި މީހުންނަށް އުނދަގޫވެގެން، މަކުނުތަކަށް އިންޒާރު ދިނުމުގެ ގޮތުން، އެތަނުން މަކުނެއް ވަނީ އަތުލައިގަނެފައެވެ. އަދި އެ މަކުނު ގަހެއްގައި ދަންޖައްސައި ވަނީ މަރާލާފައެވެ.

އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވުމާއެކު، ގިނަބައެއްގެ ފާޑުކިޔުންތައް އެ ވިލޭޖުގެ މީހުންނަށް ވަނީ އަމާޒުވެފައެވެ.

މިކަމާއި ގުޅިގެން އެ މީހުންނާއި މެދު ފިޔަވަޅު އަޅަން އެތައް ބަޔަކު ދަނީ ގޮވަމުންނެވެ. އެގޮތުން ފޮރެސްޓް ރޭންޖް އޮފިސަރަކު ވަނީ، އެކަމުގައި އިސްކޮށް އުޅުނު ތިން މީހަކާއި ދެކޮޅަށް މައްސަލައެއް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެ މައްސަލާގައި ތިން މީހަކު ހައްޔަރު ކުރިއެވެ. ނަމަވެސް ފަހުން ކަފާލާތުގެ ދަށުން އެ މީހުން ވަނީ ދޫކޮށްލާފައެވެ.

އިންޑިއާގައި ޖަނަވާރުންނަށް އަނިޔާ ދޭ މައްސަލަ ވަނީ ވަރަށް ބޮޑު ވެެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ތީ ކަލޭމެންނައް ކުރަން އެނގޭނެ ކަމަކީ ތިގައުމުގަ އުޅޭ މުސްލިމުން ހެޔޮމަރާ ރޮލާ ކެޔަސް ކަލޭމެންނަކައް ހަމަނޭވާއެއް ނުލެވޭނެ ތިކަހަލަ ކަންކަމަކު ހާއްސަކޮއް އަދި ގެރިއަކައް ކަމެއްވެއްޖާ.

    25
    2
  2. ައަހުމަދު

    އިންސާނިއްޔަތޭކިޔައިގެން ވަހަކަދައްކަން ޖެހޭނީ އިންސާނިއްޔަތަށް އިހްތިރާމް ކުރާބައެއް، ތިޤައުމުގައި ދުވަލެއްގެ މައްޗަށް އެތަށް ރޭޕްއެއް ކޮށް އެތަށް ބައެއް މަރަމުން ދާއިރު އެކަންތަށް ހުއްތުވަން އުޅުނިއްޔާ މާރަނގަޅެއްނޫން. އެތަައް މުސްލިމުންނަކަށް އަނިޔާކޮށް މަރާއެބަހަދާ އެނުވޭދޫ އިންސާނިއްޔަތާ ޚިލާފް ކަމަކަށް.

    13
    1
  3. ޖާހަތް ނެތިދާނެ

    ޖާހިލުން ގިނަ ކުފުރުގެ ބިމެއް..ތައުހީދުގެ ބާރު ގަދަވާނި އެންމެ ފަހުވަގުތު އެތާނގަ..ޒާކިރް ނައިކް އަށް ސަލާމަތް ތެރިކަން މިންވަރު ކުރައްވާށި....އާމީން

    15
    1