އެމެރިކާގެ ސްޓޭޓެއްގައި މީހަކު ކާރެއް ވަގަން ނަގައިގެން ރިޕޯޓްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނުއެވެ. ފުލުހުންނަށް އެކަން ރިޕޯޓްކުރުމާއެކު، ފުލުހުން ވަނީ އެ ކާރު ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ޓޮޔޯޓާ ލޭންޑް ކްރޫސާ ކާރެއް ވަގަށް ނަގައިގެން އުޅޭކަމަށް ލިބުނު ރިޕޯޓް ލިބުމުން، އެކަން ބެލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފުލުހުންނަށް ވަނީ ވަގަށް ނެގި ކާރު ދުއްވަމުންދާ ތަން ފެނިފައެވެ.

އެކާރު ދުއްވަން އިނީ އުމުރުން 27 އަހަރުގެ ރޭންޑީ ލީ ކޫޕާއެވެ. އޭނާ ވަނީ ފުލުހުންނަށް ފިލަން ވެގެން ވަރަށް ބާރަށް ކާރު ދުއްވާފައެެވެ. އަދި އެތައް އިރެއް ވަންދެން މިގޮތަށް ދުއްވަމުން ދަނިކޮށް، ކުއްލިއަކަށް ގޮސް އޭނާ ޖެހުނީ ބެއިކް ރެގަލް ކާރެއްގައެވެ. އެއީ ކްރިސްޓިން ނިކޯލް ބެގޫ ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ އަންހެނަކު ދުއްވަމުން ދިޔަ ކާރެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓާއި ގުޅޭ ތަހުގީގަށް އެނގުނު ގޮތުގައި، ބެގޫވެސް ދުއްވަމުން ދިޔައީ ވަގަށް ނަގާފައިވާ ކާރެކެވެ. އަދި އެ ކާރަކީ ތިން ހަފްތާ ކުރިން ގެއްލިގެން ރިޕޯޓް ކުރި ކާރެއް ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް މިއީ ވަކި ވަކި ދެމައްސަލައެކެވެ. ފުލުހުން ވަނީ ބެގޫ އެ ކާރު ދުއްވާފައިވަނީ މަސްތުހާލުގައި ހުރެގެން ކަން ފާހަގަކޮށްފައެވެ.

އެ މައްަސަލާގައި އެ ދެ މީހުންވެސް ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވަނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު ފޭސްބުކްގައި ހިއްސާކޮށްފައެވެ. އަދި އެތައް ބަޔަކު ވަނީ އެ ހާދިސާއާ ގުޅޭ ގޮތުން ތަފާތު އެތައް ވާހަކައެއް ދައްކާފައެވެ. އެގޮތުން އެއްބަޔަކަށް އެ ހާދިސާ ވެފައި ވަނީ ވަރަށް މަޖާ ހާދިސާ އަކަށެވެ. އަދި އެއީ އަދި މިހާތަނަށް އަލަށް އަޑުއިވުނު ވާހަކައެއްކަމަށް އެއްބައި މީހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު