ޖަމަލަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ދުނިޔޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ހޮސްޕިޓަލް އިއްޔެ ސައުދީ އަރަބިއްޔާގެ ޣައްސިމްގައި ހުޅުވައިފިއެވެ.

ސަލްމާން ވެޓެރިނަރީ ހޮސްޕިޓަލްގެ ނަމުގައި މި ހޮސްޕިޓަލް ހުޅުވައި ދެއްވީ ޕްރިންސް ފައިސަލް ބިން މިޝާލް އެވެ.

ޖަމަލަށް ދިމާވާ އެކިއެކި މައްސަލަތައް ދެނެގަތުމަށް އެންމެ ފަހުގެ ވަސީލަތްތައް މިހޮސްޕިޓަލްގައި ގާއިމް ކޮށްފައި އެބަހުއްޓެވެ. ތަފާތު 160 ވައްތަރެއްގެ ތަހްލީލްތައް ކުރެވޭނެ ވަސީލަތްތައް މި ހޮސްޕިޓަލްގައި ވަނީ ގާއިމް ކޮށްފައެވެ. ޖަމަލްތަކަށް ހާއްސަ އައިސީޔޫ ޔުނިޓަކީ ސީޓީ ސްކޭން ޔުނިޓެއްގެ އިތުރުން އޮޕަރޭޝަންތައް ކުރުމަށް ހާއްސަ ތިއޭޓަރުތައް ވެސް މި ހޮސްޕިޓަލްގައި އެބަހުއްޓެވެ. އަދި އަލަށް އުފަންވާ ޖަމަލުތަކަށް ބޭނުންވާ ފަރުވާ ދެވޭނެ އިންތިޒާމުތައް ވެސް ހޮސްޕިޓަލްގައި ވަނީ ގާއިމު ކޮށްފައެވެ.

ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕްރިންސް ފައިސަލް ވިދާޅުވީ މިމަޝްރޫއު ނިންމަން 100 މިލިއަން ސައުދީ ރިޔާލް ހަރަދު ކޮށްފައިވާ ކަމަށެވެ.

މިހޮސްޕިޓަލްގައި އެއް ފަހަރާ 4000 ޖަމަލު ބެލެހެއްޓޭ ވަރުގެ ޖާގައެއް އެބައޮތެވެ. 70000 އަކަ މީޓަރުގެ ސަރަހައްދެއްގައި އިމާރާތް ކޮށްފައި ހުރި ހޮސްޕިޓަލަކީ ސައުދީ އަރަބިއްޔާގައި ޖަނަވާރުންގެ ފަރުވާ ފުރިހަމަ ކުރުމަށް ކުރަމުން އަންނަ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބޭނެ ހޮސްޕިޓަލެއް ކަމަށް ޕްރިންސް ފައިސަލް ވިދާޅުވިއެވެ.

ޖަމަލަކީ ސައުދީ އަރަބިއްޔާ ގައި އަދިވެސް ވަރަށް ބޮޑަށް އިހްތިރާމް ލިބިފައިވާ އަގުބޮޑު ޖަނަވާރެކެވެ. މިހާރު ވެސް ސައުދީ އަރަބިއްޔާ އާއި މެދުއިރުމަތީގައި އަގުބޮޑު ޖަމަލު ރޭސްތައް ވެސް ބާއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އާނ ތީ ނުވެފައޮތް ކަމަކީ. ސީރިއާ, އިރާޤް ފަދަ މުސްލިމް ޤައުމުތަކުގައި ތިކަހަލަ ހޮސްޕިޓަލް އިންސާނުންނަށްޓަކައި އަޅާނަމަ މާތާހިރު ވީސްއެއްނުން.

    14
    12
    • Anonymous

      ނާޅާ ކަމެއް ކަޔެއަށް ކިހިނެއްތަ އެނގެނީ

      • ނަން

        އެހެންވީމާ ތިބުނަނީ އަމިއްލައަށް އަޅާ އިމާރާތް ހަލާކުވެސް ކުރަނީ އަމިއްލައަށޭދޯ! އެނގޭހާވެސް ކަމަކީ ސައުދީގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެ އެމެރިކާއާއި ބައިވެގެން އެޤައުމުތަކަށް ބޮންއަޅާކަން.

        3
        1
  2. ޒާ

    މުޅި ދުނިޔެ ބަލިމަޑުކަމެއްގައި ފިތިފައި ތިބިއިރު އަމުދުން ފަލަސްތީނުގެ ނިކަމެތިން ގޮތް ހުސްވެފައި ތިބިއިރު ސަޢުދީން ކުރަނީ މިކަހަލަ ދެއްކުންތެރި އިންސާނިއްޔަތާއި ދުރު ކަންކަން.

    • ???

      މުޅިން ގޯހެއްނޫން.