ފިލިޕީންސްގެ ކުޑަ ރަށެއް ކަމަށްވާ އަލަބާޓް އައިލެންޑަކީ ތަފާތު ރަށެކެވެ. އެކަހެރި ސަރަހައްދެއްގައި އޮންނަ މިރަށުގެ އެންމެ ހާއްސަ ސިފަޔަކީ މިރަށުގައި އާދަޔާއި ހިލާފަށް އެއްމާބަނޑު ކުދިންނާއި މީހުން ގިނަ ވުމެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިރަށުގައި އެއްމާބަނޑު ނިބޫ 22 މީހުން އެބަތިއްބެވެ. ނިބޫ ނޫން ނަމަވެސް އެއްމާބަނޑު 78 މީހުން ވެސް މިއަވަށުގައި އެބަތިއްބެވެ. ފާހަގަ ކުރެވޭ އިތުރު ކަމަކީ މިރަށުގެ އެއްމާބަނޑު މީހުން އުމުރުން ދުވަސްވި ނަމަވެސް އެއްވައްތަރު އެއްޗެހި ލައިގެން އުޅުމެވެ.

2015 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެއް ރިޕޯޓް ބުނާ ގޮތުގައި މިރަށުގައި ކޮންމެ އަހަރަކު އެއްމާބަނޑު 12 މީހުން އުފަން ވެއެވެ. ނަމަވެސް މިރަށުގައި އާދަޔާއި ހިލާފަށް އެއްމާބަނޑު މީހުން ގިނަ ވަނީ ކީއްވެ ކަމެއް ސައިންސްވެރިންނަށް ވެސް ނޭނގެއެވެ. ސައިންސްވެރިންނާއި ޑޮކްޓަރުން ގެންދަނީ މިރަށުގައި އެއްމާބަނޑު މީހުން މާގިނަ ވަނީ ކީއްވެތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ކެރެލާގައި އޮންނަ ކޮޑިނީ ކިޔާ އަވަށެއްގައި ވެސް އެއްމާބަނޑު 300 އާއި 350 އާއި ދެމެދުގެ އަދަދެއްގެ މީހުން އުޅެއެވެ.

ފިލިޕީންސްގެ ޑޮކްޓަރުން ލަފާކުރާ ގޮތުގައި އަލަބާޓް އައިލެންޑްގައި އެއްމާބަނޑު މީހުން ގިނަ ވަނީ ޖެނެޓިކް ސަބަބެއް މެދުވެރި ވެގެންނެވެ. ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެއްމާބަނޑު މީހުން އެރަށުގައި އެހައި ގިނަވާ އެއް ސަބަބަކީ ބުއިމަށް ބޭނުން ކުރާ ފެން ކަމަށް ވެދާނެއެވެ. ނަމަވެސް އެކަމަށް ބާރުލިބޭ އެންމެ ފުރިހަމަ ދިރާސާއެއް އަދި ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ?

    ކުޅަދުން ވަންތަކަން

    32
    1
  2. ﷲގެ އަޅެއް

    ކުޅަދުން ވަންތަކަން

    36
    1
  3. އެމަންޖެ

    ލޯބި ކުދިންކޮޅެއް ކަވަރ ފޮޓޯގަ އެތިބީ?

    21
  4. Anonymous

    ބާއަތޮޅުސަރޗްކޮއްލަބަލައޭގެތެރެއިންވެސްފުފަތަމަ3ރަށުންއެއްރަށުގައުޅޭ15ވަރަކައްމީހުންނައްއެބަތިބިއެއްމާބަންނޑުދެބެން

    3
    2