މިދިޔަ ޖޫން 15 ވަނަ ދުވަހު އިންޑިއާ އަދި ޗައިނާ ސިފައިންނާއި ދެމެދު ކުރިމަތިލުންތަކާއި ގުޅިގެން އިންޑިއާއިން އެ ގައުމުގައި މަނާ ކުރި ޗައިނާ އެޕްލިކޭޝަންތަކުގެ ތެރޭގައި ޓިކްޓޮކް ހިމެނެއެވެ. އިންޑިއާގެ ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެން ގޮސްފައިވާ ޓިކްޓޮކް އެ ގައުމުގައި ބޭނުން ކުރުން ހުއްޓުވުމާއެކު، އެ މީހުންގެ ހުނަރުވެރިކަން ދައްކާނެ އެއްވެސް ގޮތެއް ތިބީ ނެތިފައެވެ.

ޓިކްޓޮކްއަކީ ޒުވާނުންގެ ނެށުމުގެ ހުނަރާއި އެކްޓް ކުރުމުގެ ހުނަރު އެހެން މީހުންނަށް ދައްކުވައިދޭ އެތައް މިލިއަން ބަޔަކު ބޭނުން ކުރަމުންދާ އެޕެެކެވެ. އެ އެޕް އިންޑިއާގައި ބޭން ކުރުމާއެކު އެތައް ބަޔަކު ރުޅިވެރިކަންވެސް ފާޅުކުރިއެވެ.

މު ރުޅިވެރިކަމަށް ނިމުމެއް ގެނައުމަށް އިންޑިއާގައި މިހާރު މި ވަނީ ޓިކްޓޮކްއާ ވައްތަރު އެހެން އެޕްލިކޭޝަންއެއް ނެރެފައެވެ. މިއީ އިންޑިއާ އެޕްލިކޭޝަންއެކެވެ. ނަމަކީ ޓިކްޓިކް އެވެ.

މި އެޕްލިކޭޝަންއަށް އިންޑިއާ މީހުންގެ ބޮޑު ސަމާލުކަމެއް ދަނީ ލިބެމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، މި އެޕްލިކޭޝަން ނެރުނުތާ މާ ގިނަ ދުވަހެއް ނުވަނީސް މިހާތަނަށް 30،000 އަށްވުރެ ގިނަ ފަަހަރު މި އެޕްލިކޭޝަން ޑައުންލޯޑްކޮށްފައި ވެއެވެ.

މި އެޕްލިކޭޝަން އުފެއްދުމުގެ ފަހަތުގައި އޮތީ ކެރެލާގެ ޔުނިވާސިޓީ ކޮލެޖް އޮފް އިންޖީނިއަރިންގގައި އިންފޮމޭޝަން ޓެކްނޮލޮޖީ ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ އަޝިޝް އެވެ.

"އަހަރެން މި އެޕް ބްލޮގްސް އެޕްގެ ނަމުގައި ކުރިން އަޕްލޯޑްކޮށްފައި އިންނާނީ. ފަހުން ޓިކްޓޮކް ބޭން ކުރާނީ ޓިކްޓިކްގެ ނަމުގައި އަހަރެން އެޕް ރީލޯންޗް ކުރީ."

އަޝިޝް ބުނީ، އެ އެޕަކީ ޓިކްޓޮކްއަށްވުރެ މޮޅު އެޕަކަށް ވެނެ އެވެ.

"ޓިކްޓޮކްއަށް އެޕްލޯޑް ކުރެވޭނީ އެއް މިނިޓުގެ ވީޑިއޯ، އެކަމަކު ޓިކްޓިކްއަށް ކިތަންމެ ދިގު ވީޑިއޯވެސް ލެވޭނެ"،

އެހެން ނަމަވެސް މި އެޕްގައި ޓިކްޓޮކްގައި ހުންނަ ކަހަލަ ބައެއް ފީޗާތައް ނުހުންނާނެއެވެ. އެގޮތުން ޑުއެޓް ވީޑިއޯ ހެދޭ ފީޗާ ޓިކްޓިކްގައި ނުހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕަބްޖީ

    ދިވެހިރާއްޖެއިންވެސް ތިއެއް ބޭން ކުރަންޖެހޭ
    ޕަބްޖީ އޭ ހަމަ ބެސްޓް???

    20
    20
    • ކޯލް އޮފް ޑިއުޓީ

      އާން ތެދެއްތީ

      6
      4
  2. ކޯލް އޮފް ޑިއުޓީ

    އާން ތެދެއްތީ

    7
    3
  3. ޣޮޮދެކިލަަ

    ޞެސްތު
    ށަޅި

    4
    1
  4. އަންނި

    މިގައުމުގަ ލާދީނިއްޔަތައް ބާރުލިބޭ ހުރިހާ ކަމެއް ކުރެވޭނެ.