ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް ކައިޒީން މިފަހަކުން އެންމެންގެ ހިތްދަމައިގަތީ އޭނާ އިންސްޓަގްރާމް މެދުވެރިކޮށް ގިވްއަވޭގެ ގޮތުގައި 3000 ޑޮލަރު ދިނުމުންނެވެ. އިންސްޓަގްރާމްގައި އޭނާއަށް ފޮލޯކޮށް، ޕޯސްޓަށް ލައިކްކޮށް، ކޮމެންޓް ކުރި ފަރާތްތަކުގެ ތެރެއިން އެ ފައިސާ އެންމެ ބޭނުން ޖެހިފައިވާ ތިން މީހަކަށް ސީދާ ޑޮލަރުން ވަނީ ދީފައެވެެ. ކޮންމެ މީހަކަށް ދީފައި ވަނީ 1000 ޑޮލަރެވެ.

އޭނާ އެ ގިވްއަވޭ ދިނުމުގައި ބަލާފައި ވަނީ، އެ ފައިސާ އެންމެ ބޭނުންވަނީ ކޮން މީހެއްތޯއެވެ. މިގޮތުން އެ ގިވްއަވޭ ބޭނުންވާ މީހުން އެ މީހުންގެ ސްޓޯރީއަށް އެ ގިވްއަވޭ ބޭނުންވާ ސަބަބު ހާމަކޮށްދިނުމަށް ކައިޒީން އެ ޕޯސްޓުގައި ހިމަނާފައި ވެއެވެ. ކައިޒީން އޭގެ ތެރެއިން 10 މީހުން ހޮވީ އެ ސްޓޯރީތައް ބެލުމަށް ފަހުއެވެ. އަދި އެ މީހުންނާއި އޭނާ އިންޓަވިއު ކުރިއެވެ. އެ ސްޓޯރީތަކުން އެ މީހުންގެ އަސަރުގަދަ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ. ކައިޒީން ނެގި އެ ގިވްއަވޭ ދިން ތިން މީހުންނަކީވެސް "ހާލުގައި" އުޅޭ ތިން މީހެކެވެ.

މީގެ އިތުރުން، އޭނާ ވަނީ ބޭނުން ޖެހިފައިވާ އިތުރު މީހަކަށް ފުރޮޅުލީ ގޮޑިއެއް ގަނެ ދީފައެވެ.

ކައިޒީން ގިވްއަވޭ ދިން ގޮތުން އެތައް ބަޔަކު އޭނައަށް ތައުރީފް ކޮށްފައި ވެއެވެ. އަދި މޮޑެލްއެއްގެ ގޮތުގައި ބަލަންވީ އެކަހަލަ މީހެއްކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެެ.

ކައިޒީންގެ ވާހަކަތައް ދައްކަމުންދާއިރު، މިއަދު ޓްވިޓާ މެދުވެރިކޮށް ކައިޒީންއަށް ޝުކުރު އަދާކޮށްފައި ވަނީ، ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޑީއާރުޕީގެ ޓްވިޓާ އެކައުންޓުގައި ޖާބިރު އާ ހަވާލާދީ ލިޔެފައި ވަނީ، މޮޑެލް ކައިޒީންގެ ފޭނުންނަށް ކޮވިޑް-19 އާ ގުޅިގެން ދެއްވި ހަދިޔާއަކީ އެހެން އެފަދަ ސެލެބްރިޓީންނަށް ނަމޫނާ ނަގަން ޖެހޭ ކަމެއް ކަމަަށެވެ.

"ކައިޒީން އާއި އެހެން ސެލެބްރިޓީން ގައުމު އިޝްތިހާރު ކުރުމަށް ތި ކުރައްވާ މަސައްކަތަކަށް ޝުކުރު ދަންނަވަން". ޖާބިރު ވިދާޅުވެފައިވާ ކަމަށް އެ ޓްވީޓުގައި ވެއެވެ.

މޮޑެލްގެ ދާއިރާގައި ރާއްޖޭގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ކައިޒީންއަކީ މަޝްހޫރު ބްރޭންޑްތަކުގެ އެމްބެސެޑަރުކަން ކޮށްފައިވާ ޒުވާނެކެެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ލޫސިފާރ

    ދަޢުވަތެއްތޯ ތިދެއްވީ! ކެކެކެކެ

    112
    1
    • ކެނަރީ ބިސް

      މި ޝައިތޯނުންގެ ލަދުހަޔާތެއްވެސް ނެތީ

      26
      3
  2. ތުނިޔަ

    އަނެއްކާ ކައިގެ ކިވްއަވޭ ސްޕޮންސާކޮށްދިނީ ޖާބިރުތޯ؟

    96
    1
    • ރަނގަޅު

      އަޑިންކުރިކަމެއްބާ..ކޮށްފާނެ ކައިޒީން ތީއެއްވެސް
      ވަރަކަށް ރަގަނޅު މީހެއްނޫނުން..ތީނަބޭނުންވާނީ
      ލާރި

      103
      7
  3. ދޯދޯ

    ތިޔަ " ބް ރޭންޑް" އާހި ރަތުގަ ނުވިކޭނެ

    105
    6
    • ލޮލްލް

      ތީނަ އާހިރަތް ދުވަހު ވިޔަފާރީގަ ތަ އުޅޭނީ؟

      21
      8
  4. ޖާހަތް ނެތިދާނެ

    ނެކްސްޓް ޖޯކް ޕްލީޒް

    81
    1
  5. ޢަގީލަންބާ

    ތީނަގެ ދުވަސް ދިޔައީ

    59
    3
  6. ބާސާ

    ފަގީރުން ދެކެލޯބިވާ އަދި އެމީހުންނަށް އަގުހުރިއެއްޗެއްދޭން ބޭނުންވާ މީހަކު ކީއްވެގެން
    އިންސްޓަރ ފޮލޯކޮށް ލައިކުކޮށް ކަންތައްކުރަންޖެހުނީ
    އެކަންނުކޮށްވެސް ތިދޭއިނާމެއް ދެވޭނެޔެއްނު..
    ތިހާ ކެއަރ ކުރާކަމުގައިވާނަމަ

    127
    8
    • Elena

      Kalo gaya tede thibunee
      Ma hama hairaan vaavaru vey mi kai kai eh ge sababun
      Masha kah neyge koche kameh nukevi gen eh ulheny landu hayai kuda ???????????? ހޮޑު ލަވާ ތި މީހެއް ފެނުނަސް.

      18
      2
  7. އަހްމަދު

    މަނިކުފާނުއަނެއްކާ އެއްވެސްދުވަސްވަރެއްގަ އެއްވެސްބާވަތެއްގެ ގޯނާއެއް ކުރެވިފައިއޮތީތޯ އެހެންނޫނީ ......

    72
    3
  8. މުހައްމަދު

    އައުރަ ނިވާނުކޮށް ޖިސްމު އިޝްތިހާރު ކޮށްގެން ފައިސާ ހޯދާ މީހުން ޕްރޮމޯޓް ކޮށްދިނުން ރަނގަޅުކަމެއްކަމުގައި ނުދެކެން. އާޚިރަތާއިމެދު ވިސްނަވާ.

    111
    4
    • އަނހަދޭ

      ކަލެއަށް އޭނާގެ އައުރަ ފެނުނީތަ؟ ކަލޭ ބެލީތަ؟

      16
      25
      • އސ

        ބަލަ މޮޔަޔާ ކަލޭ ހީކުރަނީ ތަ އަންހެނުންގެ އައުރަ އަކީ ބިކިނީ ނިވާ ކުރާ މިންވަރު ކަމަށް

        30
        3
  9. ލާމު

    އައުރަ ނިވާނުކޮށް އުޅުމަކީ ނަމޫނާއެއް ދެއްްތޯ؟

    75
    4
    • ނައުޒިބް

      ޖާބިރު ޝައިތާނާ އަށް އެކަން ވަރައް ރަނގަޅުވާނެ.

      20
      2
  10. ދަރަނި ދަންތުރަ

    އަންހެނާގެ އައުރަޔަކީ މޫނާ ދެއަތްތިލަ ނޫން ހުރިހާ ތަނެއް ، ދެން މިމަންޖެ ނަމޫނާޔަކަށް ވާންވީ ކީއްވެބާ ؟ ކޮންކަމަކަށް މޮޅުވެގެންތޯޯ ؟

    103
    6
  11. ބޯޖަލީލު

    މުޅިދުނިޔެއަށް މީހާގެ އޮރިޔާން ނިވާނުވާ ފުޓޯ ދެއްކުން އެއީ ނަމޫނާ ދެއްކުންބާ މީނަގެ އާއިލާ މީހުންވެސް ލަދެއްނުގަނޭބާ ...

    92
    4
  12. Anonymous

    ދެން ކަޢި ބުނަންވި ދޯ މަވެސް ރޭޕު ކޮއްފިއޭ އައުރަ ނިވާކޮއްބަލަ

    52
    3
  13. ައޮފްބެ

    ވަﷲ އަޢުލަމް.. ކައިލީގެ ދުވަސް ތި ދިޔަޢީ

    32
    1
  14. ކާފަރު

    އެކަމަކު ދޯ، ކިތައް މުސްލިމުންނާ މުއުމިނުންގެ ހިތްތައް ތި ކައިޒީން ހެދުން އަޅާ ގޮތަކުން ޒިނޭ ކުރެވެމުން އެދަނީ.. އިސްލާމް ދީން އޮތީ ތި ކައިޒީންގެ ފައިތިލަ ދަށުގަތަ.. ﷲ އަށް ބިރެއް ނުގަނޭބާ.. ޔަހޫދީން ނާއި ކާފަރުންގެ ގޮތްތަކަށް ލެނބެމުން މިދަނީ ކީއްތެވަ..

    63
    5
    • ޝަރޫ

      ކައި ނަމާދު ނުކުރާ ކަމެއް ކިހިނެއް އިނގެނީ؟ ކައި ނޫނަސް ރާއްޖޭގަ އުޅޭ ބުރުގާ ނާޅާ ބަނޑު ދައްކައިގެން އުޅޭ ކުދިން... އެމީހަކު އުޅޭނެގޮތެއް އިނގޭނީ އެމީހަކަށް ކަންނޭނގެ

      9
      20
    • މާދެން...

      ހަޤީޤީ މުއުމިނަކު އެކަހަލަ މަންޒަރު ތަކެއް ނުބަލާނެ.

      14
      2
      • ޖޯޑަން

        ދެން ތިކުއްޖާ ނުބަލާ ހުރެބަލަ! ހަޤީޤީ މުއުމިނުން އެހެން މީހުންގެ ކަންތައްތަކާ ބެހިއެއްވެސް ނޫޅޭނެ. ދީނަކު ނޯވޭ މީހުންނަށް ފޮށެ މަލާމަތްކޮށް ބުލީ ކުރާކަށެއް . ދީން ހަތިޔާރަކަށް ހަދައިގެން މީހުން އަމިއްލަ ހަސަދަ ފިލުވާލަނީ

        2
        14
  15. އިއްސެ

    ހުކުރު ދުވަހު ހުކުރުގަޑީގަ ތިޔަކުއްވި ޓުވީޓު ވަރަށް ފުރިހަމަ.

    46
    2
  16. ބޮޑުބެ

    ޖާބި ރު ތިބުނީ ޕާޓީ ކު ރާވާހަކަ ތޯ

    9
    1
  17. ކައި

    ޖާބިރުއަށް ބޮޑަށް ކަމުދާނީ ފުޑްސް ކަހަލަ އެއްޗެއް ދެން ރާކަނިމަސް ވަރަށް މީރުވާނެ ޖާބިރުއަށް

    16
  18. ސަމޭދާން ވަލް ވަސަންތީ

    ޖަބޭ ބުނެފިއްޔާ އެވާނީ ތެދަކަށް.

    10
    1
  19. ހަތްތެރި

    މިނޫސްވެރިންވެސް މިއުޅެނީ ތާކުން އޮރިޔާމުން ހުންނަ އަންހެނަކު ނުފެނިގެންތަ އެހެންވެދޯ މިއަންހެނާ ޕްރޮމޯޓްކުރަންވެގެން މިއުޅެނީ

    17
    2
  20. Anonymous

    ކުރާ ޞަދަޤާތާއި ހެޔޮ ޢަމަލުގެ މަންފާ ކުރާނީ ދެއްކުންތެރިކަމެއް ނެތިކުރުމުން. އަދި ޢަމަލުތައް ޤަބޫލުކުރައްވާގޮތަށް ޢަމަލުތައް ބެހެއްޓުން މުހިންމު.

    11
    1
  21. Elena

    Ekala kai kai fashai fi
    Kooche tha nudeki gen thi ulheny
    Fageerun ah sadagai kuri yas
    Please stop this nonsense
    Mulhi duvahu ge mood off vey mi echa kaa hendhi gen ??????

    6
    3
  22. ާ

    ????

    5
    2
  23. މޫނު

    ތީނަ ތީ އަހަރުން ކުރިމަތީގަ ނަމޫނާއެއް ނޫން..އިސްލާމްދީނުގަ އޮންނަނީ ސަދަގާތްކުރިޔަސް ބޭނުންޖެހިފަ ވާ މީހަކަށް އެހީއެއް ވެދިނަސް ތިމާގެ ކަނާތުން ދޭ އެއްޗެއް ވާތައްވެސް ސިއްރުން ދޭން...މީކީ ކުޑަ ޖުމްލައެއް ނޫން...މިބުނި ގޮތައް ދިނުމުން އެކަމުގެ ސަވާބާއި ދަރުމަވެސް ލިބެނީ...އެހެން ނޫނަސް ތީނަ ތީ ދިވެހި އަންހެނުން އަދި ވަކިން ހާއްސަކޮށް މުސްލިމު އަންހެނުން ނަމޫނާއަކަށް ބަލަން ހެޔޮވާވަރުގެ މީހެއް ނޫން...އަހަރުމެން ފަހުރުވެރިއެއް ނުވޭ ތީނަ އުޅޭގޮތް ފެނުނީމަ..ހޮޑުލަވާ...ޗީޗީ...ހަމުގެ ކުލަ ރީއްޗަކަސް ލޮލައް ފެންނަން ހުންނަ ސިފަ ތާހިރެއް ނޫން..

    15
    3
  24. މަ

    (ޓްވީޓް ޓައިމް) ހުކުރު ގަޑީގަ ހުކުރަށް ނުގޮސް ....

    7
    1
  25. Anonymous

    ކަލޭ ގޮސް އޭނަ އާއި ކައިވެނި ބައްލަވަންވީނު

    6
    1