ރާއްޖޭގެ ގިނަ ބަޔަކު ކުޅެމުން އަންނަ ޕްލޭޔާ އަން-ނޯންސް ބެޓްލް ގްރައުންޑްސް ނުވަތަ އާއްމު ނަމުން ނަމަ ޕަބްޖީ ހިމެނޭހެން ގިނަ އައިއޯއެސް ނުވަތަ އައިފޯނު އެޕްލިކޭޝަންތައް ޑައުން ވެއްޖެއެވެ.

ޑައުންވެފައިވާ ބައެއް އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ، ވައިބާ، ޓިކްޓޮކް، ޕިންޓްރެސްޓް ފަދަ ބައެއް ދިވެހިންވެސް ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަންތަކެވެ.

އައިއޯއެސް ގެންގުޅޭ ފަރާތްތަކަށް މި އެޕްލިކޭޝަންތައް ޑައުންވެފައިވާއިރު، އެންޑްރޮއިޑް ގެންގުޅޭ ފަރާތްތަކަށް އެ އެޕްލިކޭޝަންތައް ޑައުންވެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އައިއޯއެސް ގެންގުޅޭ ފަރާތްތަކަށް އެޕްލިކޭޝަންތައް ޑައުންވެފައިވަނީ އައިއޯއެސް މައްސަލައެއްގައެވެ.

އެޕްލިކޭޝަން ޖެއްސުމާއެކު، ނިއްވާލަތީ ގިނަ ބަޔަކު ވަނީ އެޕްލިކޭޝަންތައް ޑިލީޓް ކޮށް އަލުންވެސް އަޅާފައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ މިގޮތަށް އެޕްލިކޭޝަން ޑައުންވެފައިވަނީ، ދާދި ފަހުން އައިފޯނަށް އައިސްފައިވާ އައިއޯއެސް 14 ގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އައިއޯއެސް 13.5.1 ގެންގުޅޭ ފަރާތްތަކަށް މި ކަން ވަނީ ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލީބެ

    ޢެކަން މެދުވެރިވީ ފޭސްބުކްގެ އަޕްޑޭޓް މައްސަލަ އަކުން. ފޭސްބުކާ ގުޅުންހުރި އެޕްތައް ޑައުންވީ

    8
    1
  2. Anonymous

    الحمدالله، الحمد لله، الحمد لله، الحمدلله. الحمدلله الحمدالله.

    2
    3
  3. ބަބޫ

    އަދި އައިއޯއެސް 14 އަޮޕްޑޭޓަކަށް ދޫކޮށްނުލާ.

  4. Anonymous

    ޕަބްޖީ ނުކުޅެވޭ ގޮތަށް ހަދާން ވާ

    7
    5
  5. ޕަބުޖީ

    ނުހުއްޓުވޭނެ

  6. ސަރޭހ

    ޕަބްޖީ ހަބަރައް ލައްޗޭ ގޭގެ ފާހާނާ މައްސަލަ ޖެހުނަސް