އިންސާނީ ދަރިފަސްކޮޅު ނެތިގެން ހިނގައިދާނެ ވަރުގެ ނުރައްކާތެރި ތަރިއެއް ދުނިޔެ ހިމެނޭ ސޯލާސިސްޓަމްގެ ތެރެއަށް ދަތުރު ކުރަމުން އަންނަ ކަމަށާއި އެތަރި ދުނިޔެ އަށް ވެއްޓޭނެ ކަމަށް ސައިސްވެރިންތަކެއް ބުނެފިއެވެ.

ނަމަވެސް މިތަރި ދުނިޔެ އަށް ވެއްޓެން އަދި 1.5 މިލިއަން އަހަރު އެބައޮތެވެ.

"ގްލީސް 710" ގެ ނަމުން ނަން ދީފައިވާ ތަރި އަކީ އިންސާނީ ދަރިފަސްކޮޅަށް ހުރި ނުރައްކަލެއް ކަމަށް ބުނެފައި ވަނީ ޔުނިވަސިޓީ އޮފް މެޑްރިޑްގެ ސައިންސްވެރިންގެ ޓީމަކުންނެވެ.

މިތަރި ސޯލާސިސްޓަމަށް ވަނުމާއި ގުޅިގެން ދެން ހިނގާ ކަންތައްތަކުގެ ސަބަބުން ދުނިޔެ އަށް އިތުރު ގިނިހިލަތަކެއް ވެއްޓިދާނެ ކަމަށް ވެސް ސައިންސްވެރިން ވަނީ ލަފާކޮށްފައެވެ.

މީގެ 1.5 މިލިއަން އަހަރު ކުރިއަށް ދާއިރު މިތަރި އިން ސަލާމަތް ވުމަށް ދެން ކުރެވެން ހުރި ކަންތައްތައް ވެސް އިންސާނުން ހޯދާނެއެވެ. ނުވަތަ މިތަރި އާއި ބެހޭ އިތުރު މައުލޫމާތުތައް ސާފުވެ މިއީ ހަޤީޤަތުގައި ދުނިޔެ އަށް ކިހައި ނުރައްކާ ބޮޑު ތަރިއެއް ކަން ވެސް ދެނެގަނެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތަރި

    100 އަހަރު ކުރިއަށް ގޮތްކިޔަން ނޭގޭއިރު މިލިއަން އަހަރުކުރިއަށް ގޮތްކިޔަން އެގޭތަ ....

  2. ފުތާބެއްޔާ

    އިނގޭހާވެސް އެއްޗަކީީ ގިޔާމަތްދުވަސް އަންނާނެކަން. އެދުވަހަކީީ އުޑު ފަޅަފަޅައިގެންގޮސް ބިންމާ ކާއިނާތުގަވާ ތަރިތަށް އެފުށްމިފުށަށް ޖެހޭނެދުވަސްކަން. އެދުވަހަކުން އެކަންހުއްޓަން ކުރެވޭނެ އެއްވެސް އަތެއް ޓެކްނޮލަޖީއެއް ނުހުންނާނެ. އިލްމާ ބުއްދީގެ ގޮތުން ކިތައްމެ މޮޅުވިޔަސް އެދުވަހަކުން ނަފްސީީ ނަފްސީީ އޭ ބުނެ އެއްމެ ލޯބިވާ މީހުންކައިރިންވެސް ފިލަންދުވޭތޯ ނޫނީީ ނުބެލޭނެ ދުވަސް.

  3. ޢަފީފް

    ދުނިޔެ އޮންނަނީ ވައްކޮށް..... ތެދުފުޅެއް. އެކަމަކު "ގުޅަ" އެއްހެނެއް ނޫން "މަސްރޮއްޓެއް" ހެން. ސާފުވާނެކަމަށް ހީކުރަން. އަދި ބުނެލަންބޭނުން ވަރަށް..... "ގްރެވިޓީ" އެއީ މިއަދާ ހަމައަށްވެސް ހޯދިފަވާ ނުވަތަ "ޕްރޫވް" ކުރެވިފަވާ އެއްޗެއްނޫން. ޔާސީން ސޫރަތުގައި ވާނެ ދުނިޔެ މަތީގަ އިރާއި ހަނދު ދައުރުވާވާހަކަ، އެކަތި އަނެކަތި ކާލާއުސޫލުން....ޔައަނީ އެކަތި ކާލަން އަނެކަތި ފަހާދުވާ އުސޫލުން. އަދި ހަނދައް އިރު އަތުނުލެވޭނެ ވާހަކައާއި އިރަށް ހަނދު އަތުނުލެވޭނެ ވާހަކަ.

  4. މީ

    އިންޝާﷲ ނުވެއްޓޭނެ

  5. އެންމެ ބޮޑު ސައިންސް ވެތިޔާ!

    ރާއްޖެއަށް މިކަހަލަ ތަރިއެއް ވެއްޓިގެން މިއުޅެނީ! އިންސާނީ ދަރިފަސްކޮޅު ޖަލުގައި ހަނާވެ ނެތިގެންދަނީ!