ބޮލީވުޑްގެ ތަރި އުރްމިލާ މަޓޯންކަރު ސިއްރު ހަފްލާއެއްގައި ކައިވެނިކޮށްފިއެވެ.

އުރްމިލާ ކައިވެނިކޮށްފައިވަނީ ކަޝްމީރުގެ ވިޔަފާރިވެރިއަކާ ކަމަށް ރިޕޯޓްތަައް ބުނެއެވެ. ބުރާސްފަތި ދުވަހު އޮތް މި ކައިވެންޏާއި ގުޅޭގޮތުން އުރްމިލާ ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އޭނާ އާއި ފިރިމީހާގެ އާއިލާއިން އެ ކައިވެނީގެ ރަސްމިއްޔާތު ވަރަށް ކުޑަކުޑަ ގޮތަކަށް ބާއްވަން ބޭނުންވެގެން ޕްރައިވެޓްކޮށް އެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވީ ކަމަށާއި، އޭނާގެ ހަޔާތުގައި އަލަށް މި ފެށި ދަތުރުގައި އޭނާ އަށް ހެޔޮއެދޭ މީހުންގެ ހެޔޮއެދުން ބޭނުންވާކަމަށެވެ.

 

އުރްމިލާ ކައިވެނިކޮށްފައިވަނީ އޭނާ އަށް ވުރެ އުމުރުން 10 އަހަރު ހަގު މީހަކާއެވެ. އޭނާގެ ކައިވެނީގެ ހަފްލާއިން ބޮލީވުޑްގެ ފަރާތުން ފެނިގެން ސިޔައީ ޑިޒައިނަރ މަނީޝް މަލޯތްރާ އެކަންޏެވެ.

އުރުމިލާ ކައިވެނިކޮށްފައިވާއިރު، އޭނާ އާއި ދާދި އެއްއުމުރެއްގެ ބޮލީވުޑް އެކްޓްރެސް ޕްރިތީ ޒިންތާވެސް ވަނީ ފެބްރުއަރީ 29 ގައި ސިއްރު ހަފްލާއެއްގައި ކައިވެނި ކޮށްފައެވެ.

1995 ވަނަ އަހަރު "ރަންގީލާ" އިން ބޮލީވުޑަށް ތަޢާރަފްވި އުރްމިލާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ  2014 ވަނަ އަހަރު އޭނާ ކުޅުނު މަރާޓީ ފިލްމެއް ކަމަށްވާ "އަޖޯބާ" އިންނެވެ.

 

ADS BY THE PIZZA MANIA

 

ADS BY ASTERS

Comments are closed.