މިއީ އުމުރުން 26 އަހަރުގެ ޖިޔޯތީ އަމްގޭ އެވެ. ދުނިޔޭގައި ހުރި އެންމެ ކުރު އަންހެނާއެވެ. އިސްކޮޅުގައި ދެ ފޫޓު ހުންނަ ޖިޔޯތީގެ ބަރުދަނުގައި ހުންނަނީ 12 ޕައުންޑެވެ. ހަށިގަނޑު އެހާ ކުޑަ އެވެ.

އިންޑިއާއަށް ނިސްބަތްވާ ޖިޔޯތީގެ އުއްމީދަކީ އޭނާ އެކްޓަރަކަށްވުރެ، އެހެން މީހުންނެކޭ އެއްފަދައިން އުޅުމެވެ.

އޭނާ ވަނީ ސީރީސްއަކުން ފެނިގެން ގޮސްފައެވެ. އެއީ އެމެރިކަން ހޮރޯ ސްޓޯރީންނެވެ. މިހާރު އޭނާގެ ފޯކަސް ކުރަމުން ދަނީ ޓީއެލްސީ މިނިސެރީސްގެ އެކްޓްރާ އޯޑިނަރީ ޕީޕަލްއަށެވެ. އޭގައި އޭނާ އެމެރިކާއަށް އެކްޓް ކުރުމަށް ކުރާ ދަތުރާއި ގުޅޭގޮތުން ވާހަކަދައްކައެވެ.

އޭނާ ބުނެފައިވާގޮތުގައި، މި ދުނިޔެއަކީ އޭނާއަށް ހާއްސަ ތަނެއް ނޫނެވެ. އެގޮތުން އޭނާގެ އިސްކޮޅާއި ގުޅޭ ގޮތުން ގިނަބަޔަކު މަލާމާތް ކުރާނެ ކަމަށް އޭނާއަށް އޮންނަނީ ހީވެފައެވެ. އެހެންވެ އޭނާ އެކަނި ބޭރަށް ނުދެއެވެ.

"އަހަރެން ވަރަށް ކުޑަ. ބައެއް މީހުންނަށް އަހަރެން ނުވެސް ފެނޭ" ޖިޔޮތީ ބުނެފައި ވެއެވެ.

އޭނާ ބުނީ، އެހެން މީހުން އަމިއްލައަށް ކުރާ ކަންތައް އޭނާ ކުރަން ޖެހެނީ އެހެން މީހުންގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ. އެގޮތުން ފާހަނައިގެ ދޮރު ހުޅުވުމާއި، ސިންކުގެ އިސްކުރު ދޫކުރުން ފަދަ ކަންކަން ކުރަން ޖެހެނީ އަމިއްލަ އަށް ކަމަށް އޭނާ ބުނެފައި ވެއެވެ.

"އެންމެ ކުޑައިރުން ފެށިގެން އަހަރެންގެ ދިރިއުޅުން ނޯމަލްއެއް ނޫން، އަހަރެންނަށް އެެއްވެސް ބަރު އެއްޗެއް އުފުއްލާ ނުހެދޭ". އޭނާ ބުނެފައިވެއެވެ.

ޖިޔޯތީއަކީ އިންޑިއާގައި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާއަކީ އާއިލާގެ އެންމެ ހަގެވެ. އާއިލާގެ ފަސް މެންބަރުން ތިބޭއިރު،އޭނާ ފިޔަވާ އެންމެންގެވެސް ހުންނަނީ އެންމެ ރަނގަޅު އިސްކޮޅެކެެވެ.

ޖިޔޯތީގެ ހާލަތު ކިޔާދެމުން އޭނާގެ މަންމަ ރަންޖަނާ ބުނެފައި ވަނީ، ޖިޔޯތީއަށް ބަނޑުބޮޑުއިރު، ތަފާތު ކަމެއް ފާހަގަވި ކަމަށެވެ.

"އެހެން ކުދިން ވިހެއިއިރު، ބަނޑުގައި ތެޅި ހަދާ.އެކަމަކު ޖިޔޯތީ ބަނޑުގައި އޮތްއިރު އެހެން ނުވޭ"

ރަންޖަނާ ބުނީ، އޭނާ ޗެކައަޕް ހަދަން ހޮސްޕިޓަލަށް ދިޔައިރު، ޖިޔޯތީ ސޯނޯގްރާމްއިންވެސް ނުދައްކައެވެ.

ޖިޔޯތީ ވިހެއި އިރު އޭނާގެ ބަރުދަނުގައި ހުރީ ތިން ޕައުންޑަށްވުރެވެސް ދަށުގައެވެ. އޭނާ ވަރަށް އަވަހަށް މަރުވާނެ ކަމަށް ޑޮކްޓަރުން އެއިރު ބުނެފައި ވެއެވެ. އެހެން ނަމަވެސް ހުރިހާ ވާހަކަތަކެއް އެއްފަރާތްކޮށް، ޖިޔޯތީ ވަނީ ސަލަމަތްވެފައެވެ.

އެެހން ކުދިންނެކޭ އެއްގޮތަށް ހިނގަންވެސް ފެށިއެވެ. ދަތްވެސް ފަޅަން ފެށިއެވެ. އަދި އަމިއްލައަށް ކާންވެސް ފެށިއެވެ.އެހެން ނަމަވެސް އޭނާ ބޮޑުވަމުން ނުދާކަން ރަަންޖަނާއަށް އެނގުނެވެ. އެހެންކަމުން ރަންޖަނާ އޭނާ ގޮވައިގެން ޑޮކްޓަރަށް ދެއްކުމުން އޭނާ ގްރޯތް ހޯމާން ޑިފިސެންސީ ހުންނަކަން ވަނީ އެނގިފައެވެ.

އޭނާއަކީ ކުޑައިރުން ފެށިގެން އެކްޓިންގއަށް ނުކުތް މީހެކެވެ. އެމެރިކަން ހޮރީ ސްޓޯރީގެ ސީޒަން ހަތަރަކުން ގިނަބަޔަކަށް އޭނާ ވަނީ އެނގިގެން ގޮސްފައެވެ. އޭނާގެ އުއްމީދަކީ މަޝްހޫރު ތަރިއަކަށް ވުމެވެ.

ކިޔުންތެރިންގެ ހިޔާލު