ސްރީލަންކާގެ ޕާކަކުން އެއްބަނޑު ދެ އެއް ފެނިއްޖެއެވެ. އެދެ އެތް ފެނިފައި ވަނީ އޭތީގެ މަންމަ ކައިރީގައި ހުއްޓާއެވެ.

ސްރީލަންކާގެ ނޭޝަނަލް ޕާކުން މި ދެ އެތް ފެނުނުއިރު، އެ ޕާކުގެ އޮފިޝަލުން ބުނަނަނީ އެއީ ވަރަށް މަދުން ނޫނީ ފެންނަ ވައްތަރުގެ އެއްމާބަނޑު ދެ އެތެވެ.

އަދި އެ ދެތަކީ ހަތަު ހަފްތާ ވެފައިވާ ދެ އެތް ކަމަށް ބެލެވޭ ކަމަށާއި، މި ދެ އެތް ފެނިފައި ވަނީ މިންނެރިޔާ ސެންސްޓުއަރީން ކަމަށްވެއެވެ.

"އެއީ އެއްބަނޑު ދެ އެތް". ދުރުން އެ ދެ އެތަށް ބަލާފައި ޑިޕާޓްމެންޓް އޮފް ވައިލްޑް ލައިފް ކޮންޒާވޭޝަންގެ ޑައިރެކްތަރ ޖެނެރަލް ބުނެފައި ވެއެވެ.

އަދި އެ އެތް ފެނުނު އެންމެންވެސް ބުނަނީ އެއް އެއްމަބަނޑު ދެ އެތް ކަމަށެވެ. އެހެންވެ އެކަން ކަށަވަރު ކުރުމަށްޓަކައި ބޮޑުކަމުދާ ތަކެތީގެ ޑީއެންއޭ ޓެސްޓު ހެދުމަށް ވަނީ ނިންމާފައެވެ. އަދި އެ މެޗްވެއްޖެ ނަމަ، މިއީ އިންޑިއާގެ ކަނޑުގެ ސަަރަހައްދުގެ ގައުމަކުން މިފަދަ ދެ އެތެއް އެ މީހުންގެ މަންމައާއެކު ހުރި ތަން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވެދާނެ ކަމަށް ބުނެފައި ވެއެވެ.

މި އެއްބަނޑު ދެ އެތް ފެނުނު ސަރަހައްދަކީ ޒަހަރު ދީގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ހަތް އެތް މަރާލި ސަރަހައްދެެވެ.

އަހަރެއްގެ މައްޗަށް 200 އެއްހާ އެތް މަރާލައެވެ. މިގޮތަށް އެތްތައް އާއްމުކޮށް މިގޮތަށް އެތްތައް މަރާލަނީ ދަނޑުވެރިންނެވެ.