ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ މީޑިއާތަކާއި މަޝްހޫރު މަޖައްލާތަކުގައި އެންމެ ހަރު އަޑުން ދެކެވެމުންދާ އެއް ވާހަކައަކީ މަޝްހޫރު މޭކަޕް އާޓިސްޓު އަދި މޮޑެލްއެއްގެ އިތުރުން ރިއަލިޓީ ޝޯވް ތަރި، ކައިލީ ޖެނަރގެ ދަރިފުޅު ސްޓޯމީ ޖެނަރ، ކައިލީގެ ބޮޑީގާޑް ޓިމް ޗަންގް އާއި ވައްތަރު ވާހަކައެވެ.
އުމުރުން 20 އަހަރުގެ ކައިލީގެ ފުރަތަމަ ދަރިފުޅު ކަމުގައިވާ ސްޓޯމީގެ ބައްޕައަކީ ކާކުކަމާއި މެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، ގިނަ ބަޔަކު ބުނަމުންދަނީ ސްޓޯމީގެ ބައްޕައަކީ ޗަންގް ކަމަށާއި، އެ ކުއްޖާ އޭނާއާއި ހުރިހައި ގޮތަކުންވެސް ވައްތަރު ކަމަށެވެ.
ކައިލީ ވިހެއުމަށްފަހު ސްޓޯމީއާއި އެކު ނަގާފައިވާ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ޢާންމުކުރަމުންދާއިރު، ބައެއް ފަރާތްތަކުން ވަނީ އެ ފޮޓޯތަކުން ސްޓޯމީ އާއި ޗަންގް އާއި ވައްތަރުކަން ހާމަވާ އެތައް ކަމެއްގެ ވާހަކަ ދައްކާފައެވެ.
މިކަމާއި ގުޅިގެން ކާޑޭޝަން އާއިލާއިން ވަކި އެއްޗެއް ނުބުނި ނަމަވެސް، ކައިލީގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ރެޕަރ ޢާންމުކޮށްފައިވާ ޕޯސްޓެއްގައި، އޭނާއަށް ވެސް ކައިލީގެ ބޮޑީގާޑާއި ސްޓޯމީ ވައްތަރު ކަމަށް ވަނީ ބުނެފައެވެ.
ޓިގާ އާއި ޙަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، ކައިލީ އާއި ޗަންގް އާއި ދެމެދު ގުޅުމެއްވާކަމަށް ކުރިންވެސް ބެލެވުނު ކަމަށެވެ. އަދި އެ ދެމީހުންގެ ޢަމަލުތަކުން އެކަން ހާމަވާއިރު، ދެމީހުން އެކުގައި ވަރަށް ގިނަ ދަތުރުތަކުގައި ގޮސް އުޅޭކަމަށާއި، އެކަހެރިކޮށް އެދެމީހުން ވަރަށް ގިނައިން ބައްދަލުވެހަދާ ކަމަށް ބުނެފައި ވެއެވެ.
މި ވާހަކަތައް ދޮގު ކުރަމުން ކައިލީ ބުނަނީ ސްޓޯމީއަކީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ޓެވިސް ސްކޮޓްގެ ދަރިއެކެވެ. އެކަން ޔަޤީން ކުރުމަށް ޑީއެންއޭ ޓެސްޓް ހަދަން އެދުމުން ޓެވިސް ވަނީ އެކަމާއި ދެކޮޅު ހަދާފައި ކަމަށް ވެއެވެ. ކައިލީގެ ކުރިގެ ލޯބިވެރިޔާ ޓީގާ ވެސް، ސްޓޯމީގެ ބައްޕައަކީ ކާކުކަމާއި މެދު ސުވާލު އުފައްދާފައިވާއިރު، ކައިލީ މާބަނޑުވި ވާހަކަ ފުރަތަމަ ފެތުރު ދުވަސްކޮޅު އޭނާ ބުނެފައިވަނީ، ހަމަ ޔަޤީނުންވެސް އެ ކުއްޖާއަކީ އޭނާގެ ދަރިއެއް ކަމަށެވެ.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ތަމެން ވެސް ކައިވެނި ކޮށްގެން ތިބެ ތިޔާ ހަރުގެ ތެރޭގައި ކޮންމެ ރެއަކު ވަދެ ދަންވަރު އަލިފާނޯއި އޭ ކިޔާ ސްކްރީމް އެކުރަނީ އެއީ ކީއްވެތޭ މަމެން ބުނަން ނެތީމު ދޯ.
ވަގުތު އެހީން އެކުޖާއާ ހަވާލުވާންވީނު؟؟ ކުއްޖާއަށް ބެލުމުން ކަޅު ނަސްލުގެ އަސަރު ފެނޭ ކޮންމެވެސް މިންވަރަކަށް އެހެން ބޮޑީގާޑު ބޮލަށް ޖެހޭކަށް ވެސް ނެތް.. އެއީ ޗައިނާ ދަރިކޮޅު މީހެއް ކަޅު މީހެއް ނޫން
އަދި ވީ ޝައްކު ދޯ! އަދި އެއްކުއްޖަކު ހިލޭ ސާބަހަށް ވިހާދިނުމުން ކުޑަކޮށް ޔަޤީންވާނެ. އެކޮޔަށް
އެހެން ދޯ ވާނީ ނަހަލާލައް ވިހެއިީމަ
ހެޔޮ ނުވާނެ ކޮންމެވެސް މީހަކު އެކުއްޖާޔާ ހަވާލު ވެބަލަ ދޯ....