ޕާކިސްތާނުގައި އުމުރުން 24 އަހަރުގެ އަންހެނަކު ކުދި ގަލުން ތަޅާ ރަޖަމްކޮށްލައިފިއެވެ.
އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ ޖޫން 27 ވަނަ ދުވަހު އަނިޔާތަކާއެކު އިންޑުސް ހައިވޭ ކައިރިންނެވެ. އޭނާ ފެނުނުއިރު ބޮލަށާއި، ގައިގެ ތަންތަނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް ވެއެވެ.
އަދި އެއުމުގެ ފުލުހުންނަށް ވަނީ އެ މީހާއަކި ކާކުކަން ހޯދިފައެވެ. ފުލުހުން ބުނީ، އެ މީހާއަކީ ވައްޑާ ޗަހަރްއަށް ނިސްބަތްވާ މީހެއް ކަމަށާއި، އޭނާ މަރާލާފައި ވަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށެެވެ.
އަދި އެ އަންހެން މީހާއަށް ގަލުންނާއި، ދަނޑިބުރިންވެސް އަނިޔާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެ އަންހެން މީހާގެ ބައްޕަ އާ ހަވާލާދީ ފުލުހުން ބުނީ، އެ އަންހެން މީހާ މަރުވީ އޮޅިގެންކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އޭނާ ފުލުހުންނަށް ދިން ބަޔާން ބަދަލުކޮށްފައެވެ.
އޭނާ ބުނީ، އޭނާގެ ދަރިފުޅު މަރާލީ، ދަރިފުޅުގެ ފިރިމީހާ އާއި އޭނާގެ ބޭބެ ކަމަށެވެ.
އެ އަންހެން މީހާގެ ބައްޕަ ދަނީ ދަރިފުޅުގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދެމުންނެވެ.އަދި އެކަމާއި، އޭނާ ދަރިފުޅުގެ މަހާނަ ކައިރިއަށް ގޮސް ރޮއި ހަދާ ކަމަށް ވެއެވެ.
ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައެވެ.
އެ އަންހެން މީހާގެ ފިރިމީހާ ދިން ބަޔާނުގައި ބުނެފައިވަނީ، އޭނާ ކުދި ގަލުން ތަޅާ މަރާލުމުގެ ޒިންމާ އޭނާގެ އާއިލާއިން ކަމަށާއި، އެ މީހުންގެ އަހަންނާއި، އެ އަންހެން މީހާ ކައިވެނި ކުރަން ދެކޮޅު ކަމަށެވެ.
މިކަމާއި ގުޅިގެން އިތުރަށް ތަހުގީގު ހިންގުމަށް ހާއްސަ ޓީމެއް ވަނީ އުފައްދާފައެވެ.
އެއޮތީ އިސްލާމީ އެންމެ ހަރުކަށި އަދަބު ދީފަ. ދެން ކޮބާ އޮތް މޮޅެއް؟
ޢެއަ ދަބު އެ ދިނީ ހައްގުން ނެއް ނޫނެއްނު ޝަރީ އަތަކާ ނުލާ ހަމަ ތިބެފަ މީހަކުމަރާލީ އިސްލާމް ދީ ނުގަ އޮންނަ ގޮތެއްނޫން އެއީކީ ، ޝަރީއަތްކޮށް ޝަރީޢަތަށް ޘާބިތުވެއްޖެ ނަމަ އަ ދަބު ދޭނީ
ތިބުނާ ޝަރީއަތަކަށް މި ޤައުމުގަ ދުވަހަކު ކުށެއް ސާބިތުވާ ކަމަކަށް ނުވާނެ. މި ކުޑަކުޑަ ޤައުމުގަ އިސްލާމީ ޝަރީއަތް ތަންފީޒް ކުރަން ނުކެރެ. އިންސާފް ލިބެންވާ ފަރާތްތަކަށް އިންސާފް ނުލިބެ. އެކަމަކު އިސްލާމީ ޝަރީއަތެކޯ! ލަދުންވެސް ބޯ ހަލާކުވާވަރުވެ.
ކަމުގެދެކޮޅުނުބަލާ ދީނާއެކަންގުޅުވީތީ ހިތާމަކުރަން ﷲ ރަޖަމްކުރަންއަންގަވާފައިވަނީ ވަކިޝަރުތުތަކާއެކުގައެވެ. ހަމަމީހަކުހިތަށްއަރާއިރަށް އޮށްގަލުން ތަޅާމީހަކުމެރީމަ އެކަމަށް ރަޖަމް ކުރުމެކޭނުކިޔޭނެއެވެ. ޢެއީ ހަޖަމްނުވީ
ކަހުރަބުތައް ރޯހޭރޭނެ ދުވަސް އަ ދިއަންނާނެ އެ ދުހުން ސަލާމަތް ނުވާނެ
ބޯހަލާކުތައް ވަކި ރޮއި ނުހޭރޭނެތަ އެދުވަހު؟
ރަޖަމް ކުރަން އިސްލާމް ދީނުގައި އޮވޭތަ؟ ގުރުއާނުގެ ކޮން އާޔަތެއްގަ؟
ރަޖަމު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ ޙުކުމެއް. މީހަކު މަރާލުމަށް އޮށްގަލުން ތެލިޔަސް އެ ނުވާނެ ރަޖަމް ކުރުމަކަށް. ކާވެނީގެ އުފާ ޙާޞިލި ކޮށްފައިވާ މީހަކު ޒިނޭ ކޮށްފިކަން ޝަރީޢަތަށް ޘާބިތުވެ ކުރާ ޙުކުމާއި ގުޅިގެން ތަންފިޛުކުރެވޭ ޙުކުމެޢް ރަޖަމަކީ. ރަޖަމްގެ ޙުކުމަށް ކިތައްމެ ހިތްހަމަ ނުޖެހުނަށް އެޙުކުމަށް ފާޑުކިޔުމުގެ ގޮތުން ބުނެވޭ ކޮންމެ ބަހަކީ ދިނަށް ކުރެވޭ ފުރައްސާރައެއް
ރަޖަމު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ ޙުކުމެއް. މީހަކު މަރާލުމަށް އޮށްގަލުން ތެލިޔަސް އެ ނުވާނެ ރަޖަމް ކުރުމަކަށް. ކާވެނީގެ އުފާ ޙާޞިލި ކޮށްފައިވާ މީހަކު ޒިނޭ ކޮށްފިކަން ޝަރީޢަތަށް ޘާބިތުވެ ކުރާ ޙުކުމާއި ގުޅިގެން ތަންފިޛުކުރެވޭ ޙުކުމެޢް ރަޖަމަކީ. ރަޖަމްގެ ޙުކުމަށް ކިތައްމެ ހިތްހަމަ ނުޖެހުނަށް އެޙުކުމަށް ފާޑުކިޔުމުގެ ގޮތުން ބުނެވޭ ކޮންމެ ބަހަކީ ދީނަށް ކުރެވޭ ފުރައްސާރައެއް