14 ވަނަ ގަރުނުގައި ދުނިޔޭގައި ފެތުރުނު ނުރައްކާތެރި ބަލިމަޑުކަމެއް ކަމަށްވާ "ބިޔޫބޮނިކް ޕްލޭގް" ޖެހިފައިވާ މީހަކު ޗައިނާއިން ފެނިއްޖެ އެވެ.

މި ބަލި ޖެހިފައިވާ މީހަކު ޗައިނާއިން ފެނުމާއި ގުޅިގެން، އޭނާ ނިސްބަތްވާ ސިޓީ މިހާރު ވަނީ ތިންވަނަ ދަރަޖައިގެ ސިއްޙީ ކުއްލި ހާލަތަށް ގެނެސްފައެވެ. މި ސަމާލު ނެރެނީ ގައިން ގަޔަށް ފެތުރޭ ނުރައްކާތެރި ބައްޔެއް 20 އަށްވުރެ ގިނަ ނުވާ އަދަދަކަށް މީހުންނަށް ޖެހުމުންނެވެ.

ޗައިނާއިން "ބިޔޫބޮނިކް ޕްލޭގް" ޖެހުނު މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާކަން އިދާރާތަކުން ނޫސްތަކަށް ކަށަވަރުކޮށްދިން ނަމަވެސް، އޭނާ އާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. އަދި އޭނާގެ ހާލާއި ގުޅޭގޮތުންވެސް އޮފިޝަލުން އެއްޗެއް ބުނެފައެއް ނުވެއެވެ.

"ބިޔޫބޮނިކް ޕްލޭގް" ގެ ބަލިމަޑުކަމަކީ މިހާތަނަށް ދުނިޔޭގައި ފެތުރުނު އެންމެ ނުރައްކާތެރި އެއް ބަލިމަޑުކަމެވެ. މި ބަލިމަޑުކަމުގައި 14 ވަނަ ގަރުނުގައި ދުނިޔެއިން ސަތޭކަ މިލިއަނަށްވުރެ ގިނަ މީހުން މަރުވި ކަމަށް ވެއެވެ. އެހެންކަމުން ޗައިނާއިން މި ބަލި ފެނުމާއި ގުޅިގެން، ބަލި ފެތުރިފައިވެދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރު ވެފައެވެ.

"ބިޔޫބޮނިކް ޕްލޭގް" ޖެހެނީ، "ޔާސިނީއާ ޕެސްޓިސް" ނަމަކަށްކިޔާ ޖަރާސީމެއްގެ ސަބަބުންނެވެ. އިންސާނުން "ބިޔޫބޮނިކް ޕްލޭގް" އަށް އިންފެކްޓުކޮށްލަނީ، ޖަރާސީމު އުފުލާ، ނުވަތަ އޭގެ އަސަރު ކޮށްފައިވާ ސެއްޅި ފަދަ ސޫފިތައް އިންސާނުންގެ ގައިގައި ދަތްއެޅުމުންނެވެ. ސޫފިތަކަށް މި ބަލި ޖެހެނީ، ބަލި ޖެހި މަރުވެފައިވާ މީދަލާއި މުސަޅު ފަދަ ފަދަ ޖަނަވާރުތަކުގެ ހަށިގަނޑުންނެވެ.

އިންސާނުންނަށް މި ބަލި ޖެހޭތާ އެއް ދުވަހާއި ހަތް ދުވަހާއި ދެމެދުގައި އޭގެ އަލާމާތްތައް ފެންނަ ކަމަށް ވެއެވެ. މި ބަލި ޖެހުމުން ކުއްލިއަކަށް ހުންގަދަވެ ގައިގައި އާއި ބޮލުގައި ރިއްސުމާއިއެކު، ހަށިގަނޑުގެ ބާރު ދަށްވުމާއި ހޮޑުލެވުމުގެ އިތުރުން ނޭވާލާން އުދަގޫވުންފަދަ ހާލަތްތަކާއި ދިމާވެއެވެ. އަދި މި ބަލީގެ ސަބަބުން ވޭންގަދަ "ލިމްޕް" ނުވަތަ ގޮށް ފަދަ ތަކެތި ހަށިގަނޑުގައި ނަގަގައި ދުޅަވެފައި ހުރެއެވެ. މިއީ މި ބަލީގެ އެންމެ އާންމު އެއް އަލާމާތްވެސް މެއެވެ.

އެހެން ގިނަ މިފަދަ ބަލިތަކެކޭ ވެސް އެއްފަދައިން "ބިޔޫބޮނިކް ޕްލޭގް" އަށް މެދުވެރިކުރާ ވައިރަހުގެ އަސަރު ފުއްޕާމެޔަށްވެސް ވަރަށް ފަސޭހައިން ކުރެއެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ހާލަތު ގޯސްވެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު މި ބަލީގައި އޮވެއެވެ.

ތާރީޚުން އެނގޭ ގޮތުން މީގެ އެތައް ޒަމާނެއް ކުރިން "ބިޔޫބޮނިކް ޕްލޭގް" ވަނީ ޗައިނާ އާއި އަވައްޓެރި އިންޑިއާ ހިމެނޭހެން އޭޝިއާ ސަރަޙައްދުގައި ވަރަށް ބޮޑަށް ފެތުރިފައެވެ. އަދި މި ބަލީގައި 1340 ވަނަ އަހަރާއި 1350 ވަނަ އަހަރާއި ދެމެދު އެކަނިވެސް ޔޫރަޕުގެ ޤައުމުތަކުގެ ބޮޑު އާބާދީއެއް މަދުވެދިޔަ ކަމަށް ވެއެވެ.

ދުނިޔޭގައި "ބިޔޫބޮނިކް ޕްލޭގް" ފެތުރުނުތާ އެތައް ޒަމާނެއް ވެގެން ގޮސްފައި ވާއިރު، މި ބައްޔަށް ފަރުވާ ކުރަން ބޭނުންކުރެވިދާނެ އެންޓިބަޔޮޓިކް މިހާރު ހުންނަ ކަމަށް ބުނެވެއެވެ. ނަމަވެސް މި ބައްޔަކީ މަދު ދުވަސްކޮޅަކުން، ބަލި ޖެހޭ މީހާގެ ހާލު ދެރަކޮށް ފުރާނައަށް ނުރައްކާ ކުރާ ބައްޔެއް ކަމުން، ދުނިޔޭގައި ހަލުވިކަމާއެކު ބަލި ފެތުރިއްޖެ ނަމަ ހާލަތު ގޯސްވުމުގެ ފުރުސަތު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސާބަސް

  އަނެކާ އަނެ ކަންތަ

  46
  3
 2. މިސްއިންފޯމޭޝަން ކްލިޔަރ

  ޔާސިނީއާ ޕެސްޓިސްއަކީ ވައިރަހެއް ނޫން. އެއީ ބެކްޓީރިއާއެއް. މިބެކްޓީރިއާ ނުރައްކާތެރި މިވަނީ އެންޓި ބަޔޮޓީކަށް ނުގުޑާފާނެތީ. މިބައްޔަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް. މިދަލާއި އުކުނާއި ސެއްޅިއާއި ބުޅަލާއި ކުކުޅުގެ ސަބަބުން މާސްކް އަޅައި ލޮކްޑައުން ކުރިޔަސް މިބަލި ފެތުރިގެން ދާނެ. އަދި ކޮވިޑް ހެން ވައިގެ ޒަރިއްޔާއިންވެސް ފެތުރޭ. ވެދާނެ މިއީ އެމެރިކާއިން ކުޅޭ ކުޅިވަރެއް ކަމަށްވެސް. ފުރަތަމަ ވޫހާން އިން ކޮވިޑް. ދެން އެހެން ސްޓޭޓަކުން މީދަލުން ޖެހޭ ބައްޔެއް. ދެން މިބަލި...

  23
  2
  • ޔަހޫދީ

   އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ޗައިނާ މަތަކުރަން އެމެރިކާނުން ކުރާ ކަމެއް!

   10
   1
 3. ރައްޔިތުން

  ތިޔައީ ސައިންސް ވެރިން ތިޖަރާސީމްތައް ހިފަހައްޓައިގެން ރައްކާކޮށްގެން އުޅެފަ އެތަކެތި ދޫކޮށްލުމުން ވާކަންކަން ކީއްކުރަން އެބަލިމަޑުކަމެއްގެ ބެކްޓީރިއާއި އެއްވިޔަސް އަދި އެހެން ޖަރާސީމެއް ވިޔަށް އަދި ތާސީރެއް ވިޔަސް ރައްކާކޮށްގެން އެދިރާސާކޮށްކޮފަ ތިއުޅެނީ އަލިފާން ޖަހާ ނިކަން ތި އެއްޗެހިތައް ނައްތާލަބަ. އޭރުން ފަހުން ތިއެއް ނާންނާނެ. އިންޝާ ﷲ

  21
  5
 4. Anonymous

  ހެޔޮ ނުވާނެ ޗައިނާ މީހުން ކޮން ބަލި ތަކެއް މި އުފައްދަނީ.. އަނެއްކާ އެހެން ބަލި މަޑު ކަމެއެއް.

  5
  3