ލޯބިވެރިޔާ ކައިރިން އިންނަން އަހާ ދުވަހަކީ ވަރަށް ހާއްސަ ދުވަހަކަށް ވެގެން ދާނެއެވެ. އެއްބައި މީހުން ބިރުން ފިއްކަނޑައިގެން ދާ ވަރު ވާނެއެވެ. އަނެއްބައި މީހުން އުޅޭނީ ކޫލްކޮށް ނަަމަވެސް، ވާނެ ގޮތަކާއި މެދު ހިޔާލު ކުރުމުގައެވެ.

މިފަދަ ދުވަހެއްގައި ހާއްސަ ތަނަކަށް ގޮސް ޕްރޮޕޯސް ކުރުމަކީ އާއްމުކޮށް މިހާރު ކުރާ ކަމެކެވެ. އެގޮތުން މިޗިގަން އަށް ނިސްބަތްވާ މީހެއްކަމަށްވާ ލޯގަން ޖެކްސަން ދިޔައީ އޭނާގެ ލޯބިވެރިޔާ، ގޮވައިގެން ގްރޭންޑް ހެވެންގައި އޮންނަ ފެންގަނޑަކަށެވެ. އެއީ ހަނދާނުން ފިލާ ނުދާނެ ވަރުގެ ޕްރޮޕޯސަލްއަކަށް ހެދުމަށެވެ.

ކަންވޯ އެހެނެއް ނޫނެވެ. ލޯގަން ލޯބިވެރިޔާ ކައިރިން އިންނަން އަހަން ދަނިކޮށް އޭނާ ވެއްޓުނީ ފެންގަނޑު ތެރެއަށެވެ. އެތާ ތިބި މީހުންގެވެސް ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ނަމަވެސް އޭނާ ވަނީ ތެދުވެގެން ގޮސް ލޯބިވެރިޔާ ކައިރިން އިންނަން އަހާފައެވެ. އަދި ލޯބިވެރިޔާ ވަނީ އެ ހުށަހެޅުން ގަބޫލުކޮށްފައެވެ.

އެކަން ހިނގާދިޔަ ގޮތް މާރިޔާ ވަނީ ފޭސްބުކް މެދުވެރިކޮށް ހިއްސާކޮށްފައެވެ. އަދި އެ ވީޑިއޯވެސް ހިއްސާކޮށްފައި ވެއެވެ.

އެ ވީޑިއޯ އޭނާ ހިއްސާކުރުމާއެކު އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ. އެތައް ހާސް ބަޔަކު އެ ވީޑިއޯ ބަލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    ތި ވީޑިއޯ ވެސް ލި ނަމަ.

    25
    1
  2. ޏ

    ނޭނގެ އޭ ބުނިނަމަ އަސްލު ތީތި ފުރިހަމަ ވާނީ!

    11