ގޭތެރޭގައި މައިންބަފައިންނާއި ޖެހުނު މައްސަލައެއްގައި ގެއިން ނުކުމެގެން ދިޔަ އުމުރުން އަށް އަހަރުގެ ރަޝިއާ ކުއްޖަކު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

އެ ކުއްޖާ ގެއްލިގެން ހޯދަން ފަށައި، އެކަމުގައި 500 އެއްހާ މީހުން ބައިވެރިވިއެވެ. އެ ކުއްޖާއާ ގުޅޭ އެންމެ ފަހުގެ ސީސީޓީވީ ފޫޓޭޖުން ފެންނަނީ މަގުމަތީގައި އެކަނި ހިނގާފައދާ މަންޒަރެވެ.

އެ ކުއްޖާ ގެއްލުނު އިރު ލައިގެން ހުރީ ޓީޝާަކާއި ނޫ ސޯޓެކެވެ. އެ ކުއްޖާ މަސައްކަތް ކޮށްފައި ވަނީ އޭނާގެ ރަހުމަތްތެރިއެއް ގާތަށް ދިއުމަށް ކަމަށް ވެއެވެ.

އެ ކުއްޖާ ގެއްލިގެން ހޯދަމުން ގޮސްފައިވާއިރު، އެ ކުއްޖާ އަށް ލިފްޓެއް ދީފައި ވަނީ އުމުރުން 32 އަހަރުގެ އަންހެނަކާއި އޭނާގެ ފިރިމީހާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި

އިގޯރް އާއި ކްރިސްޓީނާ ނަމަކަށް ކިޔާ އެ ދެމަފިރިންގެ ފޮޓޯ ފުލުހުން ވަނީ އާއްމުކޯށްފައެވެ.

ފުލުހުން ބުނެފައި ވަނީ، އެ އަންހެން ކުއްޖާއަށް އަނިޔާ ދޭން ފިރިހެން މީހާ ބުނި ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އަންހެން މީހާ ނުބުނީ، ބިރުން ކަމަށް އަންހެން މީހާ ބުނެފައި ވާ ކަމަށެވެ.

އެ ކުއްޖާ ވަނީ ރޭޕްކޮށްފައެވެ. އަދި ޕްލާސްޓިކް ބޭގްއެއް ބޭނުންކޮށްގެން އެ ކުއްޖާ ވަނީ މަރާލާފައެވެ. އެ ކުއްޖާ މަރާލާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އެ ކުއްޖާ ގެއްލުނު ދުވަހެވެ.

އަދި އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ފެންގަނޑެއް ކައިރީ ފޮރުވާފައި އޮއްވާއެވެ.

މިހާރު އެ ފިރިހެން މީހާ ވަނީ އެ ކުއްޖާ މަރާލި ކަމަށް އެއްބަސްވެފައެވެ.