އެފްރިކާއަށް ނިސްބަތްވާ ބޮލުގެ ނާށިގަނޑުން ގުޅިފައިވާ ދެ ކުއްޖެެއްގެ ކާމިޔާބު ތިން އޮޕަރޭޝަނެއްކޮށް، އެ ދެކުދިން ވަކިކޮށްފިއެވެ.

މިއޮޕަރޭޝަންތައް ކޮށްފައި ވަނީ އިޓަލީގެ ރޯމްގައެވެ. ތިން އޮޕަރޭޝަނެއް ކޮށް އެރްވީނާ އާއި ޕްރްވީނާ މިހާރު ވަނީ ވަކިކޮށްފައެވެ. މިދެކުންނަކީ ވިހެއިއިރު،ވެސް މައްސަލަތަކެއް ހުރި ދެ ކުދިންނެވެ.

އަދި މިއީ އެފަދަ ކޭސްއެއްގައި އިޓަލީން އޮޕަރޭޝަންކުރި ފުރަތަމަ ފަހަރު ކަމަށް އެ މީހުން ބުނެފައި ވެެެއެވެ. އެ ހޮސްޕިޓަލުން އެ ކުދިންގެ އޮޕަރޭޝަނެއް ކޮށް، ދެ މީހުން ވަކިކޮށްފައި ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްގެންނެވެ.

މި ދެ ކުދިން އިޓަލީއަށް ގެނެސްފައި ވަނީ 2018 ވަނަ އަހަރު ތެރޭގައެވެ. އެއީ ހޮސްޕިޓަލްުގެ ރައީސް އެކުދިން ވިހެއި މެޑިކަލް ސެންޓަރުގައި އެ ކުދިންނާއި އަދި އެ ކުދިންގެ މައިންބަފައިންނާއި ބައްދަލު ކުރުމަށްފަހުއެވެ.

އިޓަލީން ހެދި ޓެސްޓުތަކުން ދެ ކުިދންގެ ސިއްހަތުވެސް ރަނގަޅު ކަމަށް ވެއެވެ. އެހެން ނަމަވެސް އެތަނުން އެއް ކުއްޖެއްގެ ހިތް ވަރަށް ބުރަކޮށް މަސައްކަތް ކުރާކަން އެނގިފައި ވެއެވެ.

އަދި މި ދެ އަންހެން ކުދިންނަކީ ތަފާތު މިޒާޖުގެ ދެ ކުދިން ކަމަށްވެސް ހޮސްޕިޓަލުން ބުނެފައި ވެއެވެ. އެގޮތުން ޕެރިފީނާއަކީ ކުޅެން ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. ނަމަވެސް އެރްވީނާއަކީ ވަރަށް ސީރިއަސް އަދި އެހާމެ މަޑުން ހުންނަ ކުއްޖެކެެވެ.

މި ކުދިން މިހާރު ވަކި ކުރިތާ މަހެއްހާ ދުވަސް ވެފައިވާއިރު، ދެ ކުދިންގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މި ކުދިންގެ ފައިނަލް ސާރޖަރީއަށް ހޭދަވެފައި ވަނީ 18 ގަޑިއިރުއެވެ. އެކަމަށް 30 ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަން ހޯދާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު