އެތައް ބަޔަކު ހެއްވާލި އެއް ވީޑިއޯއަކަށް މި ވީޑީއޯ ވެގެން ދާނެއެވެ. ރާމާމަކުނެއް ސްކާފެއް، މާސްކެއްގެ ގޮތުގައި،މޫނު މަތި ނިވާ ކުރާ މަންޒަރެވެ. އެއީ މިދިޔަ އަހަރުގެ ވީޑިއޯއެއް ނަމަވެސް އަނެއްކާވެސް ގިނަބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިގެން ދިޔައީ ކޮވިޑް-19ގެ ބިރުވެރިކަމާއި ހެދި އެންމެން ކައިރީގައީ މާސްކް އަޅަން ބުނި ހިސާބުންނެވެ.

ކޮވިޑް-19 އާ ހެދި ގިނަގައުމުތަކުގައި ދިރިއުޅެމުންދާ މީހުން މަގުމައްޗަށް ނުކުންނައިރު، މާސްކް އަޅަން ވަނީ އަންގާފައެވެ. ބައެއް ގައުމުތަކުގައި މިކަން ވަނީ މަޖުބޫރުކޮށްފައެެވެ. ބައެއް ދިރާސާތައް ބުނާގޮތުގައި، ގިނަ މީހުން ފުރަބަންދުގެ މުއްދަތުގައި މާސްކް އަޅައިގެން ބޭރުގައި އުޅޭނަމަ، ބަލި ފެތުރުން ކޮންޓްރޯލް ވާނެއެވެ.

އެހެންކަމުން މާސްކް އަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެ ބާރުގަދަ އެކައްޗެެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ އެ ރާމާމަކުނުގެ ވީޑިއޯ ހިއްސާކޮށްފައި ވަނީ އިންޑިއާގެ ފޮރެސްޓް ސާވިސް އޮފިސަރ ސުޝަންޓަ ނަންޑާ އެވެ. އެ ވީީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން މި ވަނީ ލިބިގެން ގޮސްފައެވެ. އެ ވީޑިއޯގައި މަކުނު މޫނާއި، ކަރުގައި އެ ސްކާފް އޮޅާލައެވެ.

އެ ވީޑިއޯ ޓްވިޓާގައި ހިއްސާ ކުރުމާއެކު 17000 އާއި ގާތް ކުރާ އަދަދަކަށް އެ ވީޑިއޯ ބަލާފައި ވެއެވެ. އަދި އެތައް ހާސް ކޮމެންޓެއް އެ ވީޑިއޯއަށް ލިބިގެން ގޮސްފައި ވެއެވެ.

ފުލުހުން މާސްކް ނާޅާ މީހުންނަށް ފިޔަވަޅު އަޅާއިރު، އެ މަކުނުވެސް މަސައްކަތް ކުރަނީ ފުލުހުންގެ އޯޑަރަށް". އެކަކު އެއަށް ކޮމެންޓް ކުރަމުން ލިޔެފައި ވެއެވެ.

"އެ މަކުނު ސްކާފް ކޮނޑުުމަތީގައި އަޅާލާ ގޮތުން ހީވަނީ ހަމަ އިންސާނެއްހެން". އެކަކު ލިޔެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫސަ

    ޢެއަޅަނީ މާސްކް ދެން ހަބަރެއް ލިޔެލަނީދޯ

    12