ރޭ ކުރިއަށްދިޔައީ މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ މާލެ އޮޑިޝަންގެ އެންމެ ފަހު ބުރެވެ. އައިޑޮލްގެ މާލެ އޮޑިޝަންއަށް ނިމުމެއް އައީއެވެ.

ރޭގެ ޝޯވއަށް ބަލާއިރު، ލަވަކިޔުމުގެ އިތުރުން އިތުރު ހުނަރުވެރިންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ނަށާ ފަރާތްތަކާއި، އެކްޓް ކުރަން މޮޅު މީހެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. އޭގެ އިތުރުން ޖާދޫ ހަދަން މޮޅު މީހަކު އައިސް ޖަޖުންނަށް ވަނީ އޭނާގެ މޮޅުކަން ދައްކާފައެވެ.

މިފަހަރުގެ މާލެ އޮޑިޝަންއިން ގިނަ ބަޔަކަށް ފެނިގެން ދިޔަ އެކަކަށް ވާނީ ކުރީ ދެ އައިޑޮލްގައި ވެސް ފެނިގެން ދިޔަ ބައިވެރިއެެކެވެ. އައިޑޮލްގެ ފުރަތަމަ ބުރުގައި އޭނާ އޮޑިޝަންގައި ކަޓައިގެން ދިޔައެވެ. އަދި އައިޑޮލްގެ ދެވަނަ ބުރުގައި ބައިވެރިވެ އޮޑިޝަނުން ހޮވުނެވެ. ނަމަވެސް ބޭބެ ޒަކިއްޓެއަށްޓަކާ އެފަހަރު ދޫކޮށްލީއެވެ.

މި ދައްކަނީ އައިޑޮލްގެ ފުރަތަމަ ބުރުގައި އެންމެންނަށް މަޖާވި އެކަކުކަމަށްވާ އަމާން އާއި އައިޑޮލްގެ ދެވަނަ ބުރުން ފެނިގެންދުޔަ ޒަކިއްޓެއްގެ "ކޮކީ" މޫސާ އިޝާންއެވެ.

އިޝާން އައިޑޮލްގެ އޮޑިޝަން އިން ހޮވުނު ނަމަވެސް ހުރީ ވަރަށް ބަލިކޮށެވެ. އަޑުންވެސް އެކަން އެނގެއެވެ. ޖަޖުންގެ ކޮމެންޓްތަަކަށް ބަލާއިރު، ޒާރާ ވަނީ އިޝާންގެ ދެ ބޭބެއަށްވުރެވެސް އިޝާންގެ އަޑު ރަނގަޅުކަމަށް ބުނެފައެވެ.

އިޝާން މިފަހަރު ހޮވުނީ ތިން ޖަޖުން އާނއެކޭ ބުނުމުންނެވެ. އައްމަޑޭ ބުނީ ނޫނެކެެވެ.

ރޭގެ ޝޯވގައި ލަވަކި ގިނަ ބައިވެރިންނަށް ޖަޖުން ބުނީ ނޫނެކޭއެވެ. ނަމަވެސް ހުނަވެރި ރީތި ލަވަތަކެއް ވަނީ ފެނިގެން ގޮސްފައެވެ.