އެމެރިކާގެ ދެމީހަކު ކައިވެނި ކޮށްގެން ފުރަތަމަ ވެސް ފިރިމީހާގެ މަންމަގެ މަހާނަ ކައިރިއަށް ދިއުމުން އެދެމަފިރިިންނަށް މީޑިއާގެ ސަމާލުކަން ލިބިއްޖެއެވެ.

ނިކް އާއި ޝައިންގެ ކައިވެނި ކުރެވުނީ މީގެ އެއް އަހަރު ކުރިންނެވެ. ނިކްގެ މަންމަ މަރުވީ މީގެ ދެއަހަރެއްހާ ދުވަސް ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަސް ތެރޭގައެވެ. ކައިވެނީގެ ހަފްލާގައި މަންމަ ނެތުމަކީ ނިކް އަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.

ކައިވެނި ކުރި ދުވަހު މަންމަގެ މަހާނަ ކައިރިއަށް ކުރި ޒިއާރަތުގެ ފޮޓޯތައް ނިކް އާންމު ކުރީ އެމީހުންނަށް މިދިޔަ ހަފްތާގައި ދަރިއަކު ލިބުމާއި ގުޅިގެން އެކަން ފާހަގަ ކުރަން ވެގެންނެވެ.

"އަހަރެން ވަރަށް ބޮޑަށް މަންމަ މަތިން ހަނދާންވޭ. އަބަދުވެސް ހިތައް އަރަމުން ދިޔަ އަހަރެންގެ މަންމަ ކައިވެނި ކުރި ދުވަހު ކައިރީގައި ހުރި ނަމަ ހާދަ ރަނގަޅޭ." ނިކް ބުންޏެވެ.

ޝައިން، ނިކް ގަބުރުސްތާނަށް ގެންދިޔައީ ނިކްގެ ކަނުބަނދެގެންނެވެ. އެހެންކަމުން ލޮލުގައި އައްސާފައި ހުރި ފޮތިގަނޑު މޮހާލަންދެން އޭނާ މިގެން ދަނީ ކޮންތަނަކަށް ކަމެއް ނިކް އަކަށް ވެސް ނޭނގެއެވެ.

ނިކް އާއި ޝައިން
ނިކް އާއި ޝައިން

"އަހަރެން ވަރަށް ސަޕްރައިސްވި. އަހަރެން ވަރަށް ބޮޑަށް ހައިރާން ވެސްވި. އަހަރެންނަށް އިހްސާސް ކުރެވުނު އަހަރެންގެ އަންހެނުން އަހަރެންނާއި މެދު ވިސްނާ ވަރު." ނިކް ބުންޏެވެ.

ޝައިން ބުނީ މައިންބަަފައިން ވަކިވުމުން ކުރަން ޖެހޭ އިހްސާސް އޭނާ އަށް ނޭނގޭ ކަމަށާއި އެއީ އޭނާގެ މަންމަ އާއި ބައްޕަ އަދި ކައިރީގައި ތިބުމުން ކަމަށެވެ. ނަމަވެސް ފިރިމީހާ އޭނާގެ މަންމަ މަތިން ހަނދާންވާ ވަރު އޭނާ އާއި އެކު ހޭދަކުރާ ކޮންމެ ވަގުތުކޮޅަކާއި އެކު ވެސް އިހްސާސް ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޢަޅުގަނޑުގެ ދަރިފުޅުގެ އުމުރަކީ23 އަހަރު އެކަމަކު މިހާރުވެސްއޭނަ ބުނޭ ތިމަންނަ ބޭބީ އެއްވަރަށް ހުރިނަމަޔޭ އޭރުން މަންމަ އުރިސްނޫންހޭ ދަރިންނާދިމާއަށް ގިނަގިނައިން ވރަށްލޯބިވެޔޭ ބުނާނަމަ އެދަރިންވެސް ތިބާއާ ދިމާއަށް ކޮންމެސް ދުވަހަކުން އެހެން ބުނާނެ

  2. ދިރާސާ

    ޢަހަރެން މީހަކާއިނީ ވަރަށް ސާވޭ ކޮށްގެން މަންމަ ދެކެ ލޯބިވާ މީހަކު ބަލައިގެން ސަބަބަކީ މަންމަ ދެކެ ލޯބިވާމީހުން އަންހެނުންނަށް އަނިޔާ ކުރުމަށް ދެކޮޅުވެ ފަސްޖެހޭ

    10
    4