އެދުވަހަކީ އެބައްޕަގެ ލޮލުން ފުރަތަމަ ފަހަރަށް ކަރުނު ފާއްދާލި ދުވަހެވެ. އެއީ ވަރަށްވެސް ދިގު އިންތިޒާރަކަށްފަހު ތިމާ މިދުނިޔެއަށް ނޭވާލި ފުރަތަމަ ދުވަހެވެ. ތިމާ ލިބުނު ކަމުގެ އުފާވެރި ޚަބަރު ލިބުނީ ތިމާގެ ބައްޕަ ބޮޑު ކީހުން ވަކަރު ފަޅާ އުޅެނިކޮށެވެ. ނޫނީ ރޭނުންފަދަ ކޮންމެވެސް ބުރަ މަސައްކަތެއްގައި އުޅެނިކޮށެވެ. ހަމަތިބާގެ ޙައްޤުގައެވެ.

ތިމާގެ މައިންބަފައިން ތިމާއަށްޓަކައި ބޮޑެތި ޤުރުބާނީތަކެއް ވެއެވެ. ބައްޕަގެ ޣިނަ ވަގުތު ހޭދަކޮށްލަނީ ބުރަ މަސައްކަތުގައެވެ. ތިމާގެ އުނުއޮރިޔާން ނުވާކޮށް ތިމާއަށް ބޭނުންވާ ކަންތައްކޮށްދިނުމަށެވެ. ބައްޕަ ތިމާއަށްޓަކައިވަނީ ބޮޑު ޤުރުބާނީއެކެވެ. ތިމާގެ އުފަލަށްޓަަކައި އަމިއްލަ އުފާ ޤުރުބާންކޮށްލި ބައްޕަގެ ގައިގައި ޖެހުމަށްފަހު ތިމާއަށް އިންސާނެއްގެ ދަރަޖަ ދެވޭނެ ހެއްޔެވެ؟

ތިމާ ބޮޑުވަމުން އައިއިރު ވަރަށްވެސް ފޮނި ހުވަފެންތަކެއް ދެކޭނެއެވެ. ބޮޑުވެގެން ވާނީ ކޮންކަހަލަ މީހެއްކަމަށާއި އުޅެން ބޭނުންވާ ވަޒީފާގެ ހުވަފެންވެސް ދެކުނީމުތާއެވެ. އެހުވަފެންތައް އަމިއްލަ ހުވަފެންތަކެއް ކަމުގައި ދެކިގެން މަސައްކަތްކުރީ ތިމާގެ ބައްޕައެވެ. ތިމާ މިއަދު ކިތަންމެމަތީ މަޤާމެއްގައި ހުއްޓަސް ތިމަޤާމުގެ ހަޤީޤީ މަދަރުޤާރަކީ އަދި ތިޔަ މަޤާމް ޙައްޤުވާ އެންމެ އިސް ފަރާތަކީ ހަމަ ތިމާގެ ބައްޕައެވެ. އެއީ ތިމާގެ ހުރިހާ ކަމެއް އަމިއްލަ ކަމެއްކަމުގައި ދެކިގެން މަސައްކަތްކުރީ ތިމާގެ ބައްޕަކަމިގައިވާތީއެވެ.

ރޯމާ ދުވާލު ރަތްދަކަ އަވީގައި ކުރި މަސައްކަތުގެ އުޖޫރަ ތިމާއަށް ހޭދަކޮށްލަން އެބައްޕަ ފަހެއް ނުޖެހެއެވެ. ނޮކިޔާ ބައްތި ފޯނެއް ބައްޕަ އަތުގައި އޮންނައިރު، ތިމާގެ އަތުގައި އެންމެފަހުގެ އައިފޯނެއް އޮތަސް ބައްޕަ އެކަމާ ޝަކުވާއެއް ނުކުރެއެވެ. އީދުގައި ތިމާ ނަލަ ހައްދާއިރު، ދެތިން އަހަރު ވެފައިއޮތް ބާ ގަމީހެއް ލައިގެން ބައްޕަ ހުންނަނީ ހަމަ ތިމާގެ އުފާވެރިކަމަށްޓަކއެވެ.

މިވާހަކަތަށް މިދެއްކީ މިހަފުތާ ތެރޭގައި އާއްމުވި ވީޑިއޯއެއްގެ ސަބަބުންނެވެ. މިވީޑިއޯގައި ބައްޕައަށް ވަރަށް އިހާނެތިކޮށް ހިތާ މަންޒަރުތައް ފެނިގެންދެއެވެ. މިއީ އިންސާނިއްޔަތު ކަމެއް ނެތްކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ާއާސި

  މިޒަމާނުގާ މައިންބަފައިންނަކީ އެވެސް ބައެއްނޫން.މިކަހަލަ ކަންތައްތައް ހިގާތީ ވަރަށް ހިތާމަކުރަން.މާތް ރަސްކަލާންގެ މިއަޅާއަކީ މައިންބަފައިންނަށް އޯގާތެރި ދަރިއެއްގެ ގޮތުގާ ލައްވަވާށިއެވެ.އާމީން

 2. އަޅުގަނޑު

  جزاك اللهُ خيرًا
  މާތްﷲ ބަރަކާތް ލައްވަވާށި ވަގުތު ގައި ކުރާ މަސައްކަތުގާ އާމީން

 3. ހެޔޮބަސް

  ވަގުތުނޫހުން މިގެނެސްދެއްވީވަރަށްކަމުދާ އަދި ގެނެސްދެއްވިލިޔުން ބައްލަވާލައްވާ
  ކަމެއް އިސްލާހުކުރަށްވންލެހިލައްވާފަރާތެއްވާނަމަ އަވަހަށް އިސްލާހުކުރައްވަންޖެހިލައްވާ
  ވަރަށް ފުރިހަމަލިޔުއްވުމެއްކަމުގައިދެކެން ލިޔުއްވާފައިވަނީ ހަގީގަތުގައިވެސްކަންހިގާގޮތަށް
  ކަމުގައިވާތީ މައިން ބަފައިން ދަރިންނަށްޓަކާވެލައްވާގުރުބާނީ އެއްވެސްފަރާތަކުންހަދާން
  ނުނެއްތެވުންއެދެން މިފަދަ މުހިއްމުލިޔުއްވުމެއް ގެނެސްދެއްވީތީ ވަގުތުނޫހަށާ،ލިއްވިފަރާތަށް
  ޝުކުރުދަންނަވަން ރަގަޅުކަންތކަށް މަގުދައްކާ،، ހަދާންކޮށްދެއްވާ ފަރާތްތަކަށް ﷲ
  ހެޔޮރަހުމަތްލައްވާ ކާމިޔާބުދެއްވުން އެދި ދުޢާކުރަން ގެނެސްދެއްވި ފުރިހަމަލިއްވުމަށް
  ހިފެހެއްޓުމެއްނެތްނެތި އަދިވެސް ޝުކުރުދަންނަވަން